ގދ. ގައްދޫއަށް ވިއްސާރަވެ، ރަށުގެ ބަނދަރު ސަރަހައްދުގައި ފެން ބޮޑުވެފައި: އެ ރަށުގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ މިއަދު ވަނީ ފެނިފައި-- ފޮޓޯ: ގައްދޫ ކައުންސިލް އިދާރާ
03 ޖެނުއަރީ 2018 - 14:28
އުމުރުން ދުވަސްވީ މީހަކު ގދ. ގައްދޫ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ގައްދޫ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ ވިދާޅުވީ މެންދުރު 1:30 ހާއިރު، އެ ރަށު ފެހިގޭ ހުސެއިން މަނިކު މަރުވެފައި އޮއްވާ ފެނުނީ ގއ. އަތޮޅު ގަމުން ގައްދުއަށް ދިޔަ ބަޔަކަށް ކަމަށެވެ. ކިރިޔާ ހިނގައި އުޅެވޭ ވަރުގެ އެ މީހާގެ އުމުރުން 80-90 އަހަރު ވެދާނެ ކަމަށް ކައުންސިލުން ލަފާ ކުރެ އެވެ.
އާމިރު ވިދާޅުވި ގޮތުގައި ހުސެން މަނިކު ފެނުނީ ގައްދޫގެ ދެކުނު ފަރާތުން ރިވެޓްމެންޓް ޖަހާފައިވާ ސަރަހައްދުގެ ފަޅުތެރޭންނެވެ. އޭނާ ލަފާ ކުރާގޮތުން އެ ސަރަހައްދުގައި ހުސެން މަނިކު ހިނގާލަން ނުކުމެ އުޅެނިކޮށް މޫދަށް ވެއްޓި މަރުވީ އެވެ. އެކަމަކު އެކަން ހިނގި ގޮތް އަދި ޔަގީން ނުވާ ކަމަށް އާމިރު ވިދާޅުވި އެވެ.
"ހުސެން މަނިކު ނަމާދަށް ދާނީ އެ ސަރަހައްދުގައި ހުންނަ މިސްކިތަކަށް. އެހެންވެ، އަޅުގަނޑުމެންނަށް ލަފާކުރެވެނީ ނަމާދުން ފައިބައިގެން އަތިރިމައްޗަށް ނުކުމެ އުޅެނިކޮށް މޫދަށް ވެއްޓުނީ ކަމަށް،" ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
މިދިޔަ މަހުގެ މެދުތެރޭގައި ވެސް ހއ. ދިއްދޫގައި އުމުރުން ދުވަސްވީ އަންހެނަކު އެ ރަށު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގައްދޫ މުޙައްމަދު
03 January 2018
އެމީހާގެ ދަރިންނާއި އަދި ކާފަދަރިންގެވެސް ލޯތަބާއި އަޅާލުން އިންތިހާ އަށް ލިބޭ. ވަގުތެއް ލިބިއްޖިއްޔާ އެކަނި ހިނގުމަކީ ހުސައިންމަނިކުބެގެ އުފަލެއް. މަރުވަން ވަކި ތަނެއް ނުހުރޭ. މެންޓަލިސްޓް އަށް މަރުގެ މެސެޖްލިބިދާނެ އެކަނި ތޮށިގަނޑު މަތީގައި ހުއްޓާވެސް.
މެންޓަލިސްޓް1
03 January 2018
ތިމީހާ މުސްކުޅިވެ ބަލަންތިބި އާއިލާ މީހުންނަށް އުނދަގޫވެގެން އަޅާނުލާ ދޫކޮށްލެވިފައި ތިއޮތީ. އިހުމާލުވި އާއިލާގެ މީހުން ހޯދާ ހައްގު އަދަބު ދިނުމަށް ގޮވާލަން.
ހަމަޖެހުން
04 January 2018
ކަންތަކުގެ ދެކޮޅުނުބަލާ ބޮލިރަވަ ތެޅިޔަކަސް ނުވާނެ. ތިފަދަ މީހުންނަށް ކުރެވޭނެ ކަމަކީ މީހުންގެ ނަފުރަތު ހޯދުމާއި މުޖުތަމަޢުގެ ހަމަޖެހުން ނަގާލުން. މިފަދަ މީހުނާއި ހުރެ އަބުރުގެ ގާނޫނެއްވެސް ފާސްކުރަންޖެހުނީ.
އެޑަމް
03 January 2018
އިޙްމާލް