10 ސެޕްޓެމްބަރ 2017 - 13:46
އަސްކަރީ ހޮސްޕިޓަލް ސެނަހިޔާ އިން ފަރުވާ ހޯދާ ފަރާތްތަކުން އާސަންދައިގެ އިތުރުން ފީއެއް ނެގުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.
ސިފައިންނާއި ފުލުހުންގެ އިތުރުން އިމިގްރޭޝަން އަދި ކަސްޓަމްސްގެ މުވައްޒިފުންނާއި އާއިލާތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެނަހިޔާ އިން މިހާތަނަށް ފަރުވާދެމުން އައީ ހަމައެކަނި އާސަންދަ ކަވަރުކުރާ ގޮތަށް އިތުރު ފީއަކާ ނުލަ އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް "މިހާރު" އަށް ވިދާޅުވީ މިއަދުން ފެށިގެން ސެނަހިޔާ އިން ހޯދާ ފަރާތްތަކުން އާސަންދައިގެ އިތުރުން ފީއެއް ނެގުމަށް ނިންމާފައިވަނީ ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ޑޮކްޓަރުން ގެނައުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އާސަންދައިގެ އިތުރުން ނަގާނީ 50 ރުފިޔާގެ ފީއެކެވެ.
މީގެ ފަސް އަހަރު ކުރިން ހުޅުވި ސެނަހިޔާ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ތަފާތު ޓެސްޓްތައް ވެސް ހެދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިއްތިއިބުރާހިމު
10 September 2017
އޭ ތިޔެއްނޫނޭ އެއްކަލަ ކުޅުދުއްފުށީގަ ބިއްލޫރި އެއާޕޯޓެއް އަޅާތަނުގަ ހުރި 18 ގެޔަކައް ބަދަލު ދޭންޖެހި މުސާރަ ނުދެވޭ ހާލަތަކައް ގައުމުވެއްޓި ކަރަންޓް އަގުބޮޑުކޮއް ވެއްޓެންދާ ސަރުކާރަކުން ކަންކުރާގޮތް މިފެންނަނީ ދާދި އަވަހައް ނަޝީދު މިރާއްޖޭގެ ވެރިކަމާ ހަވާލުވެ ހައްގުއަދަބު ޔާމިނައްދޭނެ އިންޝާﷲ
ސާމަރަ
10 September 2017
ނާޒީމު ފުރަތަމަ ބޮލައް ބޭސްކުރައްވާށެޥެ.
މާހޯރަ
10 September 2017
ތިތަނަކީ ހޮސްޕިޓަލެއް ކަމަކަށް ގަބޫލެއް ނުކުރަން، އޭ.އެމް.ޑީ.ސީ އަށްވުރެ ޚިދުމަތްތަކުގެ ފެންވަރާއި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން ސްޓާފުންގެ ފެންވަރު ދަށް
ނަން
10 September 2017
ޢެހެންވީމަ އޭއެމްޑީސީ އަށް ދިޔައީމަ ނިމުނީނޫން
ގޮއްޔެ.
10 September 2017
އައި.ޖީ އެމް އެޗް އިންވެސް އިތުރު ފީ ނަގަންވީނުން. ފެންވަރު ރަނގަޅު ޑަކްޓަރުން ހޯދޭނީ އޭރުން. ހުސްނުވާ އާސަންދަ އޮތަކަސް އިތުރު ޗާޖެއް ނަގަން ފެނޭ. ދިވެހީންނަކީ ނުލާހިކު ފުދިގެން އުޅޭ ބައެއް. ތަކެތީގެ އަގުތައް މިވަނީ ދުނިޔޭގެ ނިޞްބަތުން އެންމެ ދަށުގައި. މުސާރައިގެ އޮނިގަނޑު ވަނީ މެދު އުޑުގައި ފިޔަ ޖަހަން ފަށާފައި. އެއީވެސް ޔާމީނުގެ ހެޔޮފުޅުކަމުން.
ޚަލީލް
10 September 2017
މިހާރު ހުރިހާ ކަމެއްވެސް ކުރާނީ ދެކޮޅަށް! ޢަގު ބޮޑުކޮށް ފީ ބޮޑުކޮށް ދެން އޮތްކަމެއްވެސް އެންމެ ދެކޮޅުވާހެން! ޜިޔާސީ ގާތްވުމުން ދެން ހުރިހާ ކަމެއް ހެޔޮކޮށް އެންމެ އެކަށޭނަކަން ދައްކާނެ! އަޅުގަނޑު މިހާރު ނާސަރީ އަކަށް ނުދަން!
ސައިޚް
10 September 2017
މުސާރަ ދޭންވެސް ފައިސާ ނެތީ، ޔަގީން.
ހަމަހޭ
10 September 2017
ފޮށިގަނޑުތަކުގަ ވެއްދިލެއް މަދީނު. ބްރޯ ދޫކޮއްލާފަ ކުރިންހުރިވަޒީފާ އަލުންދޭންފެނޭ. އޭރުން ކެމްޕޭނައް ގައިމުވެސް މަދުވިޔަކަނުދޭނެ.
ދައިކޮނޮމިސްޓް
10 September 2017
ތެޔޮ އަގު ބޮޑުކޮށް ބޭންކުގެ ހިދުމަތަށް އިތުރަށް ފީނަގާ ޓީބިލު ވިއްކާ އިކޮނޮމިސްޓް ކިހިނެއްތޯ ޤައުމަށް ތިޔަ ހައްދަވަނީ؟ ފީނަގާ ރައްޔިތުންފެލުގެ ސީޒަނެއް ފެށިގެން މިއުޅެނީ
ސައިޚް
10 September 2017
ވޯޓު ކައިރިވީމަ ހެޔޮކޮއްލާފަ ފަހުން ބޮޑުކޮއްލަން. އޯކޭ ވާނެ ދިވެހިންނަށް.
ހުސެޭނުބެ
10 September 2017
ތަނެއް ފަސްހަފަރު ތަޅާފަ ރޭނުމުގެ ބަދަލުގައި ތިފައިސާއިން ތިތަނުގައި މަދިރި މަދުކޮށްދެއްވައިފިއްޔާ ރަގަޅު.
މާހިރު/ ތިނަދޫ
10 September 2017
ނަސްލީ ހޮސްޕިޓަލް! ސިފައިންނާއި ފުލުސް މިގައުމަށް ކޮށްދޭ ޚިދުމަތެއް ނެތް އިރު ދައުލަތުގެ ބަޖެޓް ކޮޅާލާފަ އވެރިންގެ ޚިދުމަތުގަ ހުސްކުރުމަކީ ހަމަ ޚުދުމުޚްތާރު މަގަށް މަގުކޮށުން!
މޫސަ
10 September 2017
މާހިރޫ، ކަލޭ ތިކަހަލަ ޒިންމާދާރުކަން ކުޑަ ކޮމެންޓް ކުރާކައް ލަދެއް ނުގަނޭތަ،؟
ފާތުން
10 September 2017
ހަމަ ރަނގަޅު ވާހަކައެއް. ފުލުހުންނާ ސިފައިން ތިބީ ސިޔާސީ ޕާޓީއެއްގެ ފިޔާތޮށި ކުލަ ޖެހިފަ. ގާނޫނު އަސާސީ ކިޔާ އެއްޗެއް އޮތްކަންވެސް އެމީހުންނަށް ނޭންގޭ. ދެން ރައްޔިތުންގެ ހައްގު ހިމާޔަތް ނުކުރެވޭ ބަޔަކަށް ކީއްކުރަން ރައްޔިތުންގެ ފައިސާއިން އެއްވެސް ކަމެއް ކޮއްދޭންވީ.
ރުހިމާ
10 September 2017
ތިކަހަލަ މޮޔަ މާހިރު މެން ވަރަށް ގިނަ