މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ޕެރޭޑުގައި ސްކޫލު ދަރިވަރުންތަކެއް ބައިވެރިވަނީ.--ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
28 ޖުލައި 2017 - 14:50
މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިން މިއަދު ހުޅުމާލޭގައި ބާއްވަން ހަމަޖެއްސި ޕެރޭޑް، ވިއްސާރަ ވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
އެމްއެންޑީއެފުން ކުރިން ހަމަޖައްސާފައި އޮތީ ހުޅުމާލޭގައި މިއަދު ހަވީރު 4:30 ގައި ޕެރޭޑް ފެށުމަށެވެ. މޫސުން ގޯސްވުމުން ޕެރޭޑް ކެންސަލްކޮށްފައިވާ ކަމަށް ބުނި ނަމަވެސް ދެން ޕެރޭޑް ބާއްވާނެ ދުވަހެއް ނުބުނެ އެވެ.
ޕެރޭޑް ކުރިއަށް ގެންދަން ނިންމާފައި އޮތީ ހުޅުމާލޭގެ ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދުން، އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދަށެވެ.
ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން މާލޭގައި އިއްޔެ ވަނީ ސިފައިންގެ ޕެރޭޑް ބާއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެޑްލޮލް
28 July 2017
އެމްޕީއެލް ސަރަހައްދަކީ އެންމެ މީހުން މަދު އެއް ސަރަހައްދު. ފަޅުރަށަކަށް ގޮސް ބާއްވާލިޔަސް ރަގަޅުވާނެ!