މިއަދު ވެއްޓުނު މޯލްޑިވިއަންގެ ސީޕްލޭން މޫދުން ނެގުމުގެ މަސައްކަތް މިރޭ ކުރަނީ.
04 އޮކްޓޯބަރ 2017 - 20:33
މިއަދު ހަވީރު އައި ގަދަކޮޅިގަނޑުގެ ތެރޭގައި، ހުޅުލެ އަށް ޖައްސަން އުޅެނިކޮށް ވެއްޓުނު، މޯލްޑިވިއަންގެ ސީޕްލޭން މޫދުން މިހާރު ނަގާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ މި ބޯޓު ވެއްޓުނީ އައި ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ އެެއް ފިޔަގަނޑު މޫދުގައި ޖެހި އަރިއަޅާލައިގެންނެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ބޯޓު ހެދުމަށްޓަކައި މިހާރު މޫދުން ނަގާފައިވާ ކަމަށާއި އެ އަށް ލިބިފައިވާ ގެއްލުމުގެ އަގު ވަޒަން ކުރަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެސެސްމަންޓްތައް ހެދުމަށް ފަހު އެއްޗެއް ދައްނަވަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
މިއަދު ވެއްޓުނު މޯލްޑިވިއަންގެ ސީޕްލޭން-- ފޮޓޯ: ކިޔުންތެރިއެއް
ހާރިސް ފާހަގަކުރެއްވި ގޮތުގައި މޫދަށް ޖައްސާ މި ބާވަތުގެ ބޯޓެއްގެ އަގު މާކެޓުގައި އުޅޭނީ 4.4 މިލިއަން ޑޮލަރާއި ފަސް މިލިއަން ޑޮލަރާ ދެމެދުގަ އެވެ.
މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ ޑޭޝް 6 ސީރީޒްގެ ބޯޓުތަކެވެ. އެއީ ކްރޫންނާއި ފަސިންޖަރުންނާ އެކު 18 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.
ނިޔާމަ ރިސޯޓުން ފުރައިގެން ގޮސް ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދުގެ ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ 18 މީހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެއީ 15 ފަސިންޖަރުންނާއި ތިން ކްރޫންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށް ވެ އެވެ. އެހާދިސާގައި މިހާހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އެ އިދާރާއިންނާއި އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމެޓީން މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަށް
05 October 2017
އެއޮތީ ވެއްޓުނު ބޯޓް ޑީޕް ބްލޫ ސީ ތެރޭގައި އޮތްވާ ނަގާފައެވެ. ދެން ތަމެން ރަންރީނދުލޭ މެން ކީއްކުރާނީ. ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނެއެވެ. މަހަށް ދޭބަލަ ދެން. މަހަށް ދޭބަލަ.
ރަދީފް
05 October 2017
މައި ކާނލޯ.
މާރލް
05 October 2017
ބޭރުން ކުއްޔަ ގެނެސް ދުއްވާ ބޯޓު ! ހާރިސް ވިދާލުވީ ރަގަޅު ވާހަކައެއް. ތިޔަ ބޯޓުގެ ގެއްލުމުގެ ބަދަލު ބޭރު މީހުންނަށް ދޭން އެގެނީ ބޭރު މީހުން އަިއސް ބަލާފަ. އެހެންވެ އެ އަށް ލިބިފައިވާ ގެއްލުމުގެ އަގު ވަޒަން ކުރަން އަދި އެނގިވަޑައިނުގަންނަވާނެ ނޫންތޯ.. އަދި ބޭރު މިހުންނަށް ދަރާ އޮތްވަރު އިނގޭނީ "އެސެސްމަންޓްތައް ހެދުމަށް ފަހު އެއްޗެއް ދައްނަވަން އެނގޭނީ،" އެހެން ޏުން ތޯ.
ޢަލީހަމީދު
05 October 2017
ބިލްހެނެކޭގެ ބޮލެއްހުރިނަމަ އަވަހައް މޯލްޑިވިއަނުން ސަލާމަތްވުން ބުއްދިވެރި އަނެއްކާ ތިޖެހުނީ ސާވިސްރިކަވަރ ގޮތުގަ އެތައްބައިވަރު އެއްޗެއް ރިސޯޓުން އެމީހުނައްދޭން މިހާރުވެސް ދައުލަތުން ބަހައްޓާފަހުރި އެމެރިކާގެ ޖާސޫސީ ބޯޑަރކޮންޓްރޯލުގެ ސަބަބުން ރަޝިޔާގެ މުއްސަނދިން ނާދޭ އެމެރިކާނުން ބޭނުންވަނީ އެމީހުންގެ ފައިސާކޮޅު އަތުލުން ރާއްޖެ މިކަމައް އެހީވުމުން މުޅިޓުވެރިޒަމްހަލާކު ޔާމިނު އިސްތިޔުފާ ވެރިކަމުން ފައިބާ ހަމަމިހާރު
އެސެސްމަންޓް
04 October 2017
5 މިލިއަނެއް ނޫން 10 މިލިއަނަށް ވެސް ބޯޓް ގަންނަވީ އަގު ބޮޑުކޮއް ޓިކެޓް ވިއްކައިގެން
ރިދަމް
04 October 2017
ކޮބާ ތަމެންނަށް ފެނޭތޭ އެއޮތީ ލާރޖް ކޮށް ކަނޑަށް ވެއްޓުނު ބޯޓް ކަނޑުގެ 100 މީޓަރު އަޑީގައި އޮތްވާ އެންމެ ގަޑިއެއް ހާ އިރު ގެ ތެރޭގައި ނަގާފައި ދޯ. ޖަސްޓް ކޫލްޑް ދޯ. މަމެން ޕިންކީން ލާރޖް ކޮށް ޖެއްސީމާ ބޯޓް ވެސް ކަނޑު އަޑިން ނެގީއޭ. މަމެން މީ ޕިންކީން ނޭ މަމެން ކުރާ ކަންކަން ކުރާނީ ވަރަށް ފެންވަރުގައޭ އަވަހަށް ލާރޖް ކޮށް ޖައްސާ ބޯޓް އިން ލޮނު ފުހެލައިގެން އިންޖީނު ސްޓާރޓް ކުރަން އުޅޭށޭ ކުދިންނޭ މާދަމާ ފްލައި ކުރެވޭތޯ ބަލަން. މަމެން މީ ހުރިހާ ކުދިންގެ ވެސް ހިތުގެ ރިދަމް ރިދަމް ރިދަމް ދޯ.
އޮފް މައި ހާޓް
04 October 2017
ތެޅެނީ ބެރަކު ތަޅާހެން
ރަދީފް
05 October 2017
ކަލޯ ކަލޭމެންގެ ޓީމް އޮތްކަން ރަޝިޔާއަށް 2000 ވަނަ އަހަރު އެނގުނުނަމަ ކިހާ ރަނގަޅުދޯ.އެހެންނަމަ ކާސްކް ސަބްމެރިން ކަނޑުގެ އަޑިން ނަގަން ތި ޓީމް ބޭނުންވާނީ އެންމެ 30 މިނިޓް ދޯ.ލަދުކޮބާ ކަލޭގެ.
ޅަރޫ
04 October 2017
މޯލްޑިވިއަން އިން ދަތުރު ކުރާން މިހާރު ބިރުގަނޭ. ވަރަށް ގިނަ ކަންތައްތައް އެނގޭތީ ބިރުގަންނަނީ.
ކައުންސެލަރު
04 October 2017
ހެޔޮކޮށްވަންޏާ ދުއްވަންތިބޭނީ "މޮޅު" ދިވެހިން.
ދެރަ
04 October 2017
ތިހާދިސާއާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތަކުން އިތުރު ސަރޗާރޖެއް ނުނަގައިފިއްޔާ ކިތައްމެހާވެސް ރަނގަޅު ސަބަބަކީ މިހާރުވެސް ގެއްލުމުގަ ހިންގާ ކުންފުންޏަކަށް ވެފަ އަހަރު ނިމޭ އިރު ކޮއްމެ މުވައްޒަފަކަށް ބޯނަސްދެވޭނީ އޭރުން
އަލިފުތާ
05 October 2017
އިންސުއަރެންސް ކޮށްފަނޫންތަ ބޯޓުތައް އޮޕްރޭޓްކުރަން ފަށަނީ... އިންސުއަރެންސް ނުނަގާ އިނިއްޔާމު އެއީ ބޮޑުގެއްލުމެއް... ނުނަގާ އިނިއްޔާމު އެތަނުގެވެރިން ވަޒީފާއިންވަކިކުރަންޖެހޭނެ ....