ފަރަށް އެރި ފެރީ ކުރިނބީ ރައްޔިތުން މިއަދު ފުންކުރަނީ-- ފޮޓޯ: އަލީ އުވައިޝް
09 ޖެނުއަރީ 2018 - 11:10
ހދ. އަތޮޅުގެ ފަސް ރަށަކުން މީހުން އަރުވައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ދަތުރު ކުރި ހދ. އަތޮޅު ފެރީގެ އިންޖީނު ހުއްޓި، ފަރަކަށް އަރައިފި އެވެ.
މިއަދު ހެނދުނު، ހދ. އަތޮޅުގެ ވެރިރަށަށް ދަތުރު ކުރި ފެރީ އެ އަތޮޅުގެ ކުރިނބީ ފަރަށް އެރިއިރު، އޭގައި ފަސް ރަށުގެ، 70 އަށް ވުރެ ގިނަ މީހުން ތިއްބެވެ. އޭގެ ތެރޭގައި ކުރިނބީ މީހުންގެ އިތުރުން ހިރިމަރަދު އާއި ނާވައިދު އާއި ނެއްލައިދު އަދި ފިނޭގެ މީހުން ހިމެނެ އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް މިއަދު ވިދާޅުވީ ހެނދުނު އަށެއް ޖަހާކަންހާއިރު "ހދ. އަތޮޅު- ކުރިނބީ ރޫޓް" ފެރީ ފަރަށް އެރީ އެ ރަށުން މީހުން ނަގައިގެން، ކުޅުދުއްފުއްޓަށް ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް އިންޖީނު ހުއްޓިގެން ކަމަށެވެ.
"އިންޖީނު ހުއްޓުމުން އޮޔާ އައިސް މި ރަށު ފަރަށް އެރީ. ދެން އަޅުގަނޑުމެން، މި ރަށުގެ އެކި އުޅަނދުތައް ގޮސް އެ ފެރީން މީހުން ބާލުވައިގެން ރަށަށް ގެނައީ،" އަފްރާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު މީހުން ކުރިނބީގައި ދެ ގަޑިއިރެއްހާއިރު ތިއްބެވެ. އެ މީހުން އަނބުރާ ކުޅުދުއްފުއްޓަށް ދިޔައީ މިއަދު ހެނދުނު 10 ޖަހާކަންހާއިރު، އެހެން ފެރީއެއްގަ އެވެ.
ފަރަށް އެރި ފެރީ މިހާރު ފުންކޮށްފައިވާ ކަމަށް ކުރިނބީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނޑު
09 January 2018
ރަދީފުގެ ބަނޑޭރިގަނޑު ތޯއްޗެ
ތިޖުރީ ބިންތު ޔާމން
09 January 2018
އުންމީދުކުރަން ވަރައް އަވަހައް ފެންވަރު ރަނގަޅު ފެރީތަކެއް އަތޮޅު ތަކައް ލިބޭނެ ކަމައް
ރަދީފް
09 January 2018
އިންޖީނު ހުއްޓުނީމަ އޮޔާ ނުދާނޭހެން ނަގިލި އެއްލާނުލީ ކީއްވެބާ؟؟؟؟
ރަންނަމާރި
09 January 2018
ކަނޑަށް ނަގިލި އެއްލާތަ؟
ހަަހަ
09 January 2018
ނަގިލި އެއްލާލިޔޭ. މިހާރު އެ ނަގިލި ވީތަނެއް ނޭނގިގެން އެފެނޭތޯ ރަދީފުއާ ގުޅަން އެބައުޅޭ. ވީހާ އަވަހަކަށް ފޯނު ނަގާތި.
ރަދީފް
09 January 2018
ވަޓް އެވަރ. ނަގިލި.
ރޯނު ރަދީފް
09 January 2018
ތި ހީކުރަނީ އެއީ މަސްބޯޓެއް ކަމަށްތަ..؟؟ ތިހާ ވަރުގެ ކަނޑުތަކަށް ފޯރާ ނަގިލި ހުންނަން..؟؟
ލޯންސްޓަރ
09 January 2018
ރޯނުރަދީފްގެ ނަމުގަ ކޮމެންޓް ކުރި ގާބުރިއަށް ނޭނގޭތަ ދޯންޏެއް ވިއަސް ނަގިލި އަދި ވާ ހުންނަންޖެހޭކަން ސޭފް ޒޯނަށް ދޯނި ގެންދެވޭވަރަށް.
ނަގިލި
10 January 2018
ލޯންސްޓަރ އައް ނޭނގޭތަ .. މީހުން ފުން ބޮަޑެތި މާ ކަނޑައް މީހުން ނަގިލި ނު އެއްލާކަމެއް .. ދެން މާ މޮޅޭ ވެގެން ދަންނަ ނުދަންނަ ހެދިގެން .. ހައްތަހާ ވެސް އެދުރުން