ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގެ ޖާގަބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިއަދު ހެނދުނު އެތަނުގައި ސިމެންތި ފަށަލައެއް އަޅަނީ. މި މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭނެ. ފޮޓޯ: ނިޝާން އަލީ /މިހާރު
09 ޖެނުއަރީ 2018 - 12:55
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އޭޕްރަން ބޮޑުކުރުމަށް މިހާރު ހިންގާ މަޝްރޫއު ނިމޭ އިރު، އެ ތަނުގެ ޖާގަ ދެ ގުނަ އަށް ވުރެ އިތުރުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އޭޕްރަންގެ ޖާގަ ބޮޑުކުރުމަށް ހިންގާ މަސައްކަތް ދައްކާލުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، ހުޅުލޭގެ ހުޅަނގު ދެކުނުން ދަތުރުކުރަން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން، ކުރިއަށް ގެންދާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތަކީ އާ ރަންވޭ ހެދުމަށް ހިންގާ މަޝްރޫއުގެ ބައެއް ކަމަށެވެ. އަދި މިހާރު ވަނީ އޭޕްރަންގެ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ނިންމައި ސިމެންތި ފަށަލައެއް އެޅުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގެ ޖާގަބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން މިއަދު ހެނދުނު އެ ތަނުގައި ސިމެންތި ފަށަލައެއް އަޅަނީ. މިއީ ގާތްގަނޑަކަށް 80،000 އަކަމީޓަރު ސަރަހައެއްގައި ހަދާ އޭޕްރަން އެއް. ފޮޓޯ: ނިޝާން އަލީ /މިހާރު
"އެ މަސައްކަތް ނިމުމުން ދެން އޮންނާނީ އެގްރިގޭޓް ލެވެލް ބޭސް. އެ އަށް ފަހު ކޮންކްރީޓް އެޅުމަށް ފަހު ޕްރޮޖެކްޓް ނިމިގެންދާނީ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭޕްރަން ބޮޑު ކުރުމަށް ކުރަމުން އަންނަ 80،000 އަކަމީޓަރު ސަރަހައްދުގެ މަސައްކަތް ނިމުމުން، މިހާރު އޮތް 50،000 އަކަމީޓަރުގެ އޭޕްރަން އަލުން ހެދުމުގެ މަސައްކަތް ވެސް ފެށޭނެ އެވެ. އަދި އެއާކު އެ އެއާޕޯޓުގެ 130،000 އަކަމީޓަރުގެ އޭޕްރަންގައި އެކި ސައިޒުގެ 21 މަތިންދާބޯޓު ޕާކުކުރެވޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ވީއައިއޭގައި މިހާރު އޮންނަނީ ގާތްގަނޑަކަށް 50،000 އަކަމީޓަރުގެ އޭޕްރަން އެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގެ ޖާގަބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިއަދު ހެނދުނު އެތަނުގައި ސިމެންތި ފަށަލައެއް އަޅަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
އޭނާ ވިދާޅުވީ އޭޕްރަންގެ މަސައްކަތް ނިމޭ އިރު އައިކާއޯގެ މިންގަނޑަށް ބޯޓު ޕާކުކުރާނެ ޖާގަ ހެދި އަދި އެ ތަނުގައި މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް މި އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އެއާޕޯޓުގެ ދެ ވަނަ ރަންވޭގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރާ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ. އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠާންޓޭ
10 January 2018
ސާާބަހޭ ކީއްވެ ނުބުނީ މިމަސް ނިމެން ވާއިރަށް ތިބުނި ހުރިހާާ ކަމެއް ކޮށް ނިންމާލާނަމެ
ތިރިބެ
09 January 2018
ދުވާލަކު އެއްފަހަރު ބޮޑުސުރުހީނާޅާ 900 މިލިޔަން ޑޮލަރު ލޯނުނެގިފަހުން 3 އަހަރުވީ އަދިވެސް މިދައްކަނީ އެޅީމަލިބޭ ފައިދާ
މަންޑޭލާ
09 January 2018
ނަޝިދު ހެޔޮނުފާނެ މިރާއްޖޭގެ ވެރިޔަކަ ގެންނާކަދެން ނަޝީދު އުޅުނީ މިރާއްޖެ ވިއްކާލަން މިރާއްޖޭގެ ބާރުކަޑުވާލަން.
މިލިޓަރީ
09 January 2018
ޔާމިން ރާއްޖެތެރެވެސް ތަރައްގީ ކުރާތީ އުފާވޭ ރާއްޖެތެރޭންވެސް މިކަހަލަ ބިޔަ މަސްރޫއުތަ އެބަފެނޭމިހާރު.
ސޮކްތެރެޕީ
09 January 2018
އެމްޑީޕީގެ ބޭނުމަކީ މިރާއްޖެ ވިއްކާލުން
ހެހެހެހެ
10 January 2018
ގާނޫނު އަސާސީ ބަދަލުކޮއް ބޭރުމީހުނައް ރަށް މިލްކު ކުރެވޭގޮތްވެސް ހެދީ ހަމަ ކެނެރީގޭ ނަސީދުބާ؟
އަހާށޭ
09 January 2018
މަތިންދާބޯޓުން ސީދާ އެރައިވަލް ޓާމިނަލްއަށް ވަދެވޭގޮތަށް ބޯޓާއި ގުޅޭގޮތަށް ނެތިއްޔާ އެއީ ބޭކާރުކަމެއް
އަނގަ
11 January 2018
6 އެއިރޮ ބްރިޖް އިންނާނެ ވާހަކަ އޮތް. ތެދު ދޮގެއް ބުނާކަށް ނޭގެ. ނިމެންދެން ބަލަން ތިބެމާ.