ކަސްޓަމްސް: ކަސްޓަމްސުން ބަދަލު ދޭންޖެހުނީ 12 އަހަރު ކުރިން ބޮންޑެޑް ވެއާ ހައުސެއް ބަންދުުކުރި މައްސަލާގައި--ފޮޓޯ/މިހާރު
10 އޮކްޓޯބަރ 2017 - 13:19
މީގެ 12 އަހަރު ކުރިން ބައެއް ބޮންޑެޑް ވެއާ ހައުސެއް ކަސްޓަމްސުން ބަންދުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ކަސްޓަމްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ 12 އަހަރު ކުރިން 2005 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ކުއްޔަށް ހިފާފައި ހުރި ބޮންޑެޑް ވެއާ ހައުސެއް މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ކަސްޓަމްސުން ބަންދުކޮށްފައި ބެހެއްޓި މައްސަލާގައި އެ ކުންފުނިން މިދިޔަ އަހަރު ދައުވާ ކުރުމުން ކަސްޓަމްސްގެ މައްޗަށް ކޯޓުން މިމަހުގެ ހަތަރު ވަނަ ދުވަހު ހުކުމްކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 691،000 އަށް ވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ބަދަލަކީ އެ ވެއާ ހައުސް ބަންދުކޮށްފައި ހުރި މުއްދަތުގައި، އެ ކުންފުނިން ރާއްޖެ އެތެރެކުރި މުދާ ވައްދާނެ ތަނެއް ނެތިގެން ޑެމެރޭޖްގެ ގޮތުގައި ޕޯޓްސް އޮތޯރިޓީއަށް އެ ކުންފުނިން ދެއްކި ފައިސާ އެވެ. އެ ފައިސާ އެ ކުންފުނިން ދައްކަން ޖެހުނީ ކަސްޓަމްސުން ގަވާއިދާ ޚިލާފަށް ވެއާ ހައުސް ބަންދު ކުރުމުން ކަމަށާއި އެހެންވެ އެ ގެއްލުމަކީ ކަސްޓަމްސުން ޒިންމާވާން ޖެހޭނެ ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ގާޒީ އަލީ އަބްދުﷲ ކުރެއްވި އެ ހުކުމުގައި ކަސްޓަމްސަށް އަންގާފައިވަނީ އެ ފައިސާ ހަ މަސް ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލާގައި ވަކީލުންގެ ފީ އާއި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި ލިބުނު ގެއްލުން ވެސް ކަސްޓަމްސްގެ ކިބައިން ނަގައިދޭން އެ ދައުވާގައި އެދިފައި ވިޔަސް ހުކުމުގައިވާ ގޮތުން އެކަންކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް ނެތުމުން އެ ބަދަލު ނަގައެއް ނުދެވޭނެ އެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
11 October 2017
ހަަމަ ސިވިލް ކޯޓުންދޯ މިއަހަރުދޯ ނިންމީ، އަމީން ކޮންސްޓްރަކްޝަން-އުރީދޫ ގެ ކޭސްވެސް،، އެކަމު، އެހާދުވަސް ފަހުން ކޯޓް ކޭސް އެއް ބިލްޑް ކުރުން ގަބޫލު ނުކުރެވެނެ ކަމަށް.... https://mihaaru.com/news/14166
އިބޫ
11 October 2017
ބައެއް ކޭސް ތަކުގައި އެބަ ބުނޭ މާ ފަހުްނ ދައުވާ ކުރީމާ އެއިގެ މަނަ އަކީ ގެއްލުމުގެ ބަދަލެއް ބޭނުްނނ ނުވާކަން ދޭހަ ކޮށްދެޔޭ
ގެގުރި
10 October 2017
2005 ގައި ހިގި ކަމެއް ދައުވާކުރީ 2016 ގައި. ވަރަށް ސަލާން