ޚަބަރު / ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކުޅި އަށް ފަސް އަޅަން ފަށައިފި

ކުޅުދުއްފުށީ ކުޅިއަށް ފަސް އަޅާފަ--

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް ހަދަން، އެރަށު މަށިކުޅިން ހިއްކާ ސަރަހައްދާއި ނުހިއްކާ ސަރަހައްދު ވަކިކުރަން ބަންޑު ވޯލް ޖަހަން ފަސް އަޅަން ފަށައިފި އެވެ.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރު ހިއްކަން ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީގެ ތިމާވެށީގެ ގޮތުން މުހިންމު ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން، ރަށުގެ ވަރަށް މަދު މީހަކު ނޫނީ، ތާއީދުކުރެ އެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި އުޅޭ ޖަމިއްޔާތަކާއި އާންމު ބައެއް މީހުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ކުޅީގެ އުތުރު ފަރާތުން މެދެއްހާ ހިސާބަށް ފަސް އަޅައި އަށް ފޫޓު ފުޅާމިނުގެ ބަންޑު ވޯލް ޖަހާފައިވާ ކަމަށެވެ.

ބަންޑު ވޯލަކީ ހިއްކާ ސަރަހައްދު ވަށައިގެން ލާ ވަގުތީ ތޮއްޓެކެވެ.

"ތިން ބައިކުޅަ އެއް ބަޔަށް ބަންޑު ވޯލް ޖަހައިފި. ކުޅީގެ މެދެއްހާ ހިސާބަށް ބަންޑުވޯލް ވަނީ އަޅާފައި މިހާރު،" ލަތީފު ވިދާޅުވި އެވެ.

މޫދުން ހިއްކާ ހަ ހެކްޓަރުގެ ސަރަހައްދުގައި ބަންޑު ވޯލް ޖަހައި ވަނީ ނިންމާފަ އެވެ.

ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ވަރަކަށް ހެކްޓަރުގެ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ކުޅުދުއްފުށީ ކުޅި އާއި ފަޅުން ބައެއް ހިއްކަނީ އެމްޓީސީސީގެ 35 މިލިއަން ޑޮލަރުގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ.

47 ކޮމެންޓް, 136 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 38%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑު ތިލަދުންމަތި

09 November 2017

ކިރިބާތީ މީހުން ކަނޑޫ ހައްދައި މެންގްރޫވް ނުވަތަ ކުޅި އާލާކޮށް ހިމާޔަތް ކުރަނީ ރައްތަކުގެ ހިމާޔަތަަކަށް. ދިވެހިން ޚާއްސަކޮށް ކުޅުދުއްފުށީ މީހުން ބަލާލަން ރަނގަޅު ޑޮކިއުމެންޓްރިއެއް https://www.youtube.com/watch?v=TZ0j6kr4ZJ0

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

09 November 2017

ކުޅުދުއްފުށީ މީހުންގެ ތެރެއިން ކިތައްމީހުންނަށް އިގެނީ ޙުލުލެއިން ފުރައިގެން ތ އަތޮޅު ތިމަރަ ފުއްޓަށް ދާންޖެހޭ މީހާ މޯލްޑިވިއަން ފްލައިޓް ގަ ފުރަތަމަ 450 ނޮޓިކަލް މޭލު ދަތުރެއް ކޮށް އީކްއޭޓަރ ހުރަސްކޮށް އައްޑޫ ގަމަށް ޖެއްސުމަށް ފަހުގަ ކަން ތިމަރަ ފުއްޓަށް ދަނީ ؟! ކޮންމެ ވެސް ވަރެއްގެ ފައިސާވެރި ބައެއް ކަމަށް ކުޅުދުއްފުށީ މީހުން ވީކަމުގައި ވިޔަސް މާލެ ކުޅުދުއްފުށި ޑެއިލީ ޝެޑިއުލް ފްލައިޓް ބޭއްވުމަކީ ނާދިރު ކަމެއް. ތިޔަ ހިއްކި ކުޅީގައި ސިޓީ ހޮޓަލެއް ތަރައްޤީ ކޮށް ރަށާއި އަތޮޅަށް ފައިސާ ލިބި ވަޒީފާ އުފެދޭނެ އަދި ރަށުމީހުން އަތުގައި ހުރި ލާރި ކޮޅު ބޭރަށް ނުގޮސް ރަށުގައި ހިފެހެއްޓޭނެ އިޤުތިސޯދެއް ހޯދުމަށް ހަނިމާދޫ އެއަރޕޯޓުން ސިލޯނަށް މޯލްޑިވިއަން ގައި ދަތުރު ފައްޓާ ދިނުމަށް ސަރުކާރަށް ދަންނަވާ އެއަރޕޯޓް ވިސްނުން ދޫކޮށްލާ ސިޓީ ހޮޓަލެއް ލިބިގަނޭ.

The name is already taken The name is available. Register?

ކުޅުދުއްފުށި

08 November 2017

ކީއްވެބާ ހއ ގަ އެއާޕޯޓެއް ނާޅަނީ؟ ރާއްޖޭގެ އެންމެ އުތުރުން ހދ ގަ ހަނިމާދޫ އަދި ކުޅުދުއްފުށީގަ އެއާޕޯޓު ހަދާއިރު ހއ މީހުން ފަސޭހައިން ދަތުރުފަތުރު ކުރަން ނުޖެހޭ ބަޔަކީތަ؟

The name is already taken The name is available. Register?

ޑިއްދޫ

08 November 2017

ހއ މީހުން މިއުޅެނީ ހދ އަތޮޅައް ބަދަލު ކޮއްލަން އޭރުން ތިހެން ވާކައް ނުޖެހޭނެ ބަދަލުވާން އެއްބަސްތަ

The name is already taken The name is available. Register?

ހަސަދު

08 November 2017

84 ގެ އިކޮނޮމިސްޓުން ނަކަށް ގުދުރަތީ ރީތިކަން އަގުކުރާކަށް ނޭގެނެ. މުޅި ދިވެހި ތިމާވެށި ހަލާކުވުމުގެ ކުރިން ސަލާމަތް ވެއްޖެއްޔާ ރަނގަޅު.

The name is already taken The name is available. Register?

ޖައްރާފު

08 November 2017

ނުވާނެ. ޖައްރާފު ކެންޕެއިނަށް ހުރިހާ ފަޅެއް ހިއްކާ ޕާޓީ ކުދިންނަށް ބަހާލާނެ. އޭރުން މަސްވެރިކަންވެސް ފުނޑޭނެހެން ހީވަނީ. ދެން މިއީ ދިވެހިން ބޭނުންވާ ގޮތް އަންފޯޗުނެޓްލީ.

The name is already taken The name is available. Register?

ދޮންމޫސަ

08 November 2017

ޖައްރާފުން އަދި ހޮޅިލައިން އަޅާތަނެއްވެސް ނުފެނެއެވެ. ބަޖެޓް ހުށެހެޅުންވެސް ކުއްލިގޮތަކަށް ލަސްވެއްޖެއެވެ. އަނެއްކާ ބަޖެޓްގަވެސް އެއަަރޕޯޓްގެ ވާހަކަ ނޭތީބާ ؟ އަނެއްކާ ފަރިވަޅު ކާލައިގެން ޖަލްސާ ބާއްވާފަ ޖައްރާފު ފިލަން އުޅެނީ ނޫންބާ ؟

The name is already taken The name is available. Register?

ދެރަ

08 November 2017

ހުވާ ވަރަށް ދެރަވެއްޖެ.

The name is already taken The name is available. Register?

ދުންމާރި0

08 November 2017

ކެނެރީ ކާމިނީ އަވާގައިޖެހި އަޅުބަލީގައި ހަފުސްވާ މީހުން ސަލާމަތްވާނީ ކިހިނެއް ހެދިއްޔާ؟ ރަށެއް ތިއޮއް ހަފުސްވަނީ އެދެބައި މީހުން ގުޅިގެން.

The name is already taken The name is available. Register?

ލާސްނައިޓުއަހުމަދު

08 November 2017

މަދިރިކުޅިޔައް ވައްސަލާމް ޖަމިއްޔާތައް ކީއްވެބާ ހާޖީމަގު ފުއްޓަރައް ކުނިއުކާފަ ވެލިހިފައިގެންދާ މީހުންނުހުއްޓުވަނީ އެއީތިމާވެއްޓެއްނޫންބާ

The name is already taken The name is available. Register?

ލޮކަބީ މުހަންމަދު

08 November 2017

އަހުމަދު ތިޔާބުނީ ރަނގަޅައް މިހާރުނޯވޭ މޫދައްވެސް އެރިލެވެން ކޮތަޅުތަކާ ނެޕީތަކާ ދަޅުތަކާ މުޅި ނެރުގަނޑު ފުރިފަ މަދިރިވެސް ގިނަވަނީ ދަޅުތަކާ އެއްޗެހީގަ ފެންހެދިފަވާތީ ތިޔަބުނާ ކުޅިޔެއް ވަރިހަމަ މިރަށުގަ ނެތަސް މިހުރިހާދުވަސް ވީއިރުވެސް ކުޅިއޮތް ވީކަމެއް ހަރާމް ޓުވެރިޒަމައް 50 އަހަރު ވެގެންދާއިރުވެސް ހދ އަތޮޅައްނެތް މިކަން ތައާއަފް ކުރެވިފަވެސް އަދިވެސް ކުޅިދޯ މުހިންމީ މިރަށު މީހަކައް މާމަ ކިޔާމީހަކުވެސް ތިޔަތާކުނެތް ދެންލަލަލާ މަރުހަބާ ޔާމީން.

The name is already taken The name is available. Register?

ކަޑިބޯ

08 November 2017

ތިޔާބުނީ ހަމަތެދެއް އަބަދުރަށުތެރެ މުޑުދާރު ކޮއްފަ އޮންނާތީ ވަރައްފޫހިވޭ

The name is already taken The name is available. Register?

ބިންދިބަކުރު

08 November 2017

އަހަންމަދާ ތިކަންހުއްޓުވާނެ ބަޔަކު މިއުޑުދަށަކު ނެތް ވަރައްމުޑުދާރު މިއުޅޭ ބައެއް އަންހެންވެރިން މުޅޯފުރެންދެން ޖެހުނު ކުންޏެއްއަޅއިގެން ގެންގޮސް މޫދައްއޮއްސާލާފަ ދަނީ ވަރައްކަޑަ ބައެއްމީހުން ތިމާވެއްޓައް ބަލއެއްބުލާ

The name is already taken The name is available. Register?

ކުކުޅޭ

08 November 2017

ކުކުޅު އޮޅުކޮށްގެން ކާންދީ ގެންގުޅޭމީހާ އެއަށް ފެންފޮދެއް ދޭން ބޮޑުތައްޓެއް ހިފައިގެން އަންނައިރަށް އޭތި ވަރަށް ލޯބިވާނެ. އެއަކަށް ނޭގޭނެ ހާއްސަކޮށް ފެންތައްޓެއް ހިފައިގެން މިއައީ އެ ދިނުމަށްފަހު ކަތިލަން ކަމެއް! ނޭނގޭމީހުން ވަރަށް ހެޕީވާނެ. ފަރިވަޅުވެސް ކައްކާނެ. ވެދުންވެސް ދޭނެ. އަތްމަތީ ގެންގުޅޭނެ ވަރަށް ލޯބިން.

The name is already taken The name is available. Register?

އަމޯ

08 November 2017

އަޅެފަހެ، ވަކިބަޔަކު ދެކެ ކިތަންމެ ވަރަކަށް ނަފްރަތު ވިޔަސްވެސް، ތިމާމެންގެ އަމިއްލަ ލުއިފަސޭހަ ކަމަށް ކުޑަކޮށް ނަމަވެސް ވިސްނާލާނަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454