ކިޓްކޯ ބްރޭންޑްގެ އުފެއްދުންތައް އެސްޓީއޯ ސުޕަމާޓްގައި، އަގު ހެޔޮވާނެ ކަމަށް ވަނީ ބުނެފައި.
26 ސެޕްޓެމްބަރ 2017 - 10:59
ޔޫއޭއީގެ މަޝްހޫރު ލުއިކާނާގެ ބްރޭންޑެއް ކަމަށްވާ ކިޓްކޯގެ އުފެއްދުންތައް އެސްޓީއޯ ސުޕަމާޓުން ތައާރަފްކޮށް، ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ ކިޓްކޯ ބްރޭންގެ ތަފާތު ހަތަރު ވައްތަރެއްގެ އުފެއްދުންތައް ވިއްކަން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކިޓްކޯ ސްޓިކްސް، ކެޓެލް ކުކްޑް ޗިޕްސް، ޕެންޑާ ހޫޕްސް އަދި ލައިޓް ޗީޒް ބޯލްސް އެވެ. އެ ހަތަރު ވައްތަރުގެ 29 ރަހައެއްގެ އުފެއްދުންތައް ވިއްކާނެ އެވެ.
ބާޒާރުގައި ލިބެންހުރި ބްރޭންޑް ތަކާ އަޅާބަލާއިރު ކިޓްކޯ ބްރޭންޑްގެ އަގު 50-70 ޕަސެންޓާ ދެމެދު ހެޔޮވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އަދި ކިޓްކޯ ބްރޭންޑް ރަސްމީކޮށް ތައާރަފްކުރާނީ އަންނަ މަހު ކަމަށާއި، އެއާ އެކު ސުޕަމާޓްގައި ޗިޕްސް އެންޑް ސްނެކްސް ފެސްޓިވަލެއް ބާއްވައި، ވަރަށް ކުލަގަދަ ގޮތެއްގައި ހަރަކާތްތަކެއް ހިންގާނެ އެވެ.
ކިޓްކޯ އަކީ 1926 ވަނަ އަހަރުން ފެށިގެން އުފައްދަމުން އަންނަ ބްރޭންޑެކެވެ. ކިޓްކޯ އަކީ ޔޫއޭއީގެ އިތުރުން މެދު އިރުމަތީގެ އެންމެ މަޝްހޫރު ސްނެކްސް ބްރޭންޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯނޯ
26 September 2017
ޔޫ އޭ އީ ވެއްޖިއްޔާމު ކަޑަ
މުހައްމާ
26 September 2017
އެސްޓީއޯ ތިކުރާ ކަމަކީ އިމްޕޯރޓް މެނޭޖަރ ބޭރު މީހުންނާ ގުޅިގެން ފައިސާ ކެއުން. ކަޑަތަކުން ވެސް ތިކުންފުނިން އިމްޕޯރޓް ކުރެވިދާނެ.
އުމަރު
26 September 2017
އެސްޓީއޯއިން ރީޓެއިލް މާކެޓަށްވަދެ ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތަށް މުޅިން ހަލާކުކޮށްލައިފި، ކޮންމެ އަހަރަކު އެސްޓީއޯގެ ބެލެންޝީޓް ބަލާލާއިރު ރީޓެއިލް ވިޔަފާރިއިންވަނީ ގެއްލުން، މިހާރު ޓެކުސް ދައްކާ ޒަމާނެއްގައި އެސްޓީއޯއިން އެބަޖެހޭ މިފަދަ ވިޔަފާރިތަށް ދޫކޮށްލައި އުފެއްދުންތެރިކަންކަމާ ދިމާތަށް ދެވޭތޯ ބަލަން، ރާއްޖޭގައި އުފައްދާ ތަރުކާރީ މޭވާ ފަދަ އެއްޗެހި މާކެޓަށް ނެރެވޭ ފެންވަރުގައި ބަންދުކޮށް ސަޕްލައިކޮށްދިނުމުގެ ނިޒާމެއް ގާއިމްކޮށްފިއްޔާ ބޭރަށްދާ ޑޮލަރު މަދުވެގެންދާނެ
ވިސްނާލީމާ
26 September 2017
ހާދަ އަވަހަކަށް ތިޔަބްރޭންޑުގެ ތިޔަބުއިން ރާއްޖެ ތިގެނައީ! -އިބްރާހީމް-