އީރާނުން ދަންޖައްސާ މަރާލި 42 އަހަރުގެ މީހާ ވަނީ ހަތް އަހަރުގެ ކުއްޖާ ރޭޕްކޮށް އެ ކުއްޖާ މަރާލާފައި.
21 ސެޕްޓެމްބަރ 2017 - 12:09
ތެހެރާން (ސެޕްޓެމްބަރު 21) - އީރާނުގެ ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުށުގައި 42 އަހަރުގެ ފިރިހެނަކު އާއްމުންގެ ތެރޭގައި އިއްޔެ ދަންޖައްސައިފި އެވެ.
އެ މީހާ ދަންޖައްސާފައި ވަނީ އަރްދީބިލް ޕްރޮވިންސްގައި އިއްޔެ ވަރަށް ހެނދުނާ އެވެ. އެ ޕްރޮވިންސްގެ ޕްރޮސެކިއުޓަރު ނާސިރު އަތަބާތީ ވިދާޅުވީ އާއްމުންގެ ތެރޭގައި އެ މީހާ ދަންޖެއްސީ ހަތް އަހަރުގެ ކުއްޖަކު ރޭޕްކޮށް މަރާލުމުން އާއްމުންގެ ސިކުނޑިތަކުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.
އުމުރުން ހަތް އަހަރުގެ ކުއްޖާ ގެއްލުނީ ޖޫން 19 ވަނަ ދުވަހު އެވެ. އެ ކުއްޖާ ގެއްލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ގިނަ ބަޔަކު ކަންބޮޑުން ފާޅުކޮށްފަ އެވެ. އަންހެން ކުއްޖާ ހޯދާފައި ވަނީ ގަރާޖެއްގެ ތެރޭގައި މަރާލާފައި އޮއްވަ އެވެ. މި މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ މީހާ ހައްޔަރު ކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފައި ކަމަށް ޕްރޮސެކިއުޓާ ވިދާޅުވި އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ މިއީ ބިރުވެރިކަން ބޮޑު ހާދިސާއެއް ކަމަށާއި އެހެންވެ އިންސާފު އަވަސްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. ތުހުމަތު ކުރި މީހާ ކުށަށް އިއުތިރާފްވުމާ އެކު މި މައްސަލައިގެ ޝަރީއަތް ފެށީ އޮގަސްޓް މަހު ފަހު ކޮޅު އެވެ. އަދި އޭނާގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރީ މި މަހު 11 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި
23 September 2017
ގަދަކަމުން އިއުތިރާފްކުރުވައިފިއްޔާ ކިހިނެތްބާވާނީ؟
ބުހާރީ
22 September 2017
ރާއްޖޭގަ ސިޔާސީ މައްސަލަ ހިގާނެ މ ސްޕީޑުގަ. މިކަހަލަ މައްސަލަ ރާއްޖޭގަ 10 އަހަރު ތެރޭ ނިމޭނެކަމާ މެދުވެސް ޝައްކު. އަދި ނިމޭއިރު ހެކި ނެތިގެން ޖެހޭނީ ދޫކޮށްލަން. މިއޮތީވާ ރާއްޖެއެއް
އަޝްރަފް
22 September 2017
މިގައުމުގަ ލާހިކު ކަމެއް ނޫންތީކީ ތިޔަ ގައުމުގައި މައުމޫން ހަމީދާއި ހިސާން މެން ފަދަ ޤާބިލް ގާނޫނީ ވަކީލުން ނެތީމަ ހުކުމް ތިޔަ ތަންފީޒް ކުރެވުނީ މީ ވަރަށް ވާހަކަ
މޮގާބޭ
22 September 2017
ދިވެހި ސަރުކާރުން އީރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ސަބަބު ތިޔަ ކަމުންވެސް ޔަޤީން ވެއެވެ.
ނަސީމު
22 September 2017
މަރުގެ ހުކުމް ތަންފީޒުކުރުން އެއްމެ ރަނގަލީ އާއްމުތަނެއްގަ ގިނަބަޔަކަށް ފެންނަގޮތަށް އޭރުން މިއުޅޭ ނުލަފާ މީހުންތަށް މައިތިރިވާނީ
ޕޯޑިއަމުތަކުގައި މަރަށް މަރުހިފާ ރައީސް
22 September 2017
އެއީ އިންސާފަކީ ހުކުމް ތަންފީޒު ކުރާއިރު އެބެލީ ރަށްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް އަދި ހާމަކަން ބޮޑުގޮތެއްގައި ހުކުމް ކުރަންވެސް އަދި ތަންފީޒުކުރަންވެސް، އެކަމަކު މިރާއްޖޭގައި ކަންކަން ހިނގަނީ ދިމާއިދިކޮޅަށް
ސައިފަ
22 September 2017
ރަނގަޅު
ޢިއްބެ
21 September 2017
ދެރަކަމެއް! ހިތާމައިގެ ކޮޅެއްވެސް ނެތް
ރާވެރިބެ
21 September 2017
ލައިސަންސް ނުލާ ދުއްވީމާ ޖޫރިމަނާ ކުރަން އޯކޭ. ދުނިޔެ ފޮނުއްވަނީ ވަކި ކަންކަން މަނާ ކުރެވިގެން، މެރީމަ މެރިޔަސް އެެއްބަސް ވެގެން.
ރަޖަމް
21 September 2017
ދަންޖެއްސުން ނެއްނޫން ރަޖަމް ކުރަން ޖެހޭނީ
ބުރުގާ
22 September 2017
އާޓިކަލް ކިޔާބަލަ.. ރޭޕްކޮށް މަރާލީމަ ރަޖަމުން އެކަނި ފުދޭތަ..؟
ކަޑަތަ
23 September 2017
ބްރޯ... ރަޖަމް ކުރަނީ ޒިނޭ ކުރީމަ އެކަނި
ބައިރޯ
21 September 2017
އާ އަހަރެން ހަދާން ވެއްޖެއް ޔާމީން ވިދާޅުވިއެންނޫން އަންނަމަހު މަރުގެ ހުލުމް ތަންފީޒް ކުރެވޭނެއޭ ކޮބާ އެމަސްވެސް ގޮސްފި. މިހާރު ނޫހަށް ދަންނަވާލަން އޮތީ ކޮންމެ މަހަކު އެއްފަހަރު އެއާޓިކަލް އަޕުލޯޑުކުރުމަތް
ސިދުގީ
21 September 2017
މިބޭޅާ ކަންނޭނގެ ތަންފީޒު ކުރަން އުޅުމުންވެސް އަނެއްއަތައްވެސް ދުއްވައިގަންނާނީ.
ބޯގޯސް
21 September 2017
އަހަރުމެން ޤައުމޭ މިކޔާތަނުގައި އެއްކޯޓުން ތާއިދު ކޮއް އަނެއް ކޯޓުން ތާޢިދު ކުރަމުން ދިގުދައްމުވަމުން ގޮސް މީހާ އުމުރު ހުސްވަނީ. ޙުކުމް ތަންފީޒެއް ނުވޭ. މަރަން ޙުކުމް ކޮށްފައިތިބޭ މީހުން ވަރަށް ގިނަ މިޤައުމުގައި. ވާކަމެއް ޙަރާމް.