12 ނޮވެމްބަރ 2017 - 23:38
ހދ. ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަށް 1500 ޓޫރިސްޓް އެނދާއެކު ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މި ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ހަ އަހަރު ފުރުން ފާހަގަ ކުރުމަށް "އުދުހޭ" ނަމުގައި ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީ ސަރަހައްދުގައި ޓޫރިޒަމަށް ތައްޔާރު ކުރާނެ ރަށްތަކާއި ބޮޑެތި ފަޅުތައް އެބަހުރި ކަމަށާއި އެގޮތުން 1000 ހެކްޓަރަށް ވުރެ ބޮޑު ފަޅަކާއި 700 ހެކްޓަރަށް ވުރެ ބޮޑު ފަޅެއް އޮތްއިރު ވަރަށް އަވަހަށް އެތަންތަން ޓޫރިޒަމަށް ތަރައްގީކުރާނެ ފަރާތްތަކެއް ހޯދުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.
"ރިސޯޓެއް ތަރައްގީ ކުރަން މިހާރު ދެ އަހަރެއް ބޭނުމެއް ނުވޭ. އެއް އަހަރު ތެރޭ ރިސޯޓް ތަރައްގީ ކުރެވޭ. ކުޅުދުއްފުށީ ސަރަހައްދަށް އެކަނި އަޅުގަނޑަށް މިހާރު ލިބިފައި ހުރި ތަފާސް ހިސާބްތަކަށް ބަލާއިރު 1500 އެނދު އެބަ އިތުރު ކުރެވޭ. ސީދާ ރިސޯޓުތަކުގެ ވަޒީފާތަކަށް ބަލާކަމުގައިވާނަމަ 400 ވަޒީފާ އުފެއްދޭ." މިހާރު ރިސޯޓެއް ނެތް ހދ. އަތޮޅަށް އަންނަ ތަރައްގީ ސިފަ ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެއީ ގާތްގަނޑަކަށް 200 މިލިއަންގެ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ "އެވަރުންވެސް ބޮނބި ފާކުރަންޖެހޭނެތޯ؟" އެވެ.
ހަނިމާދޫން ކުޅުދުއްފުއްޓަށް ވިއްސަކަށް މިނެޓުން ދެވޭއިރު ކުޅުދުއްފުއްޓަށް އެއާޕޯޓެއް މުހިންމުތޯ އުފައްދާ ސުވާލަށް ރައީސް ޔާމީން ޖަވާބް ދެއްވީ އެއާޕޯޓަކީ އިގްތިސާދުގެ މައިބަދައިގެ ގޮތުގައި ސިފަކުރައްވަ އެވެ. އަދި ހދ. ގެ އިތުރުން ށ. އަތޮޅަށްވެސް އެއާޕޯޓް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު އަންނަ އަހަރުގެ އޮގަސްޓް މަސް ނިމުމުގެ ކުރިން އެެއެއާޕޯޓަށް ފުލައިޓް ޖައްސާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބޮޑު ތިލަދުއްމައްޗަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު ސަރަހައްދަކަށް ވާއިރު ކުޅުދުއްފުއްޓަކީ އެސަރަހައްދުގެ ނާރެސް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާތުމަ
15 November 2017
އެއީ ގާތްގަނޑަކަށް 200 މިލިއަންގެ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ "އެވަރުންވެސް ބޮނބި ފާކުރަންޖެހޭނެތޯ؟" އެވެ. މިއީ ކުރި މަލާމާތެއްތަ؟
އަލިކޮއި
13 November 2017
އައްޑޫ ހިތަދޫގައި ހޮސްޕިޓަލް ތަރައްގީކުރާއިރު , ހިތަދޫ ގިނަމީހުން އުޅެނީ މާލޭގައި. ކުޅުދުއްފުށި މީހުން އުޅެނީ ރަށުގައި. ތި ހޮސްޕިޓަލް އަށް އެވަރަށް އިންވެސްޓްކުރުމުގެ ބަދަލުގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް އިންވެސްޓްކުރުން މުހިއްމު. 2 އަތޮޅުގެ ގިނަމީހުން އައިސްއުޅޭ ރަށަކަށްވެސް ވާތީ.
ކޮލެޖް ބޯއީ
13 November 2017
ބޮނބި ފާކުރާނެ ރޯނު ވަށަންޏާ. އެއަޕޯޓު މަތިމަތިން ހެދިއަސް ރޯނު ވަށާނެ. މިކަމެއް ނޭނގޭތޯ. ސަގާފީ އާދަކާދަ ހުށްޓުވަންތޯ ތި ވިސްނަވަނީ؟
އަހުމަދުބެ
13 November 2017
ހުރިހާ ފައިދާއެއް ސަރުކާރައް ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުވާނެއެވެ. ރިސޯޓުހަދަން މަސައްކަތެއްނުލިބެ އަދި ރަނގަޅުވަޒީފާއެއް ނުލިބެ އަސި ރިސޯޓް ސަޕްލައިވެސް ނުލިބެ ގިނަކަން ކަން ހުރީ ބިދޭސީންނަށެވެ ދެން ސަރުކާރައްދައްކަން ޖެހޭ އެއްޗެއް އެމީހުން ދައްކާނެއެވެ. ގާނޫނުގަ ބުނާގޮތައް ރިސޯޓުތަކުން ދިވެހީންނަށް ވަޒީފާވެސް ނުދެއެވެ..
ބޮޑު ތިލަދުންމަތި
13 November 2017
ރަޢީސް އަށް ދަންނވަންއޮތީ ހަދުމަފުޅު އެބަހުރިތޯ، 2013/2014 ގައި ވެސް ބޮޑު ތިލަދުންމަޓީގައި 15ރިސޯޓް ހަދާ މި ދައުރުގައި 2000 އެނދު ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި ހަދުމަ އެބަހުރިތޯ... ހަމަ ރިމަިއންޑް ކޮށްލަދިނީ....ވެދުން
ސާދާސީދާ
13 November 2017
އައްޑޫ އަށް ވެސް 3000 އެނދު އިތުރުވާނެ ކަމަށް 2013 ގައިވެސް ވިދާޅުވި. 500 ފްލެޓް އަޅުއްވާނެކަމަށް ވެސް ވިދާޅުވި. އެކަމަކު ވެރިކަމަށް 4 އަހަރުވީ އިރު އެންމެ އެނދެއްވެސް ނޭޅޭ. 2011 ގައި ނިންމާފައިހުރި ފުލެޓްތަކުގައި ޕިންކް ކުލަލުން ނޫން ކަމެއް ނުވޭ. ޕިންކް ކުލަ ލުންްތޯ ވަޢުދަކީ؟ އެހެންވެއްޖެއްޔާ ވަރަށް ފުރިހަމައަށް އެކަން އެބަކުރެވޭ! ތިރައީސަށް 2013 ގައި ވޯޓް ދެވުނީތީ ހިތާމަކުރަން.
މަހަށް
13 November 2017
ކުޅުދުއްފުށީ ގައި އެއާރޕޯރޓް އަޅާނަން ކުޅި ހިއްކައިގެން ނަމަވެސް. ޢެކަން ކުރާނަން މަމެން ޕިންކީން ތަމެން އޮބާ ބާއްވައިގެން ނަމަވެސް. 13 ޖަމްއިއްޔާ ޖެހުނީ މަހަށް ދާން ދޯ.
އަންމަޑޭ
13 November 2017
މަމެނިްތީ އެމްޑީޕީ ބައެކެވެ.
ޔާމިން
13 November 2017
ތިޔައްވުރެން ރަނގަޅައް އެނދުވިއްކާނެ އެލޯރާ އިންވެސް .
މެންޓަލިސްޓް
13 November 2017
މަނިކުފާނު ވިދާޅުވާ ތަފާސްހިސާބުގައި މިހާތަނަށް ހުރީ މައްސަލަޖެހިފައި ،،،، ސެޒްއިން ބިލިއަނުން ލިބޭނެކަމަށް މަނިކުފާނު ވެރިކަމަށް އެރީއްސުރެން ހިސާބުޖަހާލަޖަހާލަ ނޫންތޯ ތިޔަހުުންނަވަނީ ،،،، އަނެއްކާ އައިހެވަން ވެސް 10 ފަހަރަށް ފަށައިފީނޫންތޯ ؟؟؟ އަނެއްކާ މަނިކުފާނު ހިސާބު ޖަހަޖަހާހުއްޓާނޫންތޯ 1.2ބިލިއަން ރުފިޔާ ދައުލަތުގެ ތިޖޫރީން ގެއްލިގެންދިއައީ ،،، އެހެންވީމައި މަނިކުފާނު ދައްކަވާ ތިޔަޒާތުގެ އެއްވެސް ވާހަކައެއް ބުއްދިހަމަޖެހޭ މީހުން ގަބޫލްކުރުމަކީ ރަގަޅުކަމެށްނޫން ،،، ފެތުނުއޮޑީގެ ރިޔާދަށުވިޔަސް ކަނަކު އަތްދަށުވާށޭ މުސްކުޅިން ބުނެއުޅޭ ،،،، ވަރަށްވެދުން
ވިސްނާތި
13 November 2017
ހދ. ގައި 1500 އެނދު އިތުރު ކުރުމަށް ޓަކައި ހދ. ގައި ސްޕެޝަލީ ކުޅުދުއްފުށީ ގާތުގައި ހުރި ތިލަ ފަޅު ތަކާއި ގިރި ތައް ހިއްކާލާ އެ ފަޅު ތަކުގައި އެބަޖެހޭ ރިސޯރޓްސް ތަކާއި އަދި އިންޑަސްޓްރިއަލް ޕާރކްސް ތައް ތަރައްގީ ކުރަން. އާބާދީ ބޮޑު ނަމަވެސް އައްޑޫ އަކީ އެއީ ފިރިހެން ވަންތަ ޖެންޓުލްމެން ސްޓައިލްގެ މަސައްކަތް މަދުން ދަންނަ މީހުން ތިބި އަތޮޅަކަށް ވި ނަމަވެސް ކުޅުދުއްފުއްޓަކީ އެއީ ޖެންޓުލްމެން ސްޓައިލް ގެ މަސައްކަތް ކުރަން ދަންނަ ގިނަ އަދަދެއްގެ މީހުން ތިބި ރަށެކެވެ. ކަން މިހެން ހުރުމުން ކުޅުދުއްފުށީ ގާތުގައި އިންޑަސްޓްރިއަލް ޕާރކެއް ތަރައްގީ ކުރުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަން ޖެހޭނެ ކަމެކެވެ.