އެމްޑީޕީން ބޭއްވި މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ޕާޓީގެ 11 ވަނަ އަހަރީ ދުވަހާ ދިމާކޮށް އަންނަ ހޯމަދުވަހުގެ ރޭ މާލޭގައި ހިނގާލުން ނުބޭއްވޭނެކަން ފުލުހުން ވަނީ އަންގާފައި. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)
08 ޖުލައި 2016 - 16:06
އިދިކޮޅު އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އަންނަ ހޯމަދުވަހުގެ ރޭ މާލޭގައި ހިނގާލުމެއް ބާއްވަން އެ ޕާޓީން ރަސްމީކޮށް ފުލުހުންނަށް އަންގާފައިވީ ނަމަވެސް، އެ ހަރަކާތަށް ހުއްދަ ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހު މާލޭގެ މަގުތަކުގައި، އެމްޑީޕީން ހިނގާލުމެއް ބޭއްވުމަށާއި އަދި ހިނގާލުން ކުރިޔަށްދާ ވަގުތު ބައެއް ސަރަހައްދު ތަކުގައި ޝުއޫރު ފާޅުކުރަން ބޭނުންވާ ކަމަށް އެ ޕާޓީން އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީއާ މަޝްވަރާ ކުރުމަށް އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ އަހަރީ ދުވަހުގެ ހިނގާލުން ނުބޭއްވޭނެކަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހިނގާލުން ބާއްވަން އެމްޑީޕީން ނިންމާފައި ވަނީ ހޯމަދުވަހުގެ ރޭ 9:00 އިން ދަންވަރު 12:00 އަށެވެ.
ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ބުނީ "ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ހުށަހެޅެމުން ދާތީ މަގުމަތީގައި ސިޔާސީ ޙަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭން" ނިންމާފައިވާ ކަން އެމްޑީޕީ އަށް އަންގާފައިވާ ކަމަށެވެ.
"އެހެންވީމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދިފައިވާ ގޮތަށް 2016 ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ން 00:00 އަށް މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭނެ ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނިންމުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތެއް ހުއްޓުވާނެކަން ވެސް މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިއަށް އަންގާފައެވެ،" ފުލުހުން ބުންޏެވެ.
އެއްވެ އުޅުމަކީ ގާނޫނުއަސާސީ އަދި އެއްވެ އުޅުމުގެ ގާނޫނުން ލިބިދޭ ހައްގެއް ކަމުގައި ވިޔަސް ފުލުހުން ފަހަކަށް އައިސް އެ ފުރުސަތެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލޯ
09 July 2016
ގަޓެއް ނެތްކަން ތިއިގެނީ
ބޭޝަރަމް
09 July 2016
ދެއިރު ދެ ދަޅަޔަށް ކާ ބޭހެއް ހެން މަގު ބަންދު ކުރީމާ ވެސް އާންމުންގެ ޝަކުވާ އާދޭ އިނގޭތޯ!! ގެދޮރު އިމާރާތްކުރަން މަގު ބަންދު ކުރީމާވެސް ޝަކުވާ އަންނާނެ! މިހާރުއްސުރެ އެމީހުން ދާ މަގުތައް ކަނޑައަޅައި އެންގުމުން މީހުން އެ މަގުތައް ބޭނުމެއް ނުކުރާނެ!!
ގައްޔޭ
09 July 2016
އެއް އިރެއްގަވެސް އެމްޑިޕީން ހިނގާލުން ބާއްވަނީ އެކަމަށް ފުލުހުން މަރުޙަބާ ކިޔައިގެނެއްނޫން. ޤާނޫނު އަސާސީން ދީފަ އޮންނަ ހުއްދައެއް ފުލުހުން ދޭކަށްވެސް ނުޖެހެ. ހިގާލުން އޮންނާނެ. އިން ޝާ ﷲ.
ސަފަރޭ
09 July 2016
ބަލަ މިހާރު އޮޅިއްޖެ ސިފައިންނަކަށް ނޭންގޭނެ މަގުމަތީ ސިޔާސީ ހަރަކާތް ނުހިންގާކައް މަގުމަތީ ސިޔާސީ ހަރަކާތް ހިންގާ މީހުނައް އެހެން ފަރާތެއްގެ އުންދަގުލެއް ފޯރާތޯ ބަލަހައްޓަން މުސާރަ ދީފަ ތި ތިބެނީ... ސިފައިން ގާނޫނުން ލިބިގެން ވާ ހައްގުތައް ފޭރެން ނޫޅޭ ، ރައްޔަތުން ވެރިޔަކު އިންތިހާބު ކުރިޔަސް މި ސިފައިން ބަގާވަތް ވެސް ކުރަނީ ދެން އެވަރުން ނުވެގެން އަދި މީހުން ގެ އަޑުކަންޑުވާލަން އެބަ އުޅެޔެއްނު، މަ ސޫރު ފާޅުކޮއް ހިންގާލަން ފުލުހުންގެ ކިބައިން ހުއްދަ ނަގާކައް ނުޖެހޭނެ، ގަޑިޔައް ނިކުންނާނަން ގާނޫނާ ހިލާފައް ހުއްޓްވަން އުޅުނަކަސް ނުހުއްޓޭނެ.
އަލިފުތު
09 July 2016
މާލޭގެ މަގުމަތީގައި މުޒާހަރާ އާއި ހިގާލުން އަދި އެއްވުން ބޭއްވުމުން ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް އުދަގޫވޭ. ވިޔަފާރިވެރިންގެ ވިޔަފާރި ހުއްޓޭ. އިޖްތިމާއީ އަދަބުތައް ގެއްލޭ. އަދަބާއި އަޚްލާގު އަދި ސްލޫކު ނުހިފެހެއްޓޭ ވަރަށްގިނަ ކަންތައްތައް ދިމާވޭ. ވީމާ ފުލުހުންގެ އަމުރަކީ ރަގަނޅު އަދި ބިނާކުރުވަނިވި އަމުރެއް. ތެދުތެދަށް ދަންނަވާކަމަށްވަންޏާ އެފިޔަވަޅުގެ ސަބަބުން ފައިދާކުރާނީ އެމް ޑީ ޕީ އަށް.
ބޯދާ
09 July 2016
އަލިފުތަށް އަދި ނުވިސްނެނީ..
އަނދުޅޭ
10 July 2016
ބުރޯ ބުރޯ ގެ ދަރިން ގެ ހައްގުގަ މަސައްކަތް ކުރާބައެއް އެމް.ޑީ.ޕީ އަކީ، އެބޭފުޅުންނަކީ މިޤައުމުގެ ހައްޤުގަ އަޑުއުފުލަން ކެރޭ ހަމައެކަނި ޤާނޫނީ ޝަހުސަކީ...ސަލާމް
އަހުމަދު ޒާހިރު
09 July 2016
ޤާނޫން އަސާސީން ލިބިދީފައިވާ އަސާސީ ހައްޤެއް އެއްވެސް މުއައްސަސާއަކަށް ނިގުޅައެއް ނުގަނެވޭނެ. ބޭނުން ހާގޮތެއް ހަދަން ރުހިގެން މިހާރު ނުތިބޭނަން. ވެރިކަމަކީ ދިވެހި އެންމެހާ ރައްޔިތުންގެ ވެރިކަމެއް. ހަމަ ކޮންެ މީހަކަށްމެ އެ ވެރިކަމަށް ތައުރީފުކުރުމުގެ ނުވަތަ ފާޑުކިއައި ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވޭ. އަދި އެއީ އަހަރެމެން ރައްޔިތުން ވެރިން މަގުން ހަމަމަގުން އެއްކިބާވުމުން ދުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭން ކަމެއްވެސްމެ. ޝުޢޫރުތަކާ އަޑުތައް އިވި ރައްޔިތުންގެ އަގުލަބިއްޔަތު އޮތް ނެތް މިންވަރު ސަރުކާރަށް އެންގުމަކީ ވެރިކަމުގެ ގާނޫނީ ހުއްޖަތު ސަރުކާރަށް ތަޞައްވަރު ކުރެވި ކަންކަން އިސްލާޙުގެ މަގުން ކުރިއަށް ގެންދިއުމަށްވެސް މަޖުބޫރު ވާނެކަމެއް ކަން ޔަޤީން.
މުއާޒް އަލީ
09 July 2016
މައުމޫނުގެ ރަން 30 އަހަރު މާރަގަޅޭ މީހުން މިކިޔަނީ ކީއްވެކަން މިހާރު އެބަ ސާފުވޭ
ސަލީމް
09 July 2016
ތި ހުރިހާ އެއްޗެކޭވެސް ތިކިޔަނީ ހަމަ ކަލޭމެން. ކަލޭމެނަކަށް ނޭންގެ ކިޔޭ ނުކިޔޭއެއްވެސް. ކުރިން މައުމޫނު ކަޑަ. މިހާރު އެވަރެއް ނެތް. ކިތަންމެ ވަރަކަށް ކޯލިސަން ހެދިޔަސް ތިޔަބައިމީހުން ދެން މި ރާއްޖޭގައި ވެރިކަން ކުރުން ހަނދާން ނައްތާލާ. އެކަމެއް ނުވާނެ
ޝާހީ
09 July 2016
އެއްވެ އުޅުމުގެ ހައްގު ލިބިފައި އޮތުމަކީ ވިޔަފާރިތަކުގެ ހައްގާއި ޓެކްސީކުރާމީހުންގެ ހައްގާއި މަގުތަކުގައި ހިނގާބިގާވެ އުޅޭމީހުންގެ ހައްގާއި ގޭގައި އަރާމުކުރުމާއި ނިދިލިބިގަތުމަށް މުސްކުޅިންނާއި ކުޑަކުދިންވެސް ހިމެނޭގޮތުން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގުތައް ގެއްލޭގޮތަށް އެހައްގު ބޭނުންކުރުމެއްނޫން.
ހުދުވާ..
09 July 2016
މިވަރުން ދަންޏާ ޒެޑް ޕީޕީ އެމް ނިކުމެ މި ސަރުކާރު ސައިޒު ކުރާނެ.. އެހެން ނޫނީ 2018 އުމަރު ނަސީރު ޖެހޭނީ ވަރަށް އަވަހަށް ޖަލަށް ދާން. އިތުރު ހުދުވަލެއް އޭރުން ނުލިބޭނެ.
ސާފު
09 July 2016
ތިކުރާ ހުރިހާ ކަމަކުން މިސަރުކާރަށް ބަދުދުޢާ ކުރާނެކިތަންމެބަޔަކުވާނެ