މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުންނާ ދެމެދު ހިނގާދިޔަ ޒުވާބަށްފަހު މެމްބަރު ފަލާހް އަތް ޖައްސަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
24 އޯގަސްޓް 2017 - 10:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވިޔަ ނުދީ އިދިކޮޅު ފަރާތްތަކުން ހިންގާ ކަންކަން ބޭނުން ގޮތަކަށް ހުއްޓުވުމުގެ ހުއްދަ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހަށް ދީފައިވާ ކަމަށާއި ގޭމް ޕްލޭންގައިވާ ގޮތުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް "ގޯލް ޖައްސަވާނީ" މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ނިހާން ވިދާޅުވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި މަޑުން ތިއްބެވީ މަޖިލިސް ކޮންޓްރޯލްކުރަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށެވެ. މަޖިލީހުގައި ބޭނުންގޮތެއް ހަދަން އިދިކޮޅު ފަރާތްތަކަށް ދެން ފުރުސަތު ނުދޭނެ ކަމަށާއި އެކަން ކޮންޓްރޯލްކުރެވޭ ވަރުގެ މެމްބަރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި އެބަތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަމާސާ ކުރައްވަމުން ނިހާން ވިދާޅުވީ މާލޭގައި ހުރި އެންމެ ވަރުގަދަ ޖިމަށްދާ ފަލާހަކީ 95 ކިލޯގެ ބަރު އުފުއްލަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެއްފަހަރާ ދެ މީހުން އުފުއްލާލުމަކީ އޭނާ އަށް މާ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ތިޔައިން ދެ މީހަކު ކިހިލީގައި ޖަހާލައިގެން ދާނެ ފަލާހު އެކަނި ވެސް. ދެބަސްތާ ޖަހާލައިގެން އެހަރަ ހިނގައިގަތީ ހަމަ. ހަލީލު އުފުލާނެ ތިނެއް. އެހެންވީމަ މިވަރުގެ ވަރުގަދަ ފޯސްއެއް، ހަތަރެއް ތިނެއް، ތިނެއް ވިއަސް ނުވަތަ ތިނެއް ހަތަރެއް ވިއަސް މި ފޯމެޓުގައި އަޅުގަނޑުމެން ރެޑީގައި މިތިބީ ކަން ނުވެގެން ނޫނޭ،" ފުޓްބޯޅާގައި ބޭނުންކުރާ ފޯމޭޝަންތަކުން މިސާލު ޖައްސަވައި، އިދިކޮޅު މެމްބަރުންނަށް ނިސްބަތްކުރައްވައި ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން މިހާރު އަމަލުކުރަމުން އަންނަ ބީދައިން ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރާ ނަމަ އެތަނުން ދެން ބުރައިގެން ދާނީ ދޮރުތައް އެކަންޏެއް ނޫނެވެ. ފާރުތައް ވެސް ބުރައިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ނައިބު ރައީސް މޫސަ ހުންނެވީ ސަރުކާރާ އެކުގައި ކަަމަށާއި އޭނާ އަކީ އިދިކޮޅުގެ ކަންކަން ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެއް ކަަމށް ވިދާޅުވެ ނިހާން ތައުރީފް ކުރެއްވި އެވެ.
ނިހާން ސިފަކުރެއްވި ގޮތުގައި ސަރުކާރު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުން މިހާރު ކުރައްވަމުން ގެންދަވަނީ "ގައުމީ ޖިހާދެކެ"ވެ.
މަޖިލީސް ކޮންޓްރޯލް ކުރުމުގެ ހުއްދަ ފަލާހަށް ދީފައިވާ ކަމަށް ނިހާން ވިދާޅުވިއިރު، މިއަދުގެ ޖަލްސާ އަށް ފަހު މަހެއްހާ ދުވަހަށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާގިރު
25 August 2017
85 މެމްބަރުން ތިބޭތަނަކުން 28 މެމްބަރުންގެ ތާއީދު އޮތީމަ ނިހާނުމެން މަޖިލިސްކޮންޓްރޯލްކޮށް ގޯލްޖަހާނެކަން ވަރަށް ސާފެވެ. މަޖިލީހުގެ ރައީސަކީ މެމްބަރުންގެ ވޯޓުން ހޮވާފަދައިން މެމްބަރުންގެ ވޯޓުން ބޭރުވެސް ކުރެވެންޖެހޭނެ މީހެކެވެ. އޭގެ ބަދަލުގައި ސިފައިން ވައްދައިގެން މަޖިލީހުގެ ރައީސްގެ ގޮނޑީގައި މަސީހު ބޭންދުމަށްކުރާ މަސައްތަކަކީ ޤަބޫލުކުރެވޭނެކަމެއްނޫނެވެ.
މަސީހު
25 August 2017
ފުޓުބޯޅަ މެޗެއްހެން ވިސްނަނީވެސް. މިމީހުންގެ ފެންވަރު.
އަފިހުން ގޮއްޔެ
25 August 2017
ގޮށް މާވަޑިއަކަށް މަޖިލިސް ހަވާލުކުރީމަ، ގޯލު ޖަހަނީ ކުކުޅު ބިހުންތަ، ﷲގެ އިރާދަ ފުޅުން މިމީހުންގެ ކަންތައް 2019ގަ ނިންމާލާނަން.
އެޑްވައިޒަރ
25 August 2017
ހިޔާލަކީ - މިހާރު މަޖިލީހުގައި ހުރި އެކަކަށްވެސް ގޮނޑި ނުދިނުން
ާާނެއިބަރ
25 August 2017
ބަލަ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ސަރުކާރު ބަޢާވާތަކުން ބަދަލު ކުރަން ކުރާ މަސައްކަތް ހާދަ އެބަ ދިގު ލައިގެން ދެޔޭ
އަތްފުނާ
25 August 2017
ކަލޭމެންނަކީ ކަލޭމެންގެ ހުރި ޖާހިލުކަމާ ބޮޑާކަން މަޖިލީހުގެ ތެރެއިން ދައްކަން އުޅޭބައެއް.މީގެ ކުރިން ތި ފަލާހުއެއް ނުދަައްނަމު އެކަމަކު މިހާރު ހީވަނީ އެހެންފަދަ ކަމެއްހެން ތި ނިހާނުއަކީ ކުރީގައި ރެސޯޓެއްގެ ކުޑަ މނޭޖަރަކަށް ހުރި މީހެއް އެކަމަކު މިހާރު އަތްފުޅާ އެބަކުރޭއެއްނު.ކަލޭމެންނަށް ކިހާވަރެއް ތިމަސައްކަތުން އެއްކުރެވިއްޖެ ؟.ކަލޭމެންގެ ކިބުރުވެރިކަމުގެ ވާހަކަ ނުދައްކާ.ރައްޔިތުން ތި ބަދަލުކުރާނެ
އަފިހުން ގޮއްޔެ
25 August 2017
އިންޑިކޭޓަރު ހިއްކަން އަޅާނެ ދުވަހަކަށް މި އިންތިޒާރު ކުރަނީ، ﷲގެ އިރާދަފުޅުން އެތަން ދައްކަވާނެ.
ދޮނާ
25 August 2017
އެއްބަސް ވަން ދޯ މަސީހް ގެ ބޭނުން ނެތް ކަމަށް... އެހެންވީމަ އެހެން މީހަކަށް ކޮންޓްރޯދިނީ..
ބަކަރި
25 August 2017
ލަދު ކުޑަ، ގޮތް ކުޑަ، ހަޔާތް ކުޑަ!
ހަސީނާ
24 August 2017
ދިވެހިރަޔިތަކަށް ވީތީ ލަދުގަނޭ! ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއަށް ދިވެހިރަޔިތެއްގެ ހައިސިއްޔަތުން ސަލާންބުނަން!
މާދޫނި
24 August 2017
ދަގަނޑު ކެނޑޭނީ ދަނގަނޑުން..!!! ރައްޔިތުންގ މަޖިލިސްތަަ؟؟ ނޫނީ ރައްޔިތުންގެ ބަކަރިކޮށިތަ؟؟
ހުސޭނުބެ
24 August 2017
އިދިކޮޅު މެމްބަރުން މިއަދު އުޅުނީ ބިސް ކުޅި ކުޅެން މަޖްލިސްތެރޭ!!! އިއްޔެ އުޅުނީ ދޮރުވައްޓާ މާރާމާރީ ހިންގާ އަވަގުރާނަ ގޮވަން!! އޭގެކުރީ ދުވަހު އުޅުނީ މަޖްލިސްގެ ނައިބް ރައިސްގެ ފަހަތުން ވީޑިއޯ ކުރަނުން!!! މިރޭ ގޮސްތިބޭނީ ގޮސް ކުނޫޒްތެރޭ އަޗާތަޅަން!!! މާދަމާ ހަވީރު ތިބޭނީ އެމްޑީޕީ ހަރުގެ ކައިރީ މަގުމަތީގަ ކުއްލި ކަޅެއް ބާއްވައިގެން!!! ދެންތިބޭނީ ބައިބަޔަށް ރާއްޖެ ޓީވީ، ސަންގު ޓީވީ، ވީޓީވީ އަށް އަރާ ފިތުބަފަސާދަ އުފައްދާ އާދޮގުތަކެއް އުފަންކުރަން!!! މިހީ އެވެރިންގެ މިއަދުގެ ޙާލަތު!!!
ޢަބްދުﷲނާފިޒު
25 August 2017
ބިސްކޮތަޅު މޭޒުދަށަށްލާ ފޮރުވައގެން އިނީ އިދިކޮޅު މެމްބަރު އައްސަދު ދެއްތޮ، ތިޔަހަރަ ވިސްނުމަކަށް ހަމސާބަސް، ވަރަށް ކަޑަވެއްޖެނު.