މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

8 ވަނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހުގެ 19 ގައި ބާއްވަނީ

އެވޯޑްސް އަށް ފިލްމްތައް ހުށަހަޅަން ދިން ސުންގަނޑި ހަމަވާނީ މި މަހުގެ 15 ގައި.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ހަފުލާ ބޭއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

08 ނޮވެމްބަރ 2017 - 06:39

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް އަންނަ މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އެވޯޑްސްގައި ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މި މަހުގެ އެއް ވަނަ ދުވަހު ހުޅުވާލައިފައިވާ އިރު، މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ކުރިން ގައުމީ ފިލްމް އެވޯޑްސްގެ ނަމުގައި ބާއްވަމުން އައި އެވޯޑް މި އަހަރުން ފެށިގެން ދިވެހި ފިލްމު އެވޯޑްސް އަށް ބަދަލުކޮށް ބާއްވަން ނިންމާފައިވާ އިރު، އެވޯޑްގެ ހަފުލާގެ ކަންކަން ކުރި އަށް ގެންދިއުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ޔޫތު މިނިސްޓްރީން ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއި ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ހަލީލް ވިދާޅުވީ އެވޯޑް ހަފުލާ ވަރަށް ފުރިހަމަކޮށް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އަންނަ މަހުގެ ނަވާރައިގައި ބާއްވާ ދިވެހި ފިލްމް އެވޯޑްސްގެ ހުރިހާ ކަމެއް ޕީއެސްއެމުން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވި އެވެ. "އޭގެ ތެރޭގައި އެވޯޑް ބާއްވާ ރަސްމިއްޔާތުގެ ސެޓުން ފެށިން އަދި އެހެނިހެން ކަންތައްތައް ވެސް، ލައިވް ކުރުން ވެސް، ޕްރޮމޯޓް ކުރުން ވެސް، އަދި މިއާ ގުޅުން ހުރި އިތުރު ވީޑިޔޯ އުފެއްދުމުގެ މަސައްކަތްތައް ވެސް އަޅުގަނޑުމެން އެންސީއޭއާ ގުޅިގެން ޕީއެސްއެމުން ކުރިއަށް ގެންދާނަން.''

މިނިސްޓަރު ވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮންމެ އަހަރަކު ވެސް ފިލްމް އެވޯޑްސް ބާއްވަމުން އަންނަކަން ފާހަގަ ކުރައްވައިފަ އެވެ. އިރުތިޝާމް ވިދާޅުވީ ދިވެހި ފަންނާނުންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އެވޯޑް ހޯދާ ބަޔަކަށް ހެދުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށާއި ފަންނާނު ކުރާ މަސައްކަތުގެ އަގު މި ސަރުކާރުން ވަރަށް ބޮޑަށް ވަޒަން ކުރައްވާ ކަމަށެވެ.

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ބާއްވަނީ 2014-2016 އަށް ރިލީޒްވި ފިލްމްތަކަށް ހާއްސަ ކޮށްގެންނެވެ. އެ މުއްދަތުގެ ތެރޭގައި 17 ފިލްމެއް ރިލީޒް ކޮށްފައިވެ އެވެ.

2014 ގައި ރިލީޒްވި ފިލްމްތައް:

1. ހުޅުދާން، 2. 24 ގަޑި އިރު، 3. އާދޭސް، 4. އިންސާނާ، 5. އަނިޔާ

2015 ގައި ރިލީޒްވި ފިލްމްތައް:

1. ރަންދަރި، 2. މިކޮއެ ބައްޕަ ބައޭބައޭ، 3. އެންމެ ފަހު ވިންދާ ޖެހެންދެން، 4. އަހްޝަމް

2016 ގައި ރިލީޒްވި ފިލްމްތައް:

1. އެ ރެއަށް ފަހު، 2. ނޭނގި ޔާރު ވަކިވީ، 3، ވާށޭ މަށާއެކީ، 4. ވަފާތެރި ކެހިވެރިޔާ، 5. ހާދަރު، 6. 4426، 7. ވީ ބޭވަފާ، 8. ބައިވެރިޔާ މިދިޔަ އަހަރު ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ބޭއްވީ 2011-2013 ގައި ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ. ޖުމްލަ 11 ފީޗާ ފިލްމް ވާދަކޮށްގެން މިދިޔަ އަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ މޫމިން ފުއާދުގެ "ލޫދިފާ" އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454