ރާއްޖެއައި ޓޫރިސްޓުންތަކެއް: ފަތުރުވެރިންގެ ޓުއާ ގައިޑުންގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ ވަކި ހުއްދައެއް ނަގައިގެން --ފޮޓޯ/މިހާރު
03 އޯގަސްޓް 2017 - 16:08
ރާއްޖެ އަންނަ ޓޫރިސްޓުންގެ ޓުއާ ގައިޑް ކަން ހުއްދަ ނެތި ކުރާ މީހުންނަށް ކުރަމުން އައި ޖޫރިމަނާތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ކުޑަކޮށްފި އެވެ.
ޓުއާ ގައިޑުންގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހުއްދަ ނެެތި ޓުއާ ގައިޑް ކަން ކުރާ ފުރަތަމަ ފަހަރު 25،000ރ. އިން ޖޫރިމަނާ ކުރެވޭއިރު ދެވަނަ ފަހަރު 50،000ރ. އިން އަދި ތިން ވަނަ ފަހަރު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ،
އެކަމަކު އެ ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހުއްދަ ނެތި ޓުއާ ގައިިޑް ކަން ކޮށްފި ނަމަ އެންމެ ބޮޑު އަދަދަށް ވެސް ޖޫރިމަނާ ކުރެވޭނީ 15،000ރ. އިންނެވެ. ޖޫރިމަނާ ކުރެވޭނީ ފުރަތަމަ ފަހަރު 5،000ރ. އިން އަދި ދެވަނަ ފަހަރު 10،000ރ. އިން އަދި ތިން ވަނަ ފަހަރު 15،000ރ. އިން ކަމަށް އެ އިސްލާހުގައިވެ އެވެ.
ހުއްދަ ނެތި ޓުއާ ގައިޑްކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން އާންމު ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
03 August 2017
މީހަކާ އެއްކޮށް މަގުމަތިން ހިނގާފަދިއުމަކީ ފާހެއް ނުނެގިޔަސް ކުރެވޭ ކަމެއް އަދި ކުރެވެންޖެހޭ ކަމެއް! ހިނގާފަ ދާއިރު ފެންނަ ތަންތަނާބެހޭ މައުލޫމާތު ދިނުމަކީ އެއްވެސް ގާނޫނަކުން މަނާކަމެއްނޫން.
ހުސެން
03 August 2017
މިހާރު މިވިޔަފާރިވެސް ސަރުކާރުގެ އިސް ވެރިން ކުރަންފެއްޓީހެއެޔެވެ.
މުހަންމަދު އަޒުމީލް
03 August 2017
ގައިމެއް ނޫންތަ؟
ގައިޑުން
03 August 2017
ތި ޓްއާގައިޑުންނާއި ވިޔަފާރިވެރިން ގެސްޓުންނަށް އޮޅުވާލައިގެން އަގުބޮޑު މެނޫއިން ކާންދީގެން މުދާވިއްކުން ގިނަ. މަކަރު ހެދުން ހުރިހާދިމާއެއްގައި. ކޮބާ ޓްރޭޑްމިނިސްޓަރ
ވާލުސޮރު
03 August 2017
ތިޔައީ ނުވާވަރުގެ ކަންކަން ކުރަން އުޅުމުގެ ނަތީޖާ. ބާޒާރުމަތީ ސްވެނިއަރ ފިހާރަތަކަށް ގެސްޓުންހޯދަން އުޅޭމީހުންގެ %90 އަށްވުރެ ގިނަވާނީ ގަޢިޑް ފާސް ނޯންނަ މީހުން. އެކަމަކު ފުލުސްއޮފީސް ކުރިމަތިންނާ ސިފައިންގެ ކުރިމަތިން ގެސްޓުން ގޮވައިގެން ހިނގާއިރު ހޭ އަހާލާނެ ބަޔަކުވެސްނުވޭ. އޭގެތެރޭ ގިނަވާނީ ވަކި ފިހާރަ އަކަށް ނިސްނަތްނުވާމީހުން. އެއިން މީހެއްގެ ނަމެއްވެސް ނޯންނާނެ ފިހާރައިގެ އެއްވެސް އެއްޗަކު. އެމީހުނަށް ދޭނީ "މާލު" އާއި "ބަޖެޓް" ކިޔާ ފައިސާ. އެދުވަހަކު ކުރާ ވިޔަފާރިއަކުން ކުޑަ ޕަސެންޓެއްވެސް ރަނގަޅު ގައިޑުންނަށްދޭ ފިހާރަތައްވެސްހުރޭ.
ތަޖޫބެ
03 August 2017
ކަމުގެ ހަގީގަތް ނޭނގި ހަމަ ހުރެފައި ކޮމެންޓް ކުރިއަކަސް އެނުވާނެ ރަނގަޅު ގޮތަކަށް.