18 އޮކްޓޯބަރ 2017 - 07:13
މެންޗެސްޓާ (އޮކްޓޯބަރު 18) – މިހާތަނަށް އޭނާ ކުރިމަތިލި އެންމެ ވަރުގަދަ އެއް ޓީމަކީ ނަޕޯލީ ކަމަށާއި އެ ޓީމު އަތުން ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ 2-1 އިން މޮޅުވި މެޗުގައި ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މި ވަގުތު ޔޫރަޕުގައި އެންމެ ވަރުގަދަ އެޓޭކިން ފުޓްބޯޅައެއް ކުޅެމުން އަންނަ ދެ ޓީމުގެ މެދުގައި ރޭ މެންޗެސްޓާގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ރީތީ ކުޅުމެއް ފެނިގެން ދިޔަ އެވެ. އެގޮތުން ދެ ޓީމުން ވެސް ދިޔައީ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު މިނެޓާ ހަމައަށް ހައި ޕްރެސިން އެޓޭކްކުރަމުންނެވެ.
އެކަމަކު މެންޗެސްޓާ ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ރަހީމް ސްޓާލިން ޖެހިއިރު ދެ ވަނަ ލަނޑު 13 ވަނަ މިނެޓުގައި ޖެހީ ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ގެބްރިއަލް ޖީސަސް އެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ނަޕޯލީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑްރިއެސް މާޓިންސްގެ ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު އެޑެސަން މަތަކުރި އެވެ. އެކަމަކު 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަމަދޫ ޑިއަވާރާ ކާމިޔާބުކޮށް ތަފާތު ކުޑަކޮށްދިނެވެ. މެޗުގެ ފަހުކޮޅު ލީޑު ފުޅާކުރަން ސިޓީ އަށް އަދި ނަތީޖާ ހަމަހަމަކުރަން ނަޕޯލީ އަށް ވެސް ފުރުސަތު ލިބި ބޭކާރުވި އެވެ.
ރޭގެ މެޗުން ބަލިވުމަކީ، ފުރަތަމަ މެޗުން ޝަކްތާ ޑޮނެސްޓްކް އަތުން ބަލިވެފައިވާ ނަޕޯލީ އަށް ކުރިމަތިވި ބޮލުގެ ރިހުމެކެވެ. އެ ޓީމު އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ރޭ ފެޔަނޫޑް އަތުން 2-1 އިން މޮޅުވެ ޝަކްތާ ހަ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ސިޓީ އެވެ. ފެޔަނޫޑަށް ޕޮއިންޓެއް ނުލިބެ އެވެ.
"މިއަދު އަހަރެމެން މި މޮޅުވީ އާދަޔާހިލާފު ޓީމެއްގެ އަތުން. އަދި އެކަން ހާސިލްކުރުމަށް އާދަޔާހިލާފު ކުޅުމެއް ދައްކަން ޖެހޭ. އަހަރެމެން ވަރަށް މަތީ ފެންވަރެއްގައި ނުކުޅުނު ނަމަ މި މެޗުން އަހަރެމެން މޮޅެއް ނުވީސް،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ނަޕޯލީ އަކީ އޭނާ މިހާތަނަށް ވާދަކުރި އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި މި މޮޅާ މެދު އޭނާ އެހާ ބޮޑަށް ފަހުރުވެރިވަނީ އެހެންވެ ކަމަށެވެ.
"ވަރަށް ފުރިހަމަ. ރަނގަޅަށް ނުކުޅެ ނަޕޯލީ ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި އަހަރެމެން އެކަންކޮށްފިން. އެހެންވެ އަހަރެން އެހާ ބޮޑަށް އުފާވަނީ. މެޗުގެ ކުރިން ވެސް އަހަންނަށް އެނގޭ، އަދި މިހާރު ވެސް އަހަންނަށް އެކަން އެނގޭ. އެ ޓީމަކީ މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމުކަން އަހަންނަށް ވަރަށް ޔަގީން،" ގާޑިއޯލާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
18 October 2017
ރަދީފް ބްރޯ މިތާ ކޮމެންޓް ކޮށްފަ ހުރި ބައެއް މީހުން ދެކޭގޮތުގަ ނަޕޯލީ އަކީ ޔޫރަޕާއި އިޓަލީގެ ފުޓުބޯޅައިގެ ގަދަބާރެއް، އެހެން ނަމަވެސް ހަޤީގަތަކީ އެއެއްނޫން، ޔޫރަޕާއި އިޓަލީގެ ގަދަބާރުތައް ބެލެވޭ އިޓަލީ ޓީމުތަކަކީ ޔުވެންޓަސް، އޭސީ މިލާން. އިންޓަމިލާން އަދި ރޯމާ. ނަޕޯލީ އަކީ ޔޫރަޕުގެ ގަދަބާރެއް ކަމަށްވަންޏާ އިނގެރޭސިވިލާތުގެ ނޮޓިންހަމްފޮރެސްޓް، އެސްޓަން ވިލާ، ލީޑްސް ޔުނައިޓެޑް، ނިއުކާސަލް ޔުނައިޓެޑް، އަކީ ނަޕޯލީއަށްވުރެ ޔޫރަޕުގަ މާކާމިޔާބު ޓީމުތަކެއް، ނޮޓިންހަމްފޮރެސްޓް 2ފަހަރު ޗެމްޕިއަންސް ލީގު ނަގާފަވޭ އަދި އެސްޓަން ވިލާ، ލީޑްސް ޔުނައިޓެޑް، ނިއުކާސަލް ޔުނައިޓެޑް، އަކީ އެއްފަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތައް، ނަޕޯލީ އަށް ޔޫރަޕުގެ މުބާރާތަކަށް ކާމިޔާބުކުރެވުނީ ހަމައެކަނި ޔުއެއްފާކަޕް އެކަނި. =ޔުވެންޓަސް ފޭން=
އޭސީ މިލާން
19 October 2017
ހެހެ. ކުރިން ޔޫރަޕްގެ ގަދަބާރުތަކުގެ ވާހަކް ތިދަްކަނީ. ރަނގަޅު މިލާންގެ ދެކުލަަކީވެސް ކުރިން ޔޯރޮޕްގެ ގަދަ އަދި ކާމިޔާބު ޓީމްތަށް. އެކަމް މިހާރު އެއުޅެނީ ޔޫރޮޕްގެ އެންމެ ވަރިގަދަ ކުލަބް މުބާރާތަށް ކޮލިފަެއިވެސް ނުވެގެން. އެހަނަސް އެޔާ ހިލާފަށް ނަޕޯލީ އަންނަނީ ފަހަކަށް އައިސް ޔުއެފާ ޗެންޕިންސް ލީގު ބަރާބަރަށް ކުޅޭމުން. އަދި ތިބުނާ ގަދަ ޔުވެންޓަސް ގެ އަންބީޓެން ހޯމް ރަން މުގުރާ މިހާރު އިޓަލީ ލީގުގެ އެއްވަނައިގަ. ސޯ؟ ހެހެ
ނަޑޭ
18 October 2017
ބަލާހިތްވާ ކުޅުމެއް ފެނުނު ރީތި މެޗެއް.. ނޭވާ ހިފައްޓާލަންޖެހުނު ނަޕޯލީން ޕެނަލްޓީ ބޭރަށް ނުޖެހި ނަމަ އަދި ވަރަށް ވާންވީސްމެޗު
ހުންގާނު
18 October 2017
މިހާތަނަށް އޭނާ ކުރިމަތިލި އެންމެ ވަރުގަދަ އެއް ޓީމަކީ ނަޕޯލީ ކަމަށާއި އެ ޓީމު އަތުން ރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ 2-1 އިން މޮޅުވި މެޗުގައި ދެއްކީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ". ކީކޭދެން ބުނާނީ، ޔޫރަޕުގެ އާދައިގެ ޓީމެއް އަތުން ކިރިޔާ މޮޅުވެވުނީމަ ފޯރިއެއް އެބަހުއްޓެއްނު. ސިޓީން އެންމެ ކުޅުންތެރިއަކަށް ކުރިޚަރަދު މުޅި ނަޕޯލީގެ އެއްއަހަރުދުވަހުގެ ބަޖެޓާ އެއްވަރު. ބަޔަކަށް މީނަވަރުގެ ކޯޗެއް ނެތިގެން އުޅުނަސް މީނައަކީ މާމޮޅު ކޯޗެއް ނޫން. މިހާރު އަރައިގެން އުޅޭ ވައިގަނޑު ހިނދި ހަމަބިމަށް ތިރިވާކަށް މާގިނަ ދުވަހެއްނެތް
ގާޑިއާބެ
18 October 2017
މިހާރު ޔޫރަޕުގައޮތް އެންމެ ވަރުގަދަ އެއްޓީމަކީ ސިޓީ މީސައްކެއްވެސް އޮތްކަމެއްނޫން، ސިޓީ މިސީޒަނުގަ އެކުޅެނީ އާދަޔާހިލާފު މޮޅުކުޅުމެއް ގާޑިއޯލާ ބޭނުންވާ ކުޅުން..
ނީނާ
18 October 2017
ނަޕީލީއަކީ އާދައިގެ ޓީމެއް ނޫން ޔޫރަޕުގަވެސް މުއްސަނދި ތާރީހެއް އޮތް ބޮޑު ކުލަބެއް މަރަޑޯނާމެންފަދަ ލެޖެންޑުންގެ ކުލަބު. ޔުވެންޓަސް މިލާންގެ 2 ކުލަބު ރޯމާ ފަދަ ޓީމުތައް ފަހަތައް ޖައްސާލާފަ އިޓަލީ ލީގުގެ އެއްވަނައިގަ ހަމަޖެހިލައިގެން ނޯވެވޭނެ ކަޑަ އާދައިގެ ކުލަބެއްނަމަ. އެއީ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭކުލަބެއް.. ސިޓީއަށްވުރެއް ގިނަ ކާމިޔާބު އެކުލަބުން ހޯދައިވޭ ބައިނަލް އަޤުވާމީ އަލި ލޯކަލީވެސް. އެހެންވީމަ ގާޑިޔޯލާ ބުނާނެދޯ އެގޮތަށް
ރަދީފް
18 October 2017
ހުންގާނު.އިޓާލިއަން ލީގްގެ 1 ވަނަ މަގާމްގަ އޮވެ މިސީޒަނުގަ ނަޕޯލީ ދައްކަމުންދާ ވަރުގަދަ ކުޅުމާއި ދެކޮޅަށް ކުޅެ އެޓީމް ބަލިކުރެވުން އެއީ ލިބުނު ފަހުރެއްކަމަށް އެބުނަނީ.މިސީޒަނުގަ ނަޕޯލީ ފެންނަނީ ވަރަށް ވަރުގަދަކޮށް.ލީގްގަ މިހާތަނަށް ކުޅުނު 8 މެޗުން މޮޅުވެ ފައިދާ 21 ގޯލާއެކު އެއްވަނަ މަގާމްގަ ހިފަހައްޓަމުން އެދަނީ ގައިމު ފެންވަރު ހުރީމަ.ގާޑީއޯލާ އެއިޝާރާތްކުރަނީ އެހާލަތަށް.ހުންގާނު ބަޖެޓޭ ކޮމާންޑޭ ނުކިޔާ ފުރަތަމަ ވާނުވާ ބަލާފަ ކޮމެންޓްކޮއްބަލަ.ވ.ވެދުން.
ލަޒާނިޔާ
18 October 2017
ބޯޅަ ބަލާމީހުން ބޯޅަ ހަބަރުތަކަށް ކޮމެންޓް ކޮއްބަލަ. އަހަރެމެން ކޮމެންޓް ކިޔާމީހުންވެސް ހިއްހަމަޖެހެނީ އެގޮތް. މި ސީޒަންގަ ނަޕޯލީން އެދައްކަމުން ދާކުޅުން ބޯޅަދައްނަބަޔަކަށް އެނގޭނެ. ނަޕޯލީއަކީ މުސްހަނދި ތާރީހެއްއޮތް ވަރުގަދަ ކުލަބެއް. ސިޓީއަކީ ޔޫރަޕް ފުޓުބޯޅައަށް އަދި ހަގު ޓީމެއް. ހާލަތަށް ވިސްނާފަ ގާޑިއޯލާ އެހެން އެބުނަނީ. ވިސްނާފަ ކޮމެންޓް ކޮއްބަލަ
ލޯންސްޓަރ
18 October 2017
ހުންގާނު ކަލެއަށް އަދި ފުޓްބޯޅަ ނޭނގޭ.
ހުންގާނު ދޫނި
18 October 2017
ތިކަން ދައްކާލާނަން..... ????
ހނގނ ދނ
18 October 2017
މަށަށް ހީވަނީ ތަންކޮޅެއް ކުރީޒަމާނުގެ ހުންގާނެއް ހެން........ ???????
ހުންގާނު
18 October 2017
އިޓަލީއާ ޔޫރަޕުގަވެސް މުއްސަނދި ތާރީހެއް އޮތް ބޮޑު ކުލަބެއް ކަމަށް ބުނި އިރު މިހާތަނަށް ލިބިފަ އޮތީ އެންމެ ޔުއެއްފާކަޕްގަނޑެއް އެކަނި އެވެސް މަރަޑޯނާގެ މޮޅު ކުޅުމާއެކު 1989-1988 ސީޒަނުގަ، ދެން އިޓާލިއަން ސެރިއާ ކާމިޔާބު ކުރެވުނީ ދެފަހަރު. އެވެސް މަރަޑޯނާގެ މޮޅު ކުޅުމާއެކު 87-1986 އަދި 90-1989 ގަ. މަރަޑޯނާ ނަޕޯލީއާ ގުޅުމުގެ ކުރިން ނަޕޯލީ އަކަށް އިޓަލީގަވެސް އަދި ޔޫރަޕުގަވެސް ކާމިާބީއެއް ލިބިފައެއް ނެތް އަދި މަރޭ އެޓީމު ދޫކޮށްލިފަހުން އެއްފަހަރު އިޓަލިއަން ސުޕަ ކަޕް ކާމިޔާބު ކުރުން ފިޔަވާ މާބޮޑު ކާމިާބީއެއް ލިބިފައެއް ނެތް. ދެން ނަޕޯލީ ގަދަބާރަކަށް ވީގޮތެއް ބުނެދީބަލަ، މިސީޒަނުގަ ނަތީޖާ ކިތަމެ ރަނަޅުވިޔަސް ސީޒަން ނިމޭއިރު ވާގޮތްބަލަން ތިބޭ
ރަދީފް
18 October 2017
އެކުވެރި ހުންގާނާ.މިކަހަލަ ކަންތަކުގަ ރައްދު ދޭހިތެއްވެސް ނުވޭ.ނަމަވެސް ދެ ތިން އެއްޗެއް ބުނެލާނަން.މެންސިޓީ އުފެދުނީ 1880 ގަ ، ނަޕޯލީ އުފެދުނީ 1926 ގަ.ދެން ދެޓީމް ހޯދި ކާމިޔާބީތައް ބަލާބަލަ.ގާޑިއޯލާ ބުނެފަ އިން އެއްޗަކަށް ބަލައިގެން އާގިއުމެންޓަކަށް ދާނަމަ ނަޕޯލީގެ ސިޗުއޭޝަން އަދި ރޭގެ މެޗް ދޯ މެއިން ފެކްޓަރއަށް ބަލަންޖެހޭނީ.ނަޕޯލީ އަދި ގާޑިއޯލާއާއި ހުންގާނު ބްރޯ ތިހާވަރަށް ޖައްސާލައިގެން ތިއުޅެނީ ކީއްވެގެންތަ؟؟ <ޔުވެންޓަސް ފޭން>
ސިޓީ
19 October 2017
ހެހެ. ހަޖަމް ކޮށްލާ. މެންޔޫ ބަލިކޮށްކޮށް ގާޑިއޯލާ ފޫހިވެއްޖެ. ތަށިވެސް ނަގާނެ. އެންމެ މޮޅު ފާގަސަންވެސް ހުރީ އޭނަޔާ ކުޅެންވީމަ ތުރުތުރު އަޅައަޅާ. ގައިމު މޮޅުވީމަނު؟ އޭނަ ދިޔަފަހުން މެސީ ލައިގެންވެސް ބާސާ ހަމަޔަކަށް ނޭޅިގެން އުޅެނީ. އެއްކަލަ އަންޗޯލޯޓީ ބަޔާްން އިން ވަކޮކޮށްފި. އެކެމް ކޮންމެ މީހެއް ހުއްޓަސް ނެގޭ ލޯގެކޯ ކިޔާތީ އަޑު އަހަން، ހެހެ.