އެމްޕީއެލް އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބޯޑުގެ ޗެއާމަން އާއި ސީއީއޯ އަދި ބޯޑުން ވަކިކުރެއްވި އަލީ އާދަމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޕީއެލް
09 ޖެނުއަރީ 2018 - 15:24
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑުން ހަތަރު ބޭފުޅަކު ވަކިކޮށް، އާ ތިން ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ބޯޑުގައި ތިއްބެވި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް އަބްދުއް ނާސިރުގެ އިތުރުން އަހުމަދު ޝަރީފް (ހަންޓާ) އާއި އަލީ ހަފީޒް އަދި އަލީ އާދަމެވެ. އެ ބޭފުޅުން ވަކިކުރެއްވި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑަކުން ނުބުނެ އެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަަށް އަލަށް އައްޔަންކުރީ ޕްރައިވެޓައިޒޭޝަން ބޯޑުން ބުނިގޮތުގައި، ހއ. ކެލާ، ވާރޭވިލާ ފާތިމަތު ނިޒާމާއި ގ. އަންބަރީގެ، މަރިޔަމް ޝާނީޒް ޝާކިރު އަދި ގދ. ތިނަދޫ، ސަތަހަ އަހުމަދު އަސްބާބެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެންނަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
10 January 2018
ބޯޑްތަށް މިހާރު ބަދަލުކުރަނީ ޕްރައިވަޓޭޝަން ބޯޑުން ބަލަންޖެހޭ މިންގަނޑު ބަލާފައި ގާނޫނުގެ ތެރެއިންނޫން، އެއީ ނަމެއްގައި އޮންނަ ގާނޫނެއް، މިހާރު ބޯޑުތަކުގެ މަގާމު ބަލަހައްޓަވަނީ މެޑަމް ފާތުމަތުގެ އިރުޝާދުގެ ދަށުން، އެމްޕީއެލްގެ ބޯޑު ބަދަލުވީ އެމްޕީއެލްއިން ހުޅުމާލޭގައި އަޅާ ފުލެޓުތަށް ވަކި ބަޔަކަށް ދިނުމަށާއި، އެނބޫދޫ ލެގޫން ހިއްކައިގެން ރިސޯޓް ހަދާ މީހުންގެ ކޮންޓެއިނަރުތަށް ވަކި ބައެއްގެ އަތްމައްޗަށް ގެންދިއުމަށް، އަދި ކޮންޓެއިނަރުތަށް ކިލިއާ ކުރުމުގައި އެމްޕީއެލްގެ ދައުރު ހަނިކުރުމަށް، މިއިން ކޮންމެ ބަދަލަކީ ކޮރަޕްޝަނާއި ނުފޫޒް އިތުރުކޮށް ކެމްޕޭނަށް ފައިސާހޯދުމަށް ހިންގޭ ޕްލޭންތަކެއް،
ޙިސާން
09 January 2018
އަޅުގަނޑުމެންނަކީ ގެންނަ މިކަހަލަ އުއްމީދީ ބަދަލަުތަކަށް މަރުޙަބާ ކިޔާ ބަޔަކަށް ވާންޖެހޭ، އަބަދު ފާޑު ކިޔާބަޔަކަށް ވީމަ ތާކުންތާކު ނުޖެހޭ
ނިއުމާ
09 January 2018
ރާއްޖޭގެ އެންމެ ކާމިޔާބު ކުންފުޏައް އެމްޕީއެލްގެ ސީއީއޯ ހަލީމް ކުރައްވަމުންގެންދަވާ މަސައްކަތައް ލިބޭނެ އެންމެ ބޮޑު ކާމިޔާބީ ހިއްސާކުރާނެ ބޯޑަކަށް މި ބޯޑުވާނެ ކަމާއި މެދު ޝައްކެއް ނުކުރަން
ކަޓޭ
09 January 2018
ކަޓުނަގަން ފަސޭހަކޮށްލީތަ؟ ޕާޓުންކޮޅުލާފަ. އެއްކަލަ ބާޖުގެ ކަންތައް ކޮބާ؟
ކާމް ޗޯރް
09 January 2018
މިގެނައި ބަދަލާއި އެކު އެމްޕީއެލް އަށް ފާގަތި ދުވަސްތަކެއް ފެނިގެންދާނެ ކަން ޤަބޫލުކުރަން ޒުވާން ބޯޑަކާއިއެކު ކާމިޔާބާއި ހަމަޔަށް ވާސިލުވާނެކަމަށް އުއްމީދުކުރަން
ނަހުލާ
09 January 2018
މިއީ ވެރިންނަކީ އަންހެނުން އަށް ހައްޤު މަޤާމް ދެއްވި ވެރިޔަކީ ރައީސް ޔާމީން
ޝިހާމް
09 January 2018
ޢަންހެނުން ބާރުވެރި ކުރިވާތީ ހާދަ އުފާވެޔޭ ސާބަހޭ ރައީސް ޔާމީން
ޢަހުމަދު
09 January 2018
2018 އަށް ހެޔޮ ބަދަލު ގެނުވާނެ ބަދަލެއްގެ ގޮތުގައި ފެންނަނީ
ސަޖޯ
10 January 2018
އެތެދެއް. ޕާޓީ ކުދިން ކޮޅަށް ވަޒީފާ ލިބޭނެ. އެމް.ޕީ.އެލްގަ ކެޕްޓަނުންވެސް ތިއްބާ ހާބަރ މާސްޓަރުކަން ދިނީ ތާރޑް އޮފިސަރަކަށް. ޗީޗީޗީ.....
ޕުއްތަރު
09 January 2018
އަންހެނުންނަށް ހަމަ ހަމަ ފުރުސަތުތައް ބޯޑުތަކުން ދޭތަން ފެނުމަކީ އުފާވެެރި މަންޒަރެއް މި ސަރުކާރުން އަންހެނުން ބާރުވެރި ކުރުމަށް ތިކުރައްވާ މަސައްކަތައް ރައީސް އަށް އައްސަރިބަހާއި ސާބަސް ދަންނަވަން ???
ގަރުދިތަ
10 January 2018
ބާރުވެރިކަން؟
ޝުއާއު
09 January 2018
ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތު ތަންފީޒްކުރުމަށް ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު ދިނުން ވެގެން ދާނީ ހެޔޮ ބަދަލެއްގެ ގޮތުގައި ސާބަހޭ ރައީސް ޔާމީން
ބަޝީރު
09 January 2018
ބޯޑަށް ގެނައީ ވަރަށް ޕޮސިޓިވް ޗޭންޖެއް، މުވައްޒަފުންނާއި ކުންފުންޏައް ރަނގަޅު ބަދަލު ތަކެއް އަންނާނެ ވަރުގެ ޗޭންޖެއް