12 ޖެނުއަރީ 2018 - 07:22
މެޑްރިޑް (ޖެނުއަރީ 12) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާންގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަން އެ ކްލަބްގެ ބޯޑު މެމްބަރުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާ އެ ޓީމު ހަވާލުކުރުމުގެ ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު ރެއާލަށް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރެއާލް އެއް މެޗު މަދުން ކުޅެފައި އޮތް ނަމަވެސް އެ މެޗުން ރެއާލް މޮޅުވި ނަމަވެސް 13 ޕޮއިންޓުގެ ފަރަގެއް އޮންނާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ސީޒަން ފެށުމުގެ ކުރިން ރެއާލުގެ ޓްރާންސްފާ ކަންތައްތަކާ މެދު ޒިދާން ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެއީ އަލްވާރޯ މޮރާޓާ ވިއްކާލަން ޒިދާން ރުހުން ދިނީ ބަދަލުގައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ހޯދާނެ ކަމުގެ ޔަގީންކަން ރެއާލުން ދިނުމުންނެވެ. އެހެން ނަމަވެސް އެމްބާޕޭ ބަދަލުވީ ޕީއެސްޖީ އަށެވެ. ދެން ޒިދާން އެދުނީ ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ހޯދުމަށެވެ. އެހެން ނަމަވެސް ހަޒާޑް އެ ވަގުތު އަނިޔާގައި ހުރުމުން ރެއާލުން ބިޑެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ކުޅުންތެރިއަކު ގެންނަން މަސައްކަތް ނުކުރަނީ ޒިދާން ވަކި ޓާގެޓްތަކެއް ކަނޑައަޅާފައި ނެތުމުންނެވެ. ޒިދާންގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު ހަޒާޑްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ގަތުމަށެވެ.
އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި ޒިދާނަށް އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ އޭނާ އަށް ރެއާލުގެ ކޯޗުކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެއީ ދެން ރެއާލާ ހަވާލުވާނެ ކޯޗަކާ ގުޅޭގޮތުން ރެއާލުގެ ބޯޑު މެމްބަރުން މަޝްވަރާކޮށްފައިވާތީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ފުރަތަމަ ޓާގެޓަކީ ކްލޮޕް އެވެ. އެހެން ނަމަވެސް ކްލޮޕް ނުލިބިއްޖެނަމަ ދެން ރެއާލުގެ ވިސްނުންހުރީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ނޫނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ހުށަހެޅުމަށެވެ.
ދާދި ފަހުން މީޑިއާގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ ލިވަޕޫލްގައި ހުރެ އޭނާ ކޯޗިން އިން ރިޓަޔާކޮށްފާނެ ކަމުގެ އިޝާާރާތެއް ދީފަ އެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ކުރީގެ ތަރި ޖޭމީ ރެޑްނެޕް ސްކައި ސްޕޯޓްސްގައި ވާހަކަ ދައްކަމުން ބުނީ ލިވަޕޫލްގެ ވެރިން ކްލޮޕް ބޭނުންވާ ގޮތަކަށް ކަންތައްތައް ފުރިހަމަ ނުކޮށްދޭނަމަ އޭނާ އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖޭގައި އުޅޭ މެޑްރިޑްގެފޭން
14 January 2018
މައްސަލައަކީ ކޮބައިކަން ހަމަ އެއްގޮތަކައްވެސް މެޑްރިޑްގެ ފޭންސް އަކަށް ނޭގޭކަމަށް ލަފާކުރެވެނީ! މިހާރުވެސް ވޯޓުން 1 ވަނަ ހޮވާނަމަ މެޑްރިޑް އޮވެދާނެ 1 ވަނާގައި ނަމަވެސް ފްޓްބޯޅަ ކުޅެގޮން އެކަން ހާޞިލް ކުރުމަކީ ރޮނާލްޑޯ ބަހައްޓައިގެން ކުރެވޭނެ ކަމެއް ނޫން! ވ ސަލާމް ރެއާލް ހުރިހާ ފޭނުންނަށް!
ހާމަ333
13 January 2018
މަށަކީ ރޮނާލްޑޯ އަދި މެޑްރިޑްގެ ބޮޑު ސަޕޯޓަރެއް...އެކަމަކު މަށަށް ފެންނަ ފެނުމުގައި ރެއަލްގެ ފޯވަޑް ލައިނަށް އިތުރު ޒުވާން ހުނަރުވެރި މޫނެއް ބޭނުންވޭ...ފޭނުންނަށް އިތުރު އާ މޫނެއް ބޭނުންވޭ...ރޮނާލްޑޯގެ ކުޅުމާއި ޑްރިބްލިންގ އަދި ސްޕީޑްވެސް ވަރަށް ދަށްވެއްޖެ...ޓީމެއް ގޮތުގަ ބަލާއިރު ޓީމަށް ފައިދާވާނީ ޒުވާން ތާޒާ ކުޅުންތެރިން ރޯލްވެގެން...އަބަދު އެއްބަޔަކު ކުޅެންޏާ އެހެން މީހުން ގޭމްޕްލޭން ރީޑްކޮށް އެކާމިޔާބީ ދަމަހައްޓަން އުނދަގޫވާނެ...
ޒިދާން
12 January 2018
ބަސާގެ ސަޕޯޓަރުންނަކީ މެސީގެ ސަޕޯޓަރުން.... މެސީ ބަސާއަށް ނުކުޅޭނަމަ ބާސާގެ ފޭންބޭސް ވަރަށް ދަށްވާނެ.... މިބުނީ ރާއްޖޭގެ ވާހަކަ....
ޒިދަާން ބައްޕަ
13 January 2018
ތިޔަބުނާހެން ބާސާ ވަރުގެ ޓީމެއް ނެތިގެން ތިޔަ އުޅޭ ކުދިންނަކީ 2008 ހިސާބުން ފެށިގެން މެސީއާއެއްކޮށް ފުޓްބޯލް ކެރިއަރު ފެށިމީހުން.. އަސްލު މުޅިދުނިޔޭގައިވެސް.... މެސީއެއީ ވަރަށް މޮޅު މީހެއް މާޝާﷲ...
އަލިހޮއްކޮ
12 January 2018
ކޮންމެ މީހެއް ހުއްޓަސް ތިޔަ ރެއަލް މެޑްރިޑް ވައްތަރީ ފުޓްބޯޅައަށްވުރެ ކަބައްޑީ ނޫނީ ރަގްބީ ކުޅޭ ބައަކާ. ޙާއްސަކޮށް ބާސާއާ ކުޅޭއިރު މެސީ ދުއްވާލުން އެއީ އެމީހުންގެ ގޭމް ޕްލޭންހެން ހީވޭ.
އަލިއްކޮއާ ވައްތަރު މީހެއް
13 January 2018
ކަލެއަށް ކަބައްޑީ އާ ފުޓްބޯޅަ ނޭގެނީ ގިނައިން އެސްޓީއޯ ބަށިމުބާރާތް ބަލާތީ....ދެން ރެއަލްމެޑްރިކް ކަަބައްޑީ ކުޅެގެންތަ މިދިޔަ ސީޒަންގެ ދުނިޔޭގެ އެންމެ ކާމިޔާބު ކްލަބަކަށް ރެއަލްމެޑްރިޑްވީ؟ ގައިމު ކަލޭ ބަށިމުބާރާތް ބަލަންހުއްޓަސް މަހުރިން އެމީހުން ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑްކަޕް އުފުލާލިއިރުވެސް ލައިވްކޮށް ބަލަން...އަލިއްކޮ ކަލެއަށްވާ ސަލާމް..
ހުސޭނު
12 January 2018
ޒިދާން ނެތިއްޔާ މަށެއް ރިއާލް އަކަށް ސަޕޯޓެއް ނުކުރާނަން... ގޮތެއް ނިންމާނީ ރިއާލްއިން
ކެނެޑީ
12 January 2018
ހެހެހެ ހުސޭނު ރެއާލަށް ސަޕޯޓު ކުރޭތޯ ނުކުރޭތޯ އެބޮތް އެޖެންޑާ ކޮށްފަ ދެން ރެއާލްގެބޮޑުން ބާއްވާ ބޯޑުމީޓިންގަ
ހެންޑެލި
12 January 2018
މައްސަލައަކީ ޒިދާންއެއް ނޫން، މައްސަލައަކީ ރެއާލްގެ ބޯޑާއި ރައީސް ޕެރޭޒް
ހާހުންގާނު
12 January 2018
ތެދެއް . މީނާއަށް ހަމަ އެގޭނީ އެއީ މީނާއަކީ ޒިދާނުގެ އެއްއަތް