ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ސަލާމްކުރައްވަނީ: ސަރުކާރާ އެކު މަޝްވަރާ ނުކުރަން އިދިކޮޅު ޕާޓީތަކުން ވަނީ ނިންމާފައި.
11 ސެޕްޓެމްބަރ 2017 - 14:39
ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ރައީސް އަބްދުﷲ ޔާމީންގެ އިޚްލާސްތެރިކަމެއް ހުރި ނަމަ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަން ކުރެއްވުމަށް ފަހު މަޝްވަރާގެ މޭޒަށް ދައުވަތު ދެއްވަން އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނޭ ގޮތަށް، ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމަށް ރައީސް އަބްދުﷲ ޔާމީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވައިފަ އެވެ.
މި ދައުވަތާ މެދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޝްވަރާކުރުމަށް ފަހު ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސް ޔާމީން މިފަހަރު ވެސް މަޝްވަރާ އަށް ގޮވާލެއްވީ ބޭރުގެ އެކި ފަރާތްތަކުގެ "ލޮލުގައި އަނދުނެއް އަޅުވަން" ކަމަށެވެ. ޕާޓީތަކާ އެކު މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރައްވަން، އެމަނިކުފާނުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބަޖެޓެއް ދެއްވާފަ އެވެ. އެހެން ނަމަވެސް އެ ފާސްކޮށްދެއްވި ބަޖެޓަށް ސަރުކާރުން ހެއްދެވި ނުހެއްދެވި ގޮތެއް އެނގެން ނެތްއިރު، އެ ބަޖެޓުގައިވާ މަޝްރޫއުތައް ސަރުކާރުން ހިންގެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ކުރަންޖެހޭ މަޝްވަރާއެއް އޮންނާނެ ކަމަށް ޕާޓީތަކުން ގަބޫލެއް ނުކުރަމެވެ،" ބަޔާނުގައި ވެ އެވެ.
ސަރުކާރާ އެކު މަޝްވަރާ އަށް ނުދާން ނިންމި ގިނަ ސަބަބުތަކެއް ހުރެގެން ކަމަށް ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ.
މަޝްވަރާ އަށް އދ. އިން ކަނޑައެޅި މަންދޫބު ތަމްރަތު، ސަރުކާރުގެ ވަފުދަކާ ބައްދަލުކުރައްވަނީ: އދ. ގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން އުޅުނު މަޝްވަރާ ވެސް ވަނީ ފޭލްވެފައި.-- ފޮޓޯ: ޓުވިޓާ
- ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ގާނޫނާޚިލާފަށް ޖަލަށްލާފައިވުން.
- އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އަސާސެއް ނެތް ތުހުމަތުތަކާއި ދައުވާތައް އުފުލުން.
- ސަރުކާރާ މެދު ހިޔާލުތަފާތުވާ ރައްޔިތުންނާ މެދު އަނިޔާވެރިވުން.
- ޕްރޮސިކިއުޓަ ޖެނެރަލާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ނާޖާއިޒު ނުފޯޒު ފޯރުވައި ބިރުދައްކައި އެ ފަރާތްތަކުގެ މިނިވަންކަން ނަގާލުން.
- ސިފައިން މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް އެ މުއައްސަސާގެ ހަގީގީ ބޭނުން ކަނޑުވާލުން.
ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ނިގުޅައިގަނެ، ސިޔާސީ ހަރަކާތްތައް ހުއްޓުވައި ސިޔާސީ ޕާޓީތަކުގެ ދައުރު ނައްތާލަން ސަރުކާރުން މަސައްކަތް ކުރުން.
- ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ހިފަހައްޓާފައިވުން.
- ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ރަށްތައް ނުއަގުގައި ހިތުހުރިގޮތަކަށް ވިއްކާލައި ރާއްޖޭގެ އިގްތިސާދު ނާޒުކު ފައްތަރަކަށް ވައްޓާލުން.
- އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި އަމިއްލަ މަސްލަހަތަށް ސަރުކާރުގެ ހާރިޖީ ސިޔާސަތު ވިއްކާލުން،
މީގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ހުތުރު އަމަލުތަކުގެ އަޑީގައި ރައީސް ޔާމީން ހުންނެވި ކަމަށާއި އެ ކަންކަމަށް ހިތްވަރު ދެއްވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
"މި ދެންނެވި ކަންކަން އިސްލާހުކުރުމަކީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާކޮށްގެން ކުރަންޖެހޭ ކަންކަން ކަމުގައެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެކެމެވެ. ސަރުކާރުގެ ހެޔޮ ނިޔަތް އޮތްކަމުގައިވާ ނަމަ މި ގައުމުގައި އިސްލާހުކުރަން ހުރި ކަންކަމަކީ ސަރުކާރުން މިހާރުން މިހާރަށް ވެސް ކުރެއްވޭނެ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.
ޕާޓީތަކުން ބުނީ އދ.ގެ މަންދޫބަކާ އެކު ވެސް މަޝްވަރާ ކުރިއަށް ގެންދެވޭތޯ ޕާޓީތަކުން މަސައްކަތް ކުރި ކަމަށެވެ. ކޮންމެ ފަހަރަކު ވެސް މަޝްވަރާ ފޭލްވަނީ ސަރުކާރުން ދައްކާ ބަހަނާތަކާ ހެދި ކަމަށާއި މަޝްވަރާ އަށް ގޮވާލާއިރު ސަރުކާރުގެ އިހްލާސްތެރިކަން ނެތް ކަން މުޅި ދުނިޔެ އަށް ވެސް މިހާރު ސާފުވެފައިވާ ޕާޓީތަކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމާނުﷲ
12 September 2017
ލީޑަރުންނަކީ އެހެންމީހުންނަށް މަގުދައްކާ މީހުން، އެކަމަކު ތިވިދާޅުވާ ލީޑަރުން ތިއްބެވީ އެހެންމީހުންނަށް ރަގަޅު މަގުދެއްކޭފަދަ ޙާލަތެއްގައިތޯ ސުވާލު އުފެދޭ، ރައީސް މައުމޫނު ޤައުމަށް ޚިދުމަތް ތަކެއް ކޮށްދެއްްވި، އަދި އެދުވަސްވަރު، ކުށުގެ ތުހުމަތުގައި ގެންދާ މީހާ 45 ދުވަސް ވަންދެން، އެއްވެސް ޚަބަރެއް ނުވެގެން އާއިލާ މީހުން ކޮޅު ކޮޅު މައްޗަށް ދުވެލަ ދުވެލާތިބޭ، ޖަލުގައި އަނިޔާ ކުރުން އިންތިހާއަށް ބޮޑު، ޚިޔާލު ފާޅު ކުރުމަކީ އޮތްކަމެއްނޫން، ސަންދާނު ނޫސް ނެރުނު މީހުން ޢުމުރު ދުވަހަށް ޖަލަށް ޙުކުމް ކުރި، ރައީސް ނަޝީދު އާއި ވެރިކަން ޙަވާލު ކުރީ ރަގަޅުވާނެކަމަށް ޔާޤީންކޮށްގެން، ކަންތައް ވެގެން ދިޔަގޮތް ކާރި މާޒީގައި މިއޮތީ ފެންނަންނޫންތޯ، އެހެންކަމުން ޔާމީން މިކުރައްވާ މަސައްކަތް ވެގެންދާނީ މިޤަރުނުގައި މިޤައުމަށް ކޮށްދެވޭ އެންމެ ރަގަޅު މަސައްކަތްތަކަށް ވީމާ މިކަމުގެ ފައިދާ ލިބިގަންނަން ތިބީ ރައްޔިތުން އެކަމަށް ހުރަސް ނާޅުއްވާ، ފުރު ޞަތު ދެއްވާ، ލީޑަރުންނަކީ ތަރައްޤީއާއި ބީރައްޓެހިބައެއް.
އަބްދުއްލާ
11 September 2017
ރުމާލް 2 ހީނުކުރާތި ވާދަކުރާނެ މީހަކު މިގައުމުން ނުވާނެކަމަށް މިގައުމުގާ ތިއްބެވީ ކިޔަވާ ވިދާޅުވެ އެބޭފުޅާ އަށް ވުރެ މާމަތީ ފާސްތައް ހުރި ބޭފުޅުން 2018 ގަ އަންނަ މީހަކު މި 5 އަހަރު ކުރި ހުރިހާކަމެއް އެއް އަހަރުން ކުރާނެ . ވީމާ ހީނުކުރާތި މީހަކުނެތިގެން ނ އަތޮޅު ގޮނޑިހެން ވާނެކަމަކަށް މީހަކު ނެތިއްޔާ މަވެސް ވާދަކުރުމަށް ނުކުންނާނަން.
ރުމާލް 2
11 September 2017
ލީޑަރުން ދޫނުކުރެވޭނެ ތީކުރެވޭނެކަމެއްނޫން އަދި ކުރާނެކަމެއްވެސްނޫން ކާކުއަމިއްލަ ފައިމައްޗަށް ފައިން އަރާނީ! ދެންއޮތީ ސިންގަޕޫރުގައި ހެދިގޮތައް 2018 ގައި ޝަރުތު ހަމަވަނީ ރައީސް ޔާމީން އެކަނި ކަމަށް ސްޕްރިމްކޯޓުން ނިންމާ 2018 ގައި ވެރިކަމުގެހުވާ ރައީސް ޔާމީން ކުރެއްވުން. ރަދި ދަންނަވަން ރައީސް ޔާމީންނޫޅުއްވާ ކޮންމެހެން އިދިކޮޅު ބަޔަކާ ވާހަކަދައްކާކަށްވެސް އިދިކޮޅު ލީޑަރުން ޖަލަށްލައި މިހަދަނީވެސް 2018 ޔަގީންކުރަން. އިދިކޮޅުގައި މިހާރަކުނެތް އަމިއްލަހާލާތެދުވެ އުޅޭވޭވަރުގެ އެކަކުވެސް
ބަލުވަތީ
11 September 2017
އާނދޯ ލީޑަރުންގައިގަ ތަޅާ ބުރުއްސަމުން އެލީޑަރުންނާ މަޝްވަރާކުރަން މިއެދެނީ ލަދުގެ ކަންފުޅެއްވެސް ހަމަ ނެތީ
އަލީ ނަސީރު
11 September 2017
ނޫން ތިކަމެއް ނުވާނެ! ދުވަހަކުވެސް! ލީޑަރުން ދޫކޮއްފިއްޔާ އަމިއްލަ ފަޔަށް ބަޑިޖެހުނީނު!
ހާއުފާ
11 September 2017
ސަޅި
މެންޓަލިސްޓް
11 September 2017
އެއްގޮތަކަށްވެސް ލީޑަރުން ދޫކުރާނެކަމެށްނެތް ،،، މިހާރު ސަސްޕެންޑްކުރީ 54 ލޯޔަރުންގެ ފާސްތައްވެސް ބާތިލްކުރަންވީ ،، އަދި އޭގެއިތުރުން ގާޒީންގެ ބޮޑުބައެއްވެސް ސަސްޕެންޑްކުރަންވީ ،، ފުލުހުންގެ އޮފިސަރުންވެސް ސަސްޕެންޑްކޮށް ވަކިކުރަންވީ ،،، މިހެންގޮސް މަކަމުގައި ދެވެންއޮތް އެންމެ މައްޗަށްދާންވީ ،،، އޭރުން ވެރިކަންނިމި ރައީސްޔާމިންގެ ވާހަކަ ވިކިޕީޑިޔާގައި ލިއެފައިއޮންނައިރު ދުނިޔޭގެ އެތައްބައިވަރު ރިކޯޑްއެއް ހުންނާނެ މުގުރިފައި ،، އޭރުން އެވާހަކަތަށް ޕޮލިޓިކަލް ސައިންސްކިޔަވާކުދިން ކިޔަވާއުޅޭނެ ،، މިހާރު ނަޕޯލިއަންގެ ވޯޓަރލޫކިޔާދޭހެން ރާއްޖޭގެ ވެރިކަން ކުރީ ޔާމިންގެ ވާހަކަކިޔާއުޅޭނެ ،، ،އެކަންވެސް ވާނީ ތާއަބަދަށް ދެމިގެންދާނެ މަޝްހޫރުކަމަަކަށް ،، ، އެކިމީހުން މަޝްހޫރުވާނީ އެކިގޮތްގޮތަށް ،،، ރަންނަމާރި ވާހަކަ އަކީވެސް ލިޖެންޑްއެއްގޮތުގައި ބަލާހެން ބެލިދާނެ ،،، ވަރަށްވެދުން
އާރީ
11 September 2017
ސަރުކާރުގެ އިހުލާސްތެރި ކަމެއް ހުރިއްޔާ ތިކަން ކުރާނެ
އަނިޔާދިނުން
11 September 2017
އަދުލުއިންސާފު ގާއިމް ނުކުރާ ބަޔަކަށް ތިކަން ކުރާނެހެން ހީވޭތަ? އަމިއްލަ އެދުން އިސްކުރުންނޫން ކަމެއްނެތް. ޖަލަށްލައިގެން ގޮނޑިގެއްލުވާލައިގެ ވެރިކަމުގައި އަބަދަކު ނުހުރޭވެނެ, ކޮންމެވެސް ދުވަހަކުން އިންސާފުއަރާ ހަމަކުރާނެ, ޖަވާބުދާރީ ވާންޖެހޭނެ ﷲއިންޝާ
އެމްއެމްޕީއާރުސީ
11 September 2017
އެޓަރނީޖެނެރަލް އަނިލް ކޯޓުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާ ތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މަޤާމުގެ ނުފޫޒު ފޯރުވައި ސަރުކާރުގެ ބާރުވެރިކަން ނަހަމަގޮތުގައި ހިންގުމާއި، އެޓަރނީ ޖެނެރަލަށް ޤާނޫނުން ބާރު ލިބިފައި ނުވާ ޖިނާޢީ މައްސަލަތަކުގައި އިސްތިޢުނާފު ކުރުމަށް އުޅުން މީވެސް ސިޔާސީ ޕާޓީތަކުން އިސްލާޙުކުރަން ހުށަހަޅާ ބަޔާނާއި ލިޔުމުގައި ހިމަނަން ޖެހޭ ކަމެއް އެކަން ބަޔާނުގައި މަދުކަމަށް ފާހަގަވާތީ ދަންނަވާލީ ދެން އެންމެން އަތްޖަހާ