18 ނޮވެމްބަރ 2017 - 17:04
ފ. މަގޫދޫ ފަޅުތެރޭން ގިނަ އަދަދެއްގެ މުށި މަސް ހިފިތާ މާގިނަ ދުވަހެއް ނުވެ މިއަދު ފަޅުތެރެއަށް ވަތް ގިނަ އަދަދެއްގެ މުށިމަސް ރައްޔިތުން ނިކުމެ ހިފައިފި އެވެ.
މަގޫދޫ ކައުންސިލުން ބުނިގޮތުގައި މިއަދު ހެނދުނު 6:30 އިރު ރަށުގެ ފަޅުތެރެއަށް ވަން މި މުށިމަސްތައް ހިފީ ދާ ޖަހައިގެންނެވެ. މިއީ މި އަހަރު މަގޫދޫ ފަޅުތެރޭން މިގޮތަށް މަސް ހިފި ތިން ވަނަ ފަހަރެވެ. މިއަދު 55،000 މުށިމަސް ހިފި އެވެ.
މީގެ ދެތިން މަސް ކުރިން އެ ރަށު ފަޅުތެރޭން 27،000 މުށި މަސް ހިފި އިރު، މިދިޔަ ހަފުތާގައި ވެސް ވަނީ ބޮޑު މުށިމަސް އައިނެއް ފަޅުތެރެއަށް ވަދެފަ އެވެ. އެކަމަކު ރައްޔިތުން އެއްލި ދަލުގައި އެއްވެސް މަހެއް އެ ފަހަރަކު ނުޖެހުނެވެ.
މަގޫދޫ ކައުންސިލް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވި ގޮތުގައި އާއްމުގޮތެއްގައި އެގޮތަށް ހިފާ މަސް ބަހާނީ މަސް ހިފަން މޫދަށް އެރޭ މީހުންނަށް ހަތަރުބައިކުޅަ ތިން ބައި ލިބޭ ގޮތަށެވެ. އަދި ބާކީ ބައި ރަށުގެ އެހެން ރައްޔިތުންނަށް ދޭން ޖެހެ އެވެ. އެގޮތުގެ މަތިން މި ފަހަރު ވެސް މަސް ހިފުމުގައި ބައިވެރިވި ކޮންމެ މީހަކަށް 200 މަސް ލިބުނު އިރު، ރަށުގެ ކޮންމެ ގެއަކަށް 15 މަސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރަށުގެ ފަޅުތެރެއަށް މިގޮތަށް ރާގޮނޑި މަސް އައިންތައް ވެސް ވަރަށް ގިނައިން ވަދޭ. މިއީ ﷲ އަޅުގަނޑުމެންނަށް ދެއްވާ ރިޒުގެއް ކަމަށް ދެކެނީ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިކުމެ، މިގޮތަށް މަސް ހިފުމުގައި ބައިވެރިވުމަކީ ރަށުގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މީގެ ދެތިން އަހަރު ކުރިން މަގޫދޫ ފަޅުތެރެއަށް 72،000އަށް ވުރެ ގިނަ މުށި މަސް ވަނީ ވަދެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެދުބުނަން
20 November 2017
ކޮންމެ މީހަކު މީ އިސްރާފޭ، ދޮށި ހިފައިގެން ނުކުމެ މަސް ބާނާށޭ ބުނަނީ ކީއްވެބާ! ދޮށި ހިފައިގެން ނިކުމެ ކޮންމެ ދުވަހަކު މަސް ހިފަން ކޮންމެ ގެޔަކު މިީހުން ތިބޭނެބާ! މީ ރަށްފުށުގެ ދިރިއުޅުން. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން. އެއްބައިވަންތަކަން.
ނާބެ
20 November 2017
ހުރިހައި އެއްޗެހި އެއްފަހަރާ ކާލަން ވެގެންދޯ!
ގަމާރު
20 November 2017
ރަށުގެ ރައްޔިތުން ހިފާ ހައްޔަރު ކުރަންޖެހޭނެ. ލޮލް
ކަމުން
20 November 2017
ދާ ޖެހުމަކީ މަނާ ކަމެއްނޫންތަ؟
ކަމުންކަމުން
20 November 2017
މާނާ ވާ ވަކި ބާވަތެއް ވޭ. އެކޮއި ރަނގަޅަށް އޮޅުން ފިލުވާލަންވީނު ދޯ!
ަސދަސދަސދަ
19 November 2017
ބޭކާރު. ހެޔޮނުވާނެ ތިހެން ތިކން ކުރަން. ﷲ ދެއްވި ރިޒްގް ބަލައިގަންނަން ޖެހޭނީ ޝުކުރުވެރިކމަާއި އެކު. އިސްރާފް ކުރުމަކީ ހުއްދަކަމެއްނޫން
މަރިޔަމްފ
22 November 2017
ބޭކާރު ވަނީ ލިބޭ މީހުނަށް. މުއްސަނދިންނަށް. އަހަރުމެން ކަހަލަ މަސް ކޮޅެއް ނުލިބޭ ބަޔަކަށް މީ ހަމަ ރޯދި ބަރަކާތް. މީ އަހަރުމެން އެއް އަހަރު ދުވަހު ކާނެ ރިހާކުރު މަސްމިރުސް އަދި ހިއްކައިގެން އެތައް ދުވަހަކު ބޭނުން ކުރެވޭނެ މަސް. އަލްހަމްދުލިﷲ ޝުކުރު
ސަރާ
19 November 2017
ދެން އުފާކޮށްލަން މަސްތައް ވަތް ހާއިރުން ހަމަ އެއްވެސް ހަމަ އެއް ލަމަ އެއް ނެތި ދާޖަހައިގެން ހިފާލީމަ މާކަ ރީއްޗެއް ނޫން. ދޮށިން ބޭނިނަމަ ތިޔަހެން އިސްރާފެއް ނުވާނެ. ބޭނުންވާ ވަރަށް ބޭނޭނެ ގިނަ ދުވަހު މަސްތައް އުޅޭނެ.
ބޮޑުމަސް
20 November 2017
ކީއްވެ އިސްރާފޭ ތޮކިޔަނީ؟ ތި ގެޔަށް ގަނެގެން ގެންނަ މަސްދަޅު ކޭސް ފަދަ ތަކެތި ނުކައި އުކާލަނީތަ؟ ޖޭ ވިޔަސް ބޮޑުވަރު. ރަނގަޅަށް ފޮޓޯއަށް ބެލިނަމަވެސް އިނގޭނެ ކުދި މަސްތަކެއްކަން. އެ ކައްކާލީމަ އިންނާނީ ވ ކުޑަ މިންވަރެއް. 2މަސް ދުވަސް ތެރޭގައި އެކައި ހުސްވާނެ އިނގޭތޯ ބޭފުޅާ
ދޮނާ
19 November 2017
މި ޖީލުގެ މީހުންނަށް "ރަންބިސް އަޅާ އަސްދޫނީގެ ވާހަކަ" ކިޔައިދޭންވީ........
ދޮންދޮނާ
20 November 2017
ތީ ނޭގޭ ވާހަކަ އެއްނޫން. މަގޫދޫ ފަޅަށް ވަންނަނީ އެންމެ ރަންބިސް އަޅާ ކުކުޅެއް ނޫނޭ އެކޮއި ދޮނާ. ހަމަ ފުލުފުލުގައި ހުސް ކުކުޅު. މާތް ﷲ މަގޫދޫ ފަޅަށް ވަންނަ މަސް ގިނަ ކުރައްވާން ދޭވެ. އާމީން
މުށިމަސް
19 November 2017
ދާޖެހުމުގަި ބަިވެރިވި އެންމެނާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލަން. 15 އަހަރުގެ ޖަލުހުކުމެއް.
ވަރަށްވާހަކަ
20 November 2017
ބަލަ ތި މީހުން ތި ހީކުރަނި މަގޫދޫގައި ތިބެނީ އެއްވެސް ތަނެއް ދޮރެއް ނުދަންނަ ބައެއް ކަމަށްތަ؟ ހިސާބަށްވުރެ ބޮޑަށް ހަސަދަވެރި ވަންޏާ ތަންދޮރު އޮޅޭނީ އަމިއްލަ މީހާއަށް.
އަހަންމާ
19 November 2017
މަށަށް ހީވަނީ ތިހިފަން ކުރި މަސައްކަތަށްވުރެން ގުނަން ކުރި މަސައްކަތް އުނދަގޫވާނެހެން. މޮޔަކަމުގެ ހައްދެއްނެތް. ތިޔަގޮތަށް ހިފުމަކީބެސް ހަމަ މޮޔަކަމެއް
ނޭނގެ
20 November 2017
މޮޔަ ކަމަކަށް ވީ ސަބަބަކީ ކޮބާބާ؟
މިސިންގް
19 November 2017
މަގޫދޫ ފަޅުތެރެެއިން 55 ހާސް ރިންމަސް ހިފައިގެން ކައިނެގުމުން އެވަނީ ރާއްޖެތެރެ މީހުން ރާއްޖެތެރެ އިން ދަ ރާއްޖެތެރެ އަށް ބަދަލުވެފައޭ މަމެން ބުނަން ނެތީމު ދޯ. ވަން ސެންސް މިސިންގްތޭ.