މާލޭ ކޮމާޝަލް ހާބަރު: މިދިޔަ މަހު އިމްޕޯޓް އަދި އެކްސްޕޯޓް ވަނީ އިތުރުވެފައި --ފޮޓޯ/މިހާރު
15 ޖެނުއަރީ 2018 - 10:35
މިދިޔަ މަހު ރާއްޖެ އެތެރެކުރި އަދި ރާއްޖެއިން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވެ، ލިބުނު އާމްދަނީ ވެސް މައްޗަށް ހިނގައްޖެ އެވެ.
ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 3.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެ ކޮށްފައިވެ އެވެ. އެއީ ޑިސެމްބަރު، 2016 އަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.
މުދަލުގެ އަގުގެ ގޮތުން ބަލާ ނަމަ، ރާއްޖެ އެތެރެކުރި މުދަލުގެ އެންމެ ބޮޑު ޕަސެންޓެއް ގެނައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ސިންގަޕޫރުންނެވެ. އެއީ 14 ޕަސެންޓްގެ މުދަލެވެ. މީގެ އިތުރުން އިންޑިއާ އާާއި ޗައިނާ އަދި މެލޭޝިއާ އިން ވެސް އެތެރެކުރި މުދަލުގެ 10 ޕަސެންޓް ހިއްސާ ކުރެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި އެ މަހު 286 މިލިއަން ރުފިޔާ ލިބިފައިވާއިރު ޑިސެމްބަރު، 2016 ގެ އަދަދަކީ 265 މިލިއަން ރުފިޔާ އެވެ. އެހެންވެ، މިއީ އަށް ޕަސެންޓްގެ ކުރިއެރުމެވެ.
އެތެރެކުރި މުދަލާއި ލިބުނު ޑިއުޓީގެ މިންވަރު އިތުރުވުމުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކުގެ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެ މަހު 391 މިލިއަން ރުފިޔާގެ މަސް ރާއްޖެއިން އެކްސްޕޯޓް ކުރިއިރު، މިއީ ޑިސެމްބަރު، 2016 އާ އަޅާ ބަލާއިރު 96 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. އެއީ 61 ޕަސެންޓެވެ. އެމެރިކާ އަށް 8.3 ޕަސެންޓް އެކްސްޕޯޓް ކުރިއިރު ޖަރުމަނަށް 6.1 ޕަސެންޓް އަދި ފްރާންސަށް 5.1 ޕަސެންޓް އެކްސްޕޯޓް ކުރި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕޯޓް؟
15 January 2018
އެކްސްޕޯޓް؟
ޒަކީ
15 January 2018
ކަލޯމެން ކަށި ނެތް މަސްކޮޅެއް އަގައިގަ އޮތީމަ ތަޅުވަނީ..
އުމަރު
15 January 2018
އިމްޕޯޓްސް އިތުރުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ސާމާނު ގެނެސްގެން، އެއީ ދިވެހި ވިޔަފާރިވެރިންގެ ވިޔަފާރި އިތުރުވެގެން އިތުރުވިކަމެއްނޫން، އިމްޕޯޓްސް އިތުރުވި ވާހަކަ ދައްކާއިރު އެއީ ކޮންކޮން ދާއިރާތަކުން އިތުރުވި އިމްޕޯޓްސްތޯ ބަލަން އެބަޖެހޭ އެއިރުން ހަގީގަތް އެނގޭނީ
މަހަށް
15 January 2018
ކޮބާ ތަމެންނަށް ފެނޭތޭ އިމްޕޯރޓާއި އެކްސްޕޯރޓް އިތުރުވެގެން ދައުލަތުގެ ބަޖެޓް އަރަނި ވެގެން ދާތަން. ތަމެން ގެ ކޮރަޕްޓް 3 އަހަރުގެ ފަނާ ކުރަނިވި ވެރިކަމުގައި މިކަން މިހެން ނުދޭދޯ. ނުދާނެއެއް ނޫން ގަމާރުން ވިއްޔާ ވެރިކަމުގައި ތިބީ ދޯ. މަހަށް ދޭބަލަ ދެން.
ވަހުތާން
15 January 2018
ތިޔަކަމުން ރައްޔިތުންނަށް ކުރި ރާހަތެއް ނެތެވެ. ފެށުނު އިރަށްވުރެ ރައްޔިތުން އުޅެނީ ދަތި ހާލުގަ އެވެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
15 January 2018
ކަސްޓަމްސް ގެ ތަފާތު ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު މަހުގެ ބާވަތް އެންމެ ގިނައިން ބޭރު ކޮށްފައިވަނީ ތައިލެންޑް، އެމަރިކާ، ޖަރުމަން އަދި ފްރާންސަށް. ބޭނުންތެރި މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ، ސިންގަޕޯރ، އިންޑިއާ، މެލޭޝިޔާ އަދި ޗައިނާ. ވިޔަފާރީގެ ހިސާބު ތަކަށް ބަލާއިރު ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރުން މިދައުލަތުގެ އެތައް ހައްޤެއް ޤުރުބާންކޮށް އިންޑިޔާ ކަޑުގައިހިމެނޭ އެކުވެރި ދައުލަތްތަކާއި ދެކޮޅަށް ކޮމިއުނިސްޓް ޗައިނާ އާއި އެކު ސޮއިކުރި ސިލްކް ރޯޓް އެއްބަސް ވުމުގައި ސޮއިކުރާންޖެހޭ ސަބަބެއްނެތް.