26 ސެޕްޓެމްބަރ 2017 - 15:18
ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާތީ އިހުތިތާޖު ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދަމާފައި ހުރި ބެނާތައް ޕީޕީއެމްގެ ސަޕޯޓަރުން ނަގައިފި އެވެ.
މިއަދު ހަވީރު ހަތަރެއް ޖަހާއިރު ރައީސް ޔާމީން އެ ރަށަށް ވަޑައިގަތުމަށް ނިންމާފައިވާ އިރު ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައިވާ ބެނާތައް އެ ރަށު ބަނދަރު ސަރަހައްދުގައާއި ދޯނިފަހަރުގައި ވަނީ ދަމާފަ އެވެ. އެ ބެނާތަކުގައި، އެ ދާއިރާގެ މެމްބަރަކީ އަދިވެސް ސައުދު ހުސައިން ކަމަށް ވެސްސ ބުނެފައިވެ އެވެ.
ވިލިނގިލީ ކައުންސިލް މެމްބަރެއް ކަމަށްވާ ހަބީބު ހަސަން މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ރަށުގައި ދެމި ބެނާތައް، ނެގުމުގައި ހަރަކާތްތެރިވީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ކަމަށާއި ބެނާތައް ނެގުމުގައި އަމަލީ ގޮތުން އުޅުނީ ބިދޭސީންނާއި ބައެއް ދިވެހިން ކަމަށެވެ.
ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ދެމި ބެނާތައް ނެގުމުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ކޯޑިނޭޓަރުންގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ރަށުގެ ބަނދަރުމަތީގައި ދަމާފައި ހުރި ހުރިހާ ބެނާތައް ނަގާފައިވާ އިރު، ރަށުގެ ބައެއް މަގުތަކުގައި ހުރި ބައެއް ބެނާތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ރައީސް އާއި ދެކޮޅަށް ވިލިނގިލީގައި ދަމާފައިވާ ބެނޭތައް-- ފޮޓޯ: ކިޔުންތެރިއެއް
"ޕީޕީއެމްގެ ދިދަފަތިތައް ބަހައްޓާފައި އިދިކޮޅު ފަރާތްތަކުން ދެމި އެއްޗެހިތައް ނެގީ. ނެގީ ފެނަކަ މުވައްޒަފުންތަކެއް އަންގައިގެން ބިދޭސީންތަކެއް،" ހަބީބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ބެނާތަކަކީ އެ ރަށަށް ރައީސް ޔާމީން ވަޑައިގަންނަވާތީ އިދިކޮޅު ފަރާތްތަކުގެ ޝުއޫރު ރައީސަށް އަންގައިދިނުމަށް ހަރުކުރި ބެނާތަކެއް ކަމަށެވެ. އަދި އެ ރަށުގައި މިއަދު ސުލްހަވެރި އިހުތިޖާޖެއް ކުރުމަށް ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ރައީސް އާއި ދެކޮޅަށް ވިލިނގިލީގައި ދަމާފައިވާ ބެނޭތައް-- ފޮޓޯ: ކިޔުންތެރިއެއް
ވިލިނގިއްޔަށް ރައީސް ޔާމީން ވަޑައިގަންނަވާ އިރު ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް އިންތިހާބުވެފައިވާ މެމްބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާ ގުޅުމާ އެކު އެ މެމްބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.
ބެލެވޭ ގޮތުގައި ރައީސް ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅަކީ އެ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެވެ. އެ ދާއިރާގެ ގޮނޑި ޕީޕީއެމަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެޓް ވޭ
26 September 2017
ހެހެ ގަޓު ރައީސޯ...
އަލްޖިބްރާ
26 September 2017
ބެނަރވެސް ނެގިދާނެ މީހުން ހައްޔަރުވެސް ކުރެވިދާނެ ! އެކަމަކު އަދިވެސް ގޮވާތި ވޯޓް ޔަޤީނޭ ! ތިފެންނަނީ ވޯޓް ސުމަކުން ދާނެ ކަމުގެ ހެކި !
ރާއްްޖެ
26 September 2017
ފޮޓޯތަކަށް ބަލާއިރު ވިލިގިލި އިދިކޮޅު މީހުންނަށް ކަމެއް ކުރެވިފައެއް ނެތް.
ލާހޫރޭ
26 September 2017
މަމެންރަށުގަނަމަ ހަމަހިލާ ނުކެރޭނެ ތިގޮތައް ބެނާތައް ނަގާފަ ޕޕމ ކުދިންނައް ހަމަޖެހިލައިގެން ތިބެން، އެއްޗަކައް ދޭތިހަދާނަން. މިދިޔަ ލޯކަލް އިންތިހާބުގަ އެކަންއޮންނަަނީ ފުލުހުން ކުރިމަތީގަ ސާބިތުކޮށްދީފަ..
ނުވާނެއޭ
26 September 2017
ރައީސާ ދެކޮޅަށް ވިލިނގިލީގައި ދެމި ބެނާތައް ބަޔަކު ދެމީ ވެސް އެއީ ރައީސްގެ ދަތުރު ފުޅަށް ހުރަސް އެޅުމަށް ޓަކައެވެ. އެކަން އެހެން ނުކުރެވޭނެއެވެ. ކަން މިހެން ހުރުމުން ރައީސްގެ ދަތުރު ފުޅަށް ހުރަސް އެޅި ބަޔަކު ހޯދާ އެފަދަ ބަޔަކާއި ދެކޮޅަށް ޖެހޭނެ ފިޔަވަޅު އެޅެން. އެނޫން އެއްގޮތެއް ވެސް ކަމަކު ނުދާނެއެވެ.
މަސްލަހތު
26 September 2017
ޑިމޮކްރެޓިކް ލީޑަރެއް ނަމަ އެއްވެސް ޝުއޫރެއް ނުނަގާނެ ގަޓ ހުރުމަކީ އެއީ
އިންނަމާދޫ ތިން ނިރު ނަޞީރު
26 September 2017
ވިލިގިލީ ގައި ތިބި އިދިކޮޅު ފަރާތްތަކުގެ ހާދަ ގަޓެއް ނެތޭ! މަމެން ރަށުގައި ނަމަ ލާހިކެއް ނޫން. ފަލާޙަކަސް ޞަލާޙަކަށް ވިޔަސް ކުޅި ދައްކާލީމުސް، މަމެންގެ ތަކެތި ނަގާފައި ޕީޕީ ތަކެއްޗަކަށް ނުހުރެވޭނެ، ބެނާތައް އަލުން ދަމާ.
ދިގުއަހުމަދު
26 September 2017
އަލުން ބެނާ ދަމަން ވީއެވެ.
އަހުމަދުބެ
26 September 2017
ހިތުގައި ދަމާފައިވާ ބެނާ ތަކެއް ނުނެގޭނެއެވެ.
ހައްުގު
26 September 2017
ނުހައްގުން ގެއްލުވާލި ހައްގުނޫން ގޮނޑިއެއް ހޯދަން, ބަލަގަ ﷲ ނަޞްރުދެއްވަނީ ހައްގަށް ބާތިލްވާނީ ހަމަ ބާތިލް ދެމިއެއް ނޯންނާނެ,