ކްރިމިނަލް ކޯޓު: އެ މައްސަލާގައި އެކަކު 20 އަހަރަށް ބާކީ ތިބި މީހުން 17 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައި--މިހާރު ފޮޓޯ
30 ޖޫން 2016 - 19:49
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލާގައި އެކަކު 20 އަހަރަށް އިތުރު ތިން މީހަކު 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަމިއްލައަށް ހަދާފައިވާ ބޮމެއް މުލިއާގެ ކައިރީގައި އޮތް ޕިކަޕެއްގެ ފިއުލް ޓޭންކް މަތީގައި ބޭއްވި މައްސަލާގައި ދައުލަތުން ދައުވާކުރި ހަތަރު މީހުންގެ ތެރެއިން 20 އަހަރުގެ ޖަލު ހުކުމެއް އައީ ހއ. ހޯރަފުށީ އާރޯ، މުހައްމަދު މަމްދޫހުގެ މައްޗަށެވެ.
ބާކީ ތިބި ތިން މީހުން ކަމަށްވާ މ. ހީރޯ މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ ޒިހާން އަހުމަދާއި ހ. މިޓާޒް ތަލްއަތު މުހައްމަދަށް އިއްވީ 17 އަހަރުގެ ޖަލު ހުކުމެވެ. އެ ހަތަރު މީހުންގެ މައްޗަށް ވެސް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ.
އެ މީހުންގެ ޝަރީއަތް ހިންގާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ނުވާތީ މާ ބޮޑު ތަފްސީލްތަކެއް ނުލިބެ އެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެ ހަތަރު މީހުން ބައިވެރިވެގެން އެ ގޮވާ އެތި އެތަނުގައި ބޭއްވިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ.
އެ ގޮވާ އެތި ފެނުމުން ސިފައިން ވަނީ ރައްކާތެރިކަމާ އެކު ހުސް ބިމަކަށް އޭތި ގެންގޮސް ނުގޮވާ ގޮތަށް ހަދައިފަ އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އެ ގޮވާ އެތި ބާއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން ކަމަށެވެ.
ސިފައިން ބުނެފައިވާ ގޮތުގައި އެ ގޮވާ އެތި ގޮއްވާލައިފި ނަމަ 60 ވަރަކަށް ފޫޓަށް އޭގެ އަސަރު ފޯރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަނދި
02 February 2017
ދިވެހިންނައް ދަތުރު ނުކުރެވުނީމަ ބުނަންވީ ޓްރަންޕް ކަމެކޭ، ނުޖެހޭ ކުށެއްނެއް ދިވެހިން މަރާކަށް،
އަކްރަމް
01 July 2016
އަސްލުބޮމެއްވެސް ނޫން އެމީހުން ބޭއްވީ. އެކަމަކު ލޯންޗުގަ ބޮންގޮއްވި ބޮން ހެދިމީހާ ކުށްވެރިއެއްނުވޭ. އެކަމަކު މިއީވެސް ޝަރީއަތެއް.
ޢަބްދުﷲނާފިޒު
01 July 2016
ތަެއްގަ ބޮން ބޭއްވި މީހުނަށް 20 އަހަރު 17 އަހަރުގެ ޖަލުހުކުމް ދެއްތޮ، ލޯންޗުގަ ބޮން ހަރުކުރި މީހާއާ އެ ބޮން ހަދައިދިން މީހުނަށް ކިތައް އަހަރުބާ! ތިޔަބޮމެއް ބޭވި އިރު ހެކިބަސްދޭން މީހުން ތިބީ ތައްޔާރުވެގެން ދެއްތޮ ފިލާ އޮވެގެން، މަޖާ ކުޅިގަނޑެއް ކުޅޭ ބައެއް މިތިބީ.
ބޮން
01 July 2016
ކޮރަޕްސަން މައްސަލަ އެއްނުބެލޭ، އެކަމާއުޅެންޏާ ކުއްވެރިވޭ، ބޮނއ ހެދިބަޔަކު ހިމާޔަތާއެކު ދޫކޮށްފަ، ބޮން ބޭއްވިބަޔަކު އުމުރަށްޖަލަށް. މި އަޅެ ކޮންފަދަ އިންސާފެއްނެރޭ ކޯޓުތަކެއްތަ؟
ހިތްހެޔޮމީހާ
01 July 2016
ކޮބާ ބޮން ހެދި މީހާއަށް ހުކުމެއް ނާދޭތަ؟ އަޖައިބެއް ކަހަލަ ކަހަލަ ކަމެއް
މިހިރީއެ ހާލަކީއުޅޭ
30 June 2016
ރާއްޖޭއްގައި ޤާނޫންތަކާއި އަދި ޤާނޫން އަސާސީ އުވާލައި ޠެރަރިޒަމް ޤާނޫން އެކަނި މި ސަރުކާރަށް ފުދޭނެ ކަމަށް ފެއްނަނީ.
ސޭމް
30 June 2016
ޙުކުމް ކުރާ ވެރިކަން.