ބަންޑާރަ ނައިބު އަނިލް.---މިހާރު ފައިލް ފޮޓޯ
10 އޯގަސްޓް 2017 - 14:16
ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން އަލުން ރައްޔިތުންގެ މަޖިލިހަށް މިއަދު އަލުން ވައްދައިފި އެވެ.
އިދިކޮޅު 29 މެމްބަރެއްގެ ސޮޔާއެކު، އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް އަލުން ވެއްދިއިރު، މިދިޔަ މަހުގެ 20 ގައި ވެސް އެ މައްސަލަ ވެއްދި އެވެ. އެކަމަކު މަޖިލިހުން އެ މައްސަލަ ބޭރުކޮށްލީ، އެއީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން ހުށަހެޅޭނެ ގަރާރެއް ކަމަކަށް ނުވާތީ ކަމަށް މަޖިލިހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
އަނިލް މަގާމުން ވަކިކުރުމަށް މަޖިލިހަށް ވެއްދުމުގައި ތަފާތު ސަަބަބުތައް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ގާނޫނުއަސާސީގެ ފަސްވަނަ މާއްދާ އާއި ހަ ވަނަ މާއްދާ އާއި ހަތްވަނަ މާއްދާގައި ބުނާ ބާރުތައް ވަކިވެފައިވާ ނިޒާމު ގަޑުބަޑު ކުރައްވައި މަޖިލިހުގެ މެމްބަރުންގެ މަސައްކަތުގެ ތެރެއަށް ސިޔާސީ ޕާޓީގެ ނުފޫޒު ފޯރުވުމެވެ.
އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދިއިރު، ވަކި ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައެޅީ ދައުލަތުގެ ފަރާތުން އަނިލް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލާގައި ވެސް އަނިލް އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް އެ މީހަކު އިންތިޚާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ބާތިލްކުރުމަށް ދައުލަތުން އިއްޔެ ވަނީ ސުޕްރީމް ކޯޓު އެދިފަ އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީލުގުމާން
11 August 2017
ގައުމެއްގެ ވެރިކަން ވައްޓާލަން މެދުވެރިވާންޖެހޭ ކަންކަން ދިމާވެއެވެ. އޭގެތެރޭގައި އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހްރޫމްވުމާއި ސިއްހީހާލަތު ދަށްވެ ގައުމުގައި ބަލިމަޑުކަން ބޮޑުވުމާއި އަމަން އާންކަން ގެއްލި އާމުންނަށް މަގުމަތީގައި އުޅެން ބިރުގަންނަދަރަޖައަށް ދިއުމާއި ތައުލީމީ ދާއިރާ އެއްއަހަރުން އަނެއް އަހަރަށް ދަށްވެ ގިނަ ދަރިވަރުން ފެއިލް ވުމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރިމަށްޗެއް ނުވެއެވެ. މިވެރިކަން ކަމުނުގޮސްގެން އުޅެނީ 3 މީހަކަށެވެ 1 މައުމޫން 2 ގާސިމް 3 ނަޝީދު. މި 3 މީހުނަށްވެސް އެނގޭ މިވެރިކަމުގައި ވެރިކަން ވަށްޓާލަން ޖެހޭ ވަރުގެ ކަމެއް ނެތްކަން. ނަމަވެސް އެބައިމީހުން ވެރިކަންބޭނުން ވެފައި ވާލެއް ބޮޑުކަމުން ރަށްޔިތުންނަށް ބުނެދޭން އުޅެނީ މިވެރިކަން ކަމުނާކަށް. މިއީވެގެން އުޅޭކަމަކީ.... މި 3 މީހުން ބޭނުންވަނީ އެއްގޮތުން ނުވިއްޔާ އަނެއްގޮތުންވެސް މިވެރިކަން ވައްޓާލަން. އެއީ އިތުބާރުނެތްކަމުގެ މަށްސަލަ ވަށްދާމައްސަލައަކީ
ނަސީރު
11 August 2017
ތީ އަހަރެމެން ރައްޔިތުން ބަލައިގަންނާނެ މީހެއް ނޫން.
ހެހޭ
11 August 2017
އަނެއްކަންތައް. ކޮންތާކަށް ވެއްދީ؟ ވާނެކަމެއް ނެތް.
އިސްމާއިލް
11 August 2017
އެއީ ފަހެ ކޮއްޔެއްތަ؟
ވޯލް
10 August 2017
އަނިލް ތިޔަ އޭޖީ ކަމުން ވަކިކުރާނެ ދުވަހަކީ ވަރަށް އުފާވެރި ދުވަހަކަށް ވާނެ، ސަބަބަކީ އެންގިހުރެ ޤާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތަށް އުނި ކުރަން މަސައްކަތް ކުރާތީ،
ޥިސްނާމީހާ
10 August 2017
ރނގަޅުލު ކަމެއް . ޥަރަށް ސަޕޯރޓްކުރަން.
ޙ
10 August 2017
ޑިމޮކްރަސީ ފުންޑާލިމީހާތީ
ޓެކްސީ
10 August 2017
ބަންޑާރަނައިބު ވަރުގެ މީހަކު މިގައުމުގައި ނުހުންނާނެ. ހަމަ ބޭނުން ވަގުތެއްގައި ގާނޫނުއަސާސީ އާއިވެސް ކުޅެލެވޭނެ. ޜައްޔިތުން އިނދަޖައްސާލެވޭނެމެ.
ބޭރުވެލާ
10 August 2017
އެޓާނީ ޖެނެރަލް މަގާމް އަށް އަބަދާ އަބަދު އައްޑޫ މީހުން އިހްތިޔާރު ކުރަނީ މީ އިއްތިފާގެެއްބާ؟
ޛ
10 August 2017
ހުވާ މިބުނީ ތިޔަމީހަކު އަވަހަށް ބޭރުކުރޭ.. ރައްޔިތުންގެ މަސްލަހަތަށްވުރެ ޕީޕީގެ މަސްލަހަތު ދިފާއުކުރަން އުޅޭ ގާނޫނު ނުދަންނަ މީހެއްތީ!