ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
15 އޯގަސްޓް 2017 - 19:33
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓާލުމަށް ޕްލޭނެއް ތައްޔާރުކުރުމަށް މަހާސިންތާއެއް ފަށައިފި އެވެ.
ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މަހާސިންތާގެ ބޭނުމަކީ ކުޑަކުދިންނާ ގުޅޭ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތައް އެއް ތަނަކަށް އެއްވެ، އެ ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ކަންކަމަށް ހައްލު ގެނައުމަށެވެ.
މަހާސިންތާގެ މަޝްވަރާތަކަށް ބެލުމަށްފަހުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ގައުމީ ފެންވަރުގެ ހާއްސަ ޕްލޭނެއް ތައްޔާރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިން ދުވަހުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ (ވ) އަދި ޔުނިސެފުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެލިސް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެލިސް އަކުންގާ ވިދާޅުވީ އަނިޔާއަކުން ކުޑަކުއްޖަކު ސަލާމަތްކުރުމަކީ، އެ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށްވުރެ ހަރަދު ބޮޑު މަސައްކަތެއް ކަމަށެވެ. ކުޑަކުދިން އުޅޭ މާހައުލަކީ އެކުދިންނަށް އަމާން އަދި ރައްކާތެރި މާހައުުލަކަށް ހެދުމަށް އެންމެން ވެސް މަސައްކަތް ކުރަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާގައި ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާތަކާއި ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް 59 މީހުން ބައިވެރިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫނާ
16 August 2017
ތިޔައީ ކުރިއަށް ގެންދަވަން ހަމަ ރަގަޅު މަހާސިންތާ އެއް. އެކަމަކު ދަންނަވާލަން ބޭނުންވޭ، ބައެއް ކުޑަކުދިންގެ ފަރާތުން ބޮޑެތި މީހުންނަށް ނުވަތަ މުޖުތަމަޢު އަށް ނުވަތަ ޤައުމަށް ކުރާ ޖެއްސުމާއި، ފުރައްސާރަ އަދި ގެއްލުމާ ބެހޭގޮތުން މަހާސިންތާއެއް ވެސް ބޭނުންވޭ. ބައެއް ކުޑަ ކުދިން ކުރާ ބޮޑެތި ކުށްތަކުގެ ސަބަބުން ބޮޑެތި ތުހުމަތު ތަކާއި ގެއްލުންތައް ބޮޑެތި މީހުންނަށް އުފުލަންޖެހޭކަން ވަރަށް ހިތާމައާއެކު ދަންނަވަން.
ޝާޝް
15 August 2017
މިދޭތެރެއިން ކޮންމެވެސް ކޮމެންޓެއްގައި އޮވެ ފެނުނު ރާއްޖެއިން ތަންދޮރު ދަންނަ 500 އަންހެނުންވެސް ނެރުމަކީ ފެންތައްޓެއް ބުއިންހާ ފަސޭހަކަމެކޭ. އެފަދަ އަންހެނަކު ޖެންޑަރ މިނިސްޓަރަކަށްވެސް އައްޔަންކުރަންވެއްޖެ ނޫންތޯ؟
ދެއްކުންތެރިޔާ
15 August 2017
މީޑިޔާގައި މަޝްހޫރުވަން ކަމެއްކޮއްލީދޯ. ކުޑަކުދިންނަށް ރައްކާތެރިފޯރުކޮށްދޭ ވާހަކަ ދައްކާއިރު ކުޑަކުދިންގެ ހިޔާއިން ކޮންމެ ދުވަހަކު ކުދިންފިލާއިރުވެސް ހައްލެއް ނާދޭ ނޫންތޯ؟ އެތަނުން ބައެއްކުދިން އަތޮޅުތެރޭ ސެންޓަރުތަކަށް އަރުވާލުމަކީ އެއްވެސް ހައްލެއްނޫން. ސެންޓަރު ތަކުގައި ބަޖެޓެއްނޯވޭ. މުވައްޒަފުންނެއް ނުތިބޭ ކުދިން ބަލަހައްޓަންލާފަ.
އަތްފުނާ
15 August 2017
ކުޑަކުދިންގެ ފަރާތުން ބޮޑެތިމީހުނަށް ލިބޭ އަނިޔާ ޔޯ ؟.މާރަމާރިތަކުގައި މުޅިންވެސް މިއުޅެނީ ތިބުނާ އުމުރު ހަމަ ނުވާ ކުޑަކުދިން.