ބަންޑާރަ ނައިބު އަނިލް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
25 ޖުލައި 2017 - 14:45
ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގެ އިދާރާ އިން މިއަދު ބޭރުކޮށްލައިފި އެވެ.
އިދިކޮޅު ފަރާތްތަކުން 24 މެމްބަރުންގެ ސޮޔާއެކު މިދިޔަ ބުރާސްފަތި ދުވަހު މަޖިލިހަށް ވެއްދި މި މައްސަލަ ބޭރުކޮށްލީ، އެއީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ ގަރާރެއް ކަމަކަށް ނުވާތީ ކަމަށް މެމްބަރުންނަށް މަޖިލިހުން ފޮނުވި މެސެޖުގައިވެ އެވެ.
އަނިލް މަގާމުން ވަކިކުރުމުގެ މައްސަލަ ބާތިލްކުރީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ ގަރާރަކަށް ވާތީ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނި ނަމަވެސް، އެއީ ވަޒީރުން ވަކިކުރުމާ ގުޅޭ މާއްދާއެއް ނޫނެވެ. ގާނޫނުއަސާސީގެ 82 ވަނަ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމާއި އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ ވާހަކަތަކެވެ.
އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގެ އިދާރާ އިން ބޭރުކޮށްލިއިރު، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމުގެ ގަރާރު ވެސް ވަނީ ބާތިލްކޮށްފަ އެވެ. އެ ގަރާރު ބާތިލްކުރީ އޭގައި ސޮއިކުރެއްވި އިދިކޮޅު 45 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން، މައްސަލަ ހުށަހެޅުމަށް ގަވައިދުގައި ބުނާ އަދަދަށް ވުރެ މެމްބަރުންގެ އަދަދު ދަށްވުމުންނެވެ. ގަވައިދަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވާ ގޮތުން މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނު ހުންނަ މީހާ
26 July 2017
އެހެންވެ މަ މިކިޔަނީ ޕީ އޭ ގުރޫޕް އަސާސީ ކުލާހަށް ފޮނުވައިދޭށޭ. އެ ކުދިންނަށް ދިވެހި ބަހުން ލިޔެފައިވާ އެއްޗެއް ކިޔަން ނޭންގެނީ.
2
26 July 2017
ސަޅި
މާ
25 July 2017
ސާބަހޭ ސަރުކާރު މ މެންބަރުން.
އުޑު
25 July 2017
ޙެހިގާނޫނު އަސާސީއަކީ މިޒަމާނާއި ގުޅޭގޮތަށް ރައްޔިތުންގެ ބޮޑެތިހައްގުތައް ހިމެނިގެންވާގޮތަށް އޭރުގެ ހާއްސަމަޖުލީހުގެ ރައްޔިތުންގެ ބުރަމަސައްކަތުން އުފައްދާފައިވާ ގާނޫނުއަސާސީއަކަށް ވާއިރު އެއަށް ބޮޑެތިބަދަލުތައް ގެނައުމުން މުޅިދިވެހިރައްޔިތުންގެ ހައްގުތައްގެއްލިގެންދާނެފަދަފަދަ ގާނޫނުއަސާސީއެކެވެ، މިގާނޫނު2ަސާސީގައި ދައުލަތުގެބާރުތައްވަކިކުރެވި، މަޖުލީހިގެމެންބަރުންވަކިކުރެވޭ ގޮތާއި އެހެންވެސް މުސްތàގިއްލުު ތަންތަންހިންގަންވީތޮތްތައްވަނީ ބަޔާންކޮށްފައެވެ މިހެންއޮތްވާ އެންމެމީހަކަށްތަކައި މިރައްޔިތުންގެ ބޮޑެތިހައްގުތައްއެކުލެވިގެންވާ ގާނޫނުއަސާސީއަށް ޔާމީނުގެ ހުދުމުހުތާރުސަރުކާރުން ބޮޑެތިބަދަލުތައްގެނެސް މިއަދުމިއޮތީ އެތައްހާސްރައްޔިރުންގެ ހައްގުތައްގެއްލުވާލާފައެވެ. ބަލާށެވެ އެންމެފަހުން ސްފްރީމް ކޯޓްމެދުވެރިކޮށް ރައްޔިތުންގެމަޖުލީހުގައި ރައްޔިތުންގެމަންދޫބުންގެ އެތައްހައްގުތައްގެއްލުވާލީއެވެ ނަތީޖާއަކީ ރައްޔިތުންމަގުމައްޗަށްނުކުންނަށްޖެހި އިދިކޮޅުހަރަކާތަށްނިކުންނަންޖެހުމެވެ، ގާނޫނުއަސާސީއަކީ މުޅދިވެހިރައްޔިތުންގެ ހައްގުތައްލިޔެވިގެންވާއެއްޗަކަށްވުމުން އެއަށްގެންނަ ބބޮޑެތިބަދަލުތަކުގެސަބަބަކީއއެތައްހާސްބައެއްގެހައްގުތައްނެތިގެންދިއުމެވެ
ޔޯބުރޯ
25 July 2017
މިހާރު ދިވެހި ބަހުން ލިޔެފަ ހުންނަ އެއްޗެހިވެސް މާނަކުރަން ނޭނގެ. އަލުން ފޮނުވާ ދިވެހި ކިޔަވަން
ކުޑަދޫއަހްމަދު
25 July 2017
އޭ އާރާއި ބާރު ޖަމާކޮށް ދުނިޔޭގެ މަސްތުގައި ޖެހިފައިވާ އިންސާނާ އެވެ. ތިބާގެ ނިކަމެތިކަން ހިނދުކޮޅަކަށް ނަމަވެސް ހިތަށް އަރުވާލަބަލާށެވެ. ތިބާގެ އަޖަލު ހަމަ މިވަގުތުކޮޅުގެ ތެރޭގައިވެސް ހަމަވެދާނެ އެވެ. ދުނިޔޭގައި އެއް ޒަމާނެއްގައި ހުރި ބާރުވެރި ފިރުއައުނުގެ ނިމުން އައީ ޣަރަގުވެގެންނެވެ. ދިގު މުއްދަތެއް ވަންދެން އާރާއިބާރު ޖަމާކޮށް އުޅުނު ނަމްރޫދުގެ ނިމުން އައުމަށް މެދުވެރިކުރެއްވީ ކުޑަކުޑަ ސޫތްޕެކެވެ. ތިބާގެ ނިކަމެތިކަން ވިސްނާލަބަލާށެވެ. ބިންމަތީގައި ގަދަކަން ދައްކައިގެން ތިބާއަށް ތާ އަބަދު ނޫޅެވޭނެކަން ވިސްނާށެވެ. މާތް ﷲ އިންސާނާ މި ދުނިޔެއަށް ފޮުނުއްވެވީ މިނިވަނެއްގެ ގޮތުގަ އެވެ. އެހެން އިންސާނަކަށް އަޅުވެތިވާން ނުޖެހޭ މީހެއްގެ ގޮތުގަ އެވެ. އަހަރެމެން އިންސާނުން އަޅުވެތިވާން ޖެހެނީ އެކަލާނގެއަށެވެ. އިންސާނީ ތަބީއަތަކީ މިނިވަންކަމެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅު ހެދުމެވެ. ކަންމިހެން އޮތްއިރު، ތިބާ އެހެން މީހުން އަޅުވެތި ކުރުވަން މަސައްކަތް ތި ކުރަނީ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތީމާ ހެއްޔެވެ؟
ާއެދުވަސް
25 July 2017
އެވެރިން ބޭރުކުރާދުވަހު ހީވަނީ ވ.މަޖާވާނެހެން،
ލިލީ
25 July 2017
އޭ އަނިލް. ކަލެ ދެން ފައިބަން އުޅޭ. އަހަރުމެންގެ ލާރިން ބޮޑު މުސާރަކައިގެން ހުންނާނެ ކަމެއްނެތް ރައްޔިތުންގެ އިތުބާރެއް ނެތްކަން އެނގޭއިރު. މިހާރުން ހަދާލަ ބަލަ ކުޑަ ޕޯލެއް މިސަރުކާރަށާ ވެރިންނަަށް ރައްޔިތުންގެ އިތުބާރު އޮތްވަރު ބަލާލަން. ދެން އެކަމަކު އެވެސް މިވެރިންނަށް ފެންނާނީ އެކޮޅުކޮޅުން. އަޖައިބެއް ފަދަ ވެރިކަމެއް މިކުރަނީ!
ދެލޮލުގެ ދުރުމި
25 July 2017
ދެރަދޯ
ސިފަ
25 July 2017
ކީއްކުރަން ޤާނޫނު އަސާސީއާ ޙަވާލާދެނީ. މިހާރު އަނިލް ބޭރުކުރަން ސަރުކާރަށް ނުފެންނާތީ އެ މައްސަލަ ބޭރުކޮށްލީކަމަށް ބުނީމަ ނިމުނީ ދޯ. ޤާނޫނު އަސާސީއެއް އޮވޭތޯ.