ނ. ލަންދޫ: ބޮޑު މީހެއް ކަމަށް ހީކޮށް ކުޑަކުއްޖެއްގެ މައްޗަށް އަދަބު ކަނޑައެޅުނީ އެރަށު ކޯޓުގައި ބެލި މައްސަލައެއްގައި --ފޮޓޯ/ގޫގުލް
04 އޮކްޓޯބަރ 2017 - 16:00
ކުޑަކުއްޖެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރި އިރު އެއީ 18 އަހަރު ފުރިފައިވާ މީހެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުންތަކުގައި އޮތުމުން އެ ކުއްޖާއަށް ނުބައި އަދަބެއް ދިނުމަށް ކޯޓަކުން ހުކުމްކުރި މައްސަލައެއް ފެންމަތިވެެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި މައްސަލަ ދިމާވީ ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ވައްކަމުގެ ދައުވާ އުފުލި 17 އަހަރުގެ ކުއްޖަކަށެވެ. ކުޑަކުދިންނަށް ދޭންޖެހެނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކަމަށް ވިޔަސް އެ ކުއްޖާގެ މައްޗަށް ކޯޓުން ކަނޑައެޅީ އެ ކުށަށް ބޮޑު މީހުންނަށް ދެވޭ އަދަބު ކަމަށްވާ ދެ އަހަރުގެ ޖަލު ހުކުމެވެ. އެކަން އެގޮތަށް ދިމާވީ ދައުވާ ފޯމްގައި، އެ ކުއްޖާއަކީ 18 އަހަރު ފުރިފައިވާ މީހެއް ކަމަށް ލިޔެވިފައި އޮތުމުންނެވެ. އެ ކުއްޖާއަށް އަސްލު ދޭންޖެހޭނީ އެއް އަހަރާއި ހަތަރު މަހުގެ އަދަބެކެވެ.
ދައުވާ ފޯމްގައި އެގޮތަށް ލިޔެފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކޯޓަށް ފޮނުވިއިރު އެރި އިދާރީ އޮޅުމަކުން ކަމަށްވެ އެވެ. އެކަމަކު އެކަން ފާހަގަވީ ހުކުމްކުރި ފަހުންނެވެ. ހުކުމް ތަންފީޒު ކުރުމަށް އެ ކުއްޖާ މިހާރު ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައި ކަމަށް ވަނީ އެނގިފަ އެވެ.
އެ މައްސަލަ ފާހަގަވީ އެ ކުއްޖާއާ އެކު އެ މައްސަލާގައި ދައުވާލިބުނު އެހެން ކުޑަކުއްޖަކަށް ކަނޑައެޅި އަދަބާއި އަނެއް ކުއްޖާއަށް ކަނޑައެޅި އަދަބު ތަފާތުވުމުން، އެ ކުއްޖާގެ ބެލެނިވެރިން އެކަން ކޯޓުގެ ސަމާލު ކަމަށް ގެނައުމުންނެވެ. ދެން ހުރި ކުއްޖާގެ މައްޗަށް ކަނޑައެޅީ އެއް އަހަރާއި ހަތަރު މަހަށް ގޭގައި ބަންދުގެ ކުރުމުގެ އަދަބެވެ. ވަކީލެއްގެ އެހީތެރިކަން ނުހޯދައި އެ ދެ ކުދިން ވެސް ވަނީ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި އެ ދައުވާއަށް އިއުތިރާފްވެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.
މީގެ އަހަރުތަކެއް ކުރިން 2011 ގައި ވެސް އެފަދަ މައްސަލައެއް ދިމާވި އެވެ. ސަލީބެއް އެތެރެކުރި ކުޑަކުއްޖަކަށް ދައުލަތުން ދައުވާ ކުރިއިރު އިދާރީ އޮޅުމަކުން އެ މައްސަލަ ފޮނުވުނީ ބޮޑެތި މީހުންގެ މައްސަލަ ބަލާ ކްރިމިނަލް ކޯޓަށެވެ. އެ ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުއްޖެއް ކަން އެނގުނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، ތިން އަހަރަށް ޖަލަށްލާން ހުކުމްކުރި ފަހުންނެވެ. އެކަން އެނގުމުން އެ މައްސަލަ ދައުލަތުން އަމިއްލަ އަށް އިސްތިއުނާފްކޮށް، ހައި ކޯޓުން އޭރު ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެންކޮ
05 October 2017
މި ކަމުގަ ކާކުތޯ ޒިންމާ ނަގާނީ. ކޯޓުގެ ވަޤުތު ބޭކާރުވެ، އެންމެފަހުން ޚުކުމު ނިމޭއިރު ކުއްޖާ މިނިވަން ވެފަ. މިކަމުގެ ސަބަބުން ކުއްޖާ އަށް އަދަބު ދިނުމުގެ ބޭނުންވާނީ ގެއްލިފަ
ގަލަން
06 October 2017
ޕީ ޖީ ގެ ގަލަން ކޮޅު،
sandhuvaa
05 October 2017
ތިޔަވީ ރަނގަޅަށް. ކުށް ވާނީ ކުށަށް. އެވަރުގެ ކުދިންނަށް އެ ފުރުޞަތު ނުދިނުމަކީ، މައިން ބަފައިންނާއި، ބެލެނިވެރިންގެ ކަމެއް. އުފަންވާތަނުން ކުށުގެ ވެއްޓަށް ކުއްޖާ ދޫކޮށްލާކަށް ނުޖެހޭ. އެކަމުގެ ސަބަބުން، ޒުވާންޖީލު ހުސް ކުށްވެރިންނަށްވެއްޖެ.
ސިންގަޕޯމަގުން ސީދާބެންކޮކަށް
05 October 2017
ގިނަ ކަންތައްތަށް ކުރަނީ އޮޅުމަކުން. މީ ވަރަށް އޮޅުން ބޮޅުން ބަޔެއް
ވަޅި
06 October 2017
ވަޅި ވެސް ހެރި މަރުވެފައިތިބިހާ މީހަކު މަރުވީ އޮޅުމުން
ބލކ ޑޓ
05 October 2017
އޮޅިގެންވިޔަސް ހަމަ ރަގަޅަށް ތިޔަހެދީ ކޮން ކުޑަކުއްޖެއް ކިޔާކަށް، ކުޑަކުދިން ވަށްކަމެއް ނުކުރާނެ، ސިކުނޑީގައި ތެތްކަން ހުރީމަދޯ ވަށްކަން ކުރާނީ... ބާލިޢުވީމަ އެ ބޮޑުވީ.. ކުޑަކުދިންނޭ ކިޔައިގެން ލުއި ދެމުން ދެމުން ގޮސް 18 ވާއިރު އިންނާނީ ކުށްކުރުމުން މާސްޓާސް ހަދާފަ، ދެން މިދުއްވައިގަންނަނީ ބޮޑެތި ޖަރީމާ ތަކާއި ދިމާއަށް، ޑިމޮކްރަސީއޭ މިކިޔާ އެއްޗެއް އައިފަހުން މިގައުމުގައި ކުށްކުރާ މީހާގެ ހައްގުތައް މާ ބޮޑީ އަނިޔާ ލިބޭ ފަރާތަށްވުރެ،
ޢެންއެމްއާރ
05 October 2017
މިވަރުގެ އޮޅުން އަރާނަމަ ޕީޖީ އިސްތިއުފާދޭން ވެއްޖެ
ތިއްތި
04 October 2017
އަހަރެންގެ ބާރު ނުހިގާތީ ހިގި ކަމެއް
އަތްފުނާ
04 October 2017
ގޯހެއްހެދުނީމަ ކުށަށް އިއުތިރާފުވެ ރަނގަޅުކޮށްފި.އިންސާނުންނަށް ގޯސްހެދޭނެ.އެކަމަކު އެ ކުއްޖާއަށް ވައްކަމުގެ ކުޑަބޮޑުމިނަށް ބަލާފައި ، އެކަށީގެންވާ އަދަބެއް ޖެހޭނީ ދޭން
ސާދާސީދާ
04 October 2017
ވަކިބަޔަކު ދޫކުރަންވެސް މިފަދަ މަޅިތައްޖަހާއުޅެތެވެ!
ހަސަން
04 October 2017
މިޤައުމުގައި ރިހެބް ކުރެވެނީ ހަމައެކަނީ ފަތް ، ހަކުރު ބޯމީހުން. ކުޑަކުދިން ބޮޑެތީ ކުއްވެރީންނާ އެކުގައި އެންމެ ރެއެއްވެސް ހޭދަ ކުރެވިގެން ނުވާނެ. ފުލުހުންނަށް އިލްތިމާސް ކުރަން ކުއްކުރާ ކުޑަކުދިން ވަކިން ގެން ގުޅެން. ހިތައްވެސް ނުގެނެވޭ އަސަރު އެކުދިންނަށް ކުރޭ. މިކަމާ ކަންބޮޑު ވާމީހަކު މިރާއްޖޭގައި އުޅޭބާ. އެއްވެސް ވަރަކަށް މިކަން ސާރވޭ ކުރެވިފައި ވޭތޯ.
ހުމާމް
04 October 2017
ތިހިރީއެންނު ކަންބޮޑުވާ މީހެއް.
ލަދު ކޮބާ
04 October 2017
ވައްކަން ވާނީ ވައްކަމަކަށް...18 އަހަރު ނުފުރޭތީ ކިޔާނެ ކަމެއް ނެތް....ދީނު ގަ އޮތް ގޮތަށް ހުކުމް ކުރޭ...
ވަރަށް ތާޢީދު
04 October 2017
ހަމަ ވަރަށް ރަގަޅަށް ތިވިދާޅުވީ، ވައްކަން ކުރުމުން ދޭންޖެހޭ އެންމެ ބޮޑު އަދަބު ދެވެންވާނެ