ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމް ބޭސްފަރުވާ އަށް ތިން މަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރު ލަފާދެއްވައިފި

ގާސިމް އިތުރު ފަރުވާދިނުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ފުރާވަޑައިގަތުމުގެ ކުރިން އައިޖީއެމްއެޗުގައި ބައެއް މީޙުންނާ ސަލާމް ކުރައްވަނީ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރަން އޭނާ ބެއްލެވި ޑޮކްޓަރު ލަފާދެއްވައިފި އެވެ.

ހިތުގެ ބައްޔަކަށް އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ގާސިމް އިތުރު ފަރުވާއަށް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ސިންގަޕޫރަށް ފުރުވާލައިފަ އެވެ. ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް، ބޭރުން ފަރުވާ ހޯދަން ދިނީ 10 ދުވަހެވެ.

ގާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއިކުރައްވައި ގާސިމަށް ދެއްވި ލިޔުމުގައި ވިދާޅުވީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.

ގާސިމްގެ ހިތުގެ ޓެސްޓުތަކެއް އަންނަ ހުކުރު ދުވަހު މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ފެށުމަށް ނިންމާފައިވާއިރު، ސިއްހީ ހާލަތު ބެލުމަށާއި ފަރުވާ ދިނުމަށް ކުރިއަށް އޮތް ތިން މަހު ސިންގަޕޫރުގައި މަޑު ކުރުމަށް ޑޮކްޓަރު ވަނީ ލަފާދެއްވައިފަ އެވެ.

އަދި ދަތުރު ކުރެއްވޭ ވަރަށް ސިއްހީ ހާލަތު ރަނގަޅު ވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އަންނަ ހުކުރު ދުވަހު ގާސިމް އެޑްމިޓް ކުރަނީ "ކޮރޯނަރީ އެންޖިއޯގްރާމް އެންޑް ކޮރޯނަރީ އެންޖިއޮޕްލާސްޓީ" ހެދުމަށެވެ. އަދި ހިތުގެ ސާޖަރީ ފެށުމުގެ ކުރިން ދުވަސްކޮޅަކަށް ހޮސްޕިޓަލްގައި ގާސިމް އެޑްމިޓް ކުރާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައިވެ އެވެ.

ގާސިމަށް އިތުރު ފަރުވާދިނުމަށް ފުރާވަޑައިގެންނެވޭ ގޮތް ދިވެހި ސަރުކާރުން ހަދައި ދިނީ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނިކޮށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ބޭރުން ހަދަން ޖެހޭ ކަމަށް އެތައް ޑޮކްޓަރުންނެއް އެކި ފަހަރު މަތިން ލަފާ ވެސް ދިނެވެ. އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ގާސިމަށް ހުކުމް އިއްވީ ވެސް، ސިއްހީ ހާލަތު ގޯސްވެ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އޮއްވަ އެވެ. ގާސިމްގެ ޓެސްޓުތަކެއް ހަދަން ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ސަރުކާރުން ދިނީ، ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތަށް، އޭނާ ބޭސްފަރުވާ އަށް ނުފޮނުވައި ލަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ރާއްޖެ އިން ބޭރުން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާ ބައި ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް އަދިއެއް ނުފަށަ އެވެ.

ގާސިމް މިދިޔަ މަހުގެ 24 ގައި ހަތަރުވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ، އޭނާއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އެންމެ ފަހުގެ އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. އޭނާ އެ ދުވަހު އައިޖީއެމްއެޗަށް ގެންދިއުމުން، ހިތުގެ ޚާއްސަ ޑރ. އަލީ ޝަފީގް ލަފާ ދެއްވާފައިވަނީ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.

33 ކޮމެންޓް, 136 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 23%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެސޮރު

10 September 2017

މަށަކީވެސް ތި ބައްޔަށް ފަރުވާ ކުރަމުން އަންނަ ނިކަމެއްޗަކީމު، މަށައް ލިޔުމެއްދޭނެ ޑަކްޓަރެއް ނެތް، ދެއްކީމަ ބުނަނީ ރާައްޖެއިން ފަރުވާ ކިރެވެޔޭ، އަދި ޓެސްޓް ވެސް ހެދެޔޯ.... . . .!

The name is already taken The name is available. Register?

ޔާމީން2018

09 September 2017

ކީއްވެތޯ 2018 ގެ ނޮވެންބަރުގެ ފަހުންނޭ ގާސިމް އަށް ރާއްޖެ އާދެވޭނީ ޑޮކްޓަރު ވިދާޅުނުވީ؟ މިހާރުވެސް ސިއްހީ ހާލަތު ގޮސްވެގެންކަމަ ވިދާޅުވެއް ނަސީދުވެސް އެހުންނެވީ ޔޫކޭގައި މުޅިންވެސް ގޭމުކުޅުވަނީ'''''''''''''''''''''''''

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

09 September 2017

އެހެންވިޔަސް މިހެންވިއަސް ހެޔޮ، ރާއްޖޭން ފުރީވެސް އެގޮތަށް ހަމަ ޖެހިގެން އެކަމާ ދެން ފޫ ކަހަން ނުހަދާ، އެދަނީ ޕްލޭން ބީ ގަ އޮތްގޮތަށް، ހަމަ ރަނގަޅު، ވަރަށް ސަލާމް.

The name is already taken The name is available. Register?

މެޑަމްޝަރީފު

09 September 2017

ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް މި ބަނަކަން އޮބެންދެން ރަނގަޅީވެސް ތިގޮތް

The name is already taken The name is available. Register?

އަބްދުއްލާ

09 September 2017

ފައިސާ ގޯނީގަ ހުރި ރިސް ވަތުގެ ފައިސާ ބަހަންދިނީ އޭނާ ނޫންބާ ؟ ވިދާޅުވި ނޫންތަ؟ އަދީބު ބަހަނީ އަޅުގަނޑު ދިން ފައިސާއޭ ،މިގޯނީގަ ހުރީވެސް އަދީބު ދެއްވި އެއްކަލަ ގެއަށް ވަން ހަލާލު ނޫންފައިސާއިން ބައެއް ނޫންބާ ؟ހަރާމެއް ހަލާލެއް ބަލަން ބޭނުންނުވާބަޔަކަށް ހަރާމް ފައިސާ އެކޭ ހަލާލު ފައިސާ އެކޭ ވާނީ އެއްވަރު ދޯ

The name is already taken The name is available. Register?

އަތްފުނާ

09 September 2017

ހަގީގަތުގައި ގާސިމު ރާއްޖެއިން ބޭރަށްދާކަށް އެހާ ނާޒުކެއްނޫން އެކަމަކުވެސް އޭނާ ބޭނުންވާ ބައެއްކަހަލަ ފަރުވާ ލިބިގަތުމަށް ގޮސް އެހުރީ.އަދި ވީ ސިންގަޕޯރ މެދުވެރިކޮށް އެހެން ގައުމެއްގައި.ގާސިމަކީ ރާއްޖެގެ ތަރައްގީއަށް އަދި ތައުލީމަށް ގިނަ ކުރިއެރުމެއް ހޯދައިދިން މީހެއް.ހެޔޮ މިޒާޖެއްގެ މީހެއް އެކަމަކު އަމިއްލަ ނަފުސަށް ބާރު ހިންގޭ މިހޭއްނޫން.

The name is already taken The name is available. Register?

ޖަޒްލާ

09 September 2017

ނިކަމެތިންނަށް ނިކަމެތި ގޮތް. ޑޮކްޓަރެއްގެ ލިޔުން ހޯދާކަށް މަހުޖަނަކަށް އެއްވެސް ކަމެއްް ނޫން. ސިންގަޕޫރުގައި ލާރި ހުރިއްޔާ ނުކުރެވޭނެ ކަމެއް ނޯންނާނެ. މަށަށް އެނގެނީ ނިކަމެއްޗެއް ނަމަ ހުކުން ނިމެންދެން އޮންނަން ޖެހުނީހީ ކުޑަގޮޅިގައިކަން. ގާސިމުމެން ޑީލް ހަދާލާފަ ގާނޫނަށް ވުރެ މަތީގައި. ޝޭމް!

The name is already taken The name is available. Register?

ޕިއްލޭ

09 September 2017

ތިއީ މައްސަލައެއް ނޫން. ދިވެހިރާއްޖެ އަކީ މިހާރު ސިންގަޕޫރު. ސިންގަޕޫރުގަ އުޅުނަސް މާލޭގަ އުޅުނަސް އެކައްޗެއް. އެހެންވީމާ މިކަންތައް މާބޮޑުކޮށްލައިގެން އުޅުމުގެ ބޭނުމެއް ނެތް، ދެއްތޯ؟

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

09 September 2017

ލިޓިލް ސިންގަޕޫރު ދެއްތޮ، މީހަކު އަވަދި ވެދާނެ، ހީހީހީ.

The name is already taken The name is available. Register?

ދޮހޮއްތު

09 September 2017

ޓެސްޓުތަށް ނަހަދާ 3 މަހަށް ހުރުމަށް ލަފާދިނީ ހާދަހާވާ މޮޅު ޑަކުޓަރެކޭ

The name is already taken The name is available. Register?

ޒުބޭ

09 September 2017

ތިތާ ބާއްވަންނީ 3 އަހަރަކަށްނޫން 33 އަހަރަށް.

The name is already taken The name is available. Register?

އައިއެފް

09 September 2017

ބަންޑާރަނައިބު އަނިލް އަވަސްކުރޭ މަޑުންނުހުންނަވާ. ވަޑައިގަނޭ ކޯޓަށް އިސްތިއުނާފުކުރަން. ޑޮކްޓަރު ރާއްޖެގެ ކޯޓަށް ވަޑައިގަތުމަށް ކޯޓުގައި އެދޭތި. އޭރުން ބޮޑުމީހާ އުފާވާނެ. ބޮޑުމީހާ އުފަލުގައި ބަހައްޓަންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454