ޙުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: އިތުރު ގިނަ ފްލެޓްތަކެއް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
15 ނޮވެމްބަރ 2017 - 18:18
ހުޅުމާލޭން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށުމަށް މިރޭ ބޭއްވުމަށް ހަމަޖެއްސި ހަފުލާ އަންނަ ހުކުރު ދުވަހުގެ ރެ އަށް އެކަން ފަސްކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހުޅުމާލޭ ފޭސް-2 ގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް ރަސްމިއްޔާތު ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެ ރަސްމިއްޔާތު ފައްޓަވައި ދެއްވުމަށް ހަމަޖައްސާފައި އޮތީ ރައީސް އަބްދުﷲ ޔާމީނެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލައި، ގިނަ ބަޔަކަށް ވަނީ ދައުވަތު ފޮނުވައިފަ އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބޯހިޔާވަހިކަން ދޭ މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް މިހާތަނަށް ދޭ އެންމެ އުފާވެރި ޚަބަރެވެ. އަދި ރާއްޖޭގައި ފަށާ އެންމެ ބިޔަ މި މަޝްރޫއުގެ ދަށުންް، ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކަށް އޭގެ ފުރުސަތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން 14 ބުރީގެ 25 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމައިފަ އެވެ. އެކަމަކު 80،000 މީހުންގެ ތެރޭގައި، މި ހައުސިން ޔުނިޓްތައް ދޭ މީހުން ހިމެނޭ ކަމެއް އަދި ނޭނގެ އެވެ.
ސަރުކާރުން އަންނަނީ އެކި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެގޮތުން ފުލުހުންނާއި ސިފައިންނަށް ހާއްސަ ފްލެޓްތައް އަޅަން ފަށާފައިވާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފްލެޓް ދޭނެ ކަމަށް ބުނެފައި ވެ އެވެ. އަދި ކަސްޓަމްސް އާއި އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ މުވައްޒަފުންނަށް ފްލެޓް ދޭން ނިންމާފައިވާކަން އެނގިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
06 December 2017
ހައްހައްހައް.....
ހަސަން
16 November 2017
މީކިހާދެރަ ކަމެއް ... އެއްސަރަހައްދަކަށް މީހުން ޖަމާ ނުކޮއްބަލަ ... ރާއްޖެއަކީ މާލެ އާއި ހުޅުމާލެ އެކަނިތަ ... ރާއްޖެތެރޭގެ ހިތްގައިމު މޫދު ތަކާ ގޮނޑުދޮއްތަކަކީ ދިވެހިންގެ ތަންތަނެއް ނޫންތަ ...
ޙުސެން
16 November 2017
4 އަހަރު ވަންދެން ފަސްކުރީނު. ޢަދި 1 އަހަރު ފަސްކުރިޔަސް އޯކޭ.
6788
15 November 2017
ހުރިހަ މީހުން ފެލެޓް ކުރުމުގެ ކުރިން ތިމާ މީހާ ފްލެޓްވެދާނެ! މި ބުނީ ވެއްޓިދާނޭ. އެއީ ދުޢާއަކީވެސް
ކޮލެޖް ބޯއީ
15 November 2017
ބަލަ ރާއްޖެ އާދޭ ހުޅުމާލެ އަށް. ރާއްޖޭގެ ރައްތައް ރިސޯޓަށް
މެންޓަލިސްޓް
15 November 2017
ހަމަގައިމުވެސް ކުދިބަތް 80 ހާސްމީހުންނަށް ވާވަރަށް 1 އަހަރުތެރޭ ހެއްދިދާނެ ،،،، ނަމަވެސް 1 އަހަރުތެރޭ 80 ހާސްމީހުންނަށް ބޭނުންވާނެ ފްލެޓް ނޭޅޭނެ ،،، އެޅިދާނެގޮތެއްއެބައޮތް ،،، ދަގަޑުން ރާވާ ގެތަކެއްހަދާފައި ބަޔަކަށް ދެވިދާނެ ،،، އެފެކްޓްރީން މެނުފެކްޗަރކޮއްފައި ރާވާލީމައިނިމުނީ ،،،، އެކަމު ހަލާކުނުވެ ހުންނާނީ ކިހާދުވަހަކުކަމެށްނޭންގޭ ،،، މީހެއްގެ އެވްރެޖްއުމުރަކީ 60 ހަށް ބަލައިފިއްޔާމުން ،،، ތިޔަފްލެޓްތަށް ހަލާކުވާނެ 40 ހަކަށް އަހަރުން ،،،، ވަރަށްވެދުން
ހޯރަ
15 November 2017
ރާއްޖެތެރެ ފަޅު ކޮށްލުމުގެ މަސްރޫއެއްތީ
ޢަހުމަދު
16 November 2017
ކުދިންނޭ އެދައްކަނީ ޗަރުކޭސް. ޢެއަރޕޯޓޭ ކިޔާފަ އިހަށްދުހުވެސް ހިއްކަން ފެށުނީ ތިލަކުޅިއެއް. ޢެއަރޕޯޓް އަދި ވީ ހިސާބު ނޭނގޭ. ތިކުދިން ބޭގާނީ ޝާދީ ނުވޭ.