މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
19 ނޮވެމްބަރ 2017 - 13:34
ގައުމު ދެކެ ލޯބިވާ، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ އަދި އެކަކު އަނެކަކަށް އިހްތިރާމް ކުރާ ރައްޔިތުންތަކަކަށް ވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ފާހަގަ ކުރާ ރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގެ ވެސް ގައުމީ ދުވަހަކީ، އެ ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ގިނަގުނަ ގައުމީ ޝުއޫރުތަކެއް އާވެ އާލާވެގެން އަންނަ ދުވަހެއް ކަމަށެވެ. މިއަދަކީ ގައުމާއި ގައުމުގެ ކުރިމަގާ މެދު އާ އުއްމީދުތަކެއް ކުރަން ޖެހޭ ދުވަހެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ ދީނާއި ގައުމިއްޔަތުގެ ދިފާއުގައި ބޭރުގެ އިސްތިއުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި ހޯއްދެވި ނަސްރާއި ކާމިޔާބީއަކީ ދިވެހިންގެ ގައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަސްރަކާއި ކާމިޔާބީއެއްކަން ރައީސް ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެއީ، ދިވެހި ދަރީންގެ ހިތްތަކުގައި ކުލުނާއި ލޯބި އުފެދިފައި އޮތް މިންވަރު ބަޔާން ކޮށްދިން އިބުރަތްތެރި ހާދިސާއެއް ހިނގައިދިޔަ ދުވަހެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަދުގެ އަޒުމަކީ ދިވެހި ގައުމު މިހާރު ދެކެމުން މިދާ ތަރައްގީގެ މަޝްރޫއުތައް، ހުއްޓުމެއް ނެތި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި މާޒީގައި ގައުމަށް ކުރިމަތިވެފައިވާ ހިތާމަ އާއި ހިތްދަތިކަމުން ފުރިގެންވީ ދުވަސްތައް އަލުން ގައުމަށް، ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޓޭން
07 March 2018
ޚާއިނުންނާއި ގައްދާރުން އަދި އަނިޔާވެރިންނަކީ ކޮންބައެއްކަން އިގޭ! އެފަދަމީހުންނައް ނަފުރަތުކުރަން!
މާކަނާ
20 November 2017
އަސްތާ. ގައުމުދެކެ ލޯބިވަނީ މަނިކުފާނާ ބައި އަޅާ ބޭފުޅުންކޮޅު
އާމިނަ
20 November 2017
އެއްކޮޓަރި އެޕާޓްމެންޓުގައި މިދައްކާ "ހޯޕް" ފެންނާނެތޯ؟ ދެމަފިރިންނަށް ދަރިންނާއިއެކީ ކިހިނެއްތޯ ދިރިއުޅުމެއް ބިނާ ކުރާނި ގޮޅި ތަކުގައި؟
ސައީދު ޢަބޫބަކުރު
20 November 2017
ގައުމުދެކެ ލޯބިޥަލެއް ބޮޑުކަމުންތާ ވެރިން ނައް ފާޑުކިޔަނީ
އޭނަ މީނަ އައްޑޫ ސިޓީ
20 November 2017
ޤައުމުގެ މުހިއްމު ބިނާތަކާއި އާސާރުތަކުގެ ވަސް ވެސް ފޮހެލާ ސުންފާތިކޮށް ޤާނޫނު އާއި ޚިލާފް އެތައް އެތައް ޖަރީމާތަކެއް ހިންގަމުން އެހެން މީހުން ކާރި މިބުނަނީ ޤައުމު ދެކެލޯބިވާށޭ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާށޭ. އަޅެފަހެ ޤާނޫނާއި ޤައުމަކީ މިބޭފުޅާތަ؟.
ރަބަރު
20 November 2017
މާނަ ގެ ނަމުން ކޮމެންޓްކުރި ފަރާތް އެބުނީ ތެދެކެވެ. ހީއެއް ނޫނެވެ. ޔަގީން ކަށަވަރެވެ. މިގައުމުގެ %99 މީހުން ގައުމުދެކެ ލޯބިވެއެވެ. ގައުމުދެކެ ލޯބިނުވަނީ ހަމަ މިކަހަލަ ވެރިންނެވެ.
މަައިތިރިވާ ސިރިސޭނާ
20 November 2017
ގައުމު ދެކެ ވާލޯތްބަކީ މީހަކު ބުނެގެން ވާއެއްޗެއްނޫން ގައުމްދެކް ލޯބިވޭ!!!!
ނަންނުގަތި
20 November 2017
ކީކޭބާ ..މިކިޔަނީ
މާނަ
19 November 2017
އަޅުގަނޑަށް ހީވާގޮތުގައި ދިވެހި ހުރިހާ ރައިއްޔަތުންވެސް ގައުމުދެކެ ލޯބިވާނެއެވެ. ގިނަބަޔަކު ރައީސް ޔާމީން ދެކެލޯބި ނުވުމަކީ އެބަޔަކު ގައުމުދެކެ ލޯބި ނުވުމެއް ނޫނެވެ،
މޮހޮރު
19 November 2017
ގައުމްދެކެ އަޅުގަނޑު ވ ލޯބިވޭ..ނަމަވެސް މަނިކްޕާނަށް ވ ނަފްރަތުކުރަން.