15 ޖެނުއަރީ 2018 - 10:46
މެޑްރިޑް (ޖެނުއަރީ 15) – ރެއާލް މެޑްރިޑުން އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ނޭމާ ބަދަލުކުރަން ހުށަހަޅާފާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ބާސެލޯނާ ދޫކޮށް މި ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށްވެ އެވެ. އެ ޓީމުން ދުނިޔޭގެ ފެންވަރުގެ ތަރި ނުހޯދާ ދުވަސްތަކެއް ވެފައިވާއިރު އަންނަ ސީޒަނަކީ އެފަދަ ކުޅުންތެރިޔަކަށް އެ ކްލަބުން އިންވެސްޓްކުރާނެ ފަހަރު ކަމަށް ބެލެވެ އެވެ. މެޑްރިޑުން އެ މަސައްކަތް ފަށާނެ ކަމަށް ލަފާކުރެވެނީ ވޯލްޑް ކަޕަށް ފަހު އެވެ.
އަނެއްކޮޅުން ރޮނާލްޑޯގެ ފޯމް ދަށްވުމާ އަދި އޭނާ ވެސް ކްލަބް ދޫކޮށްލަން ބޭނުން ވެސް ވުމާ އެކު މެޑްރިޑުން އޭނާ ވިއްކާލަން ވިސްނަމުން އަންނަ ކަމަށްވެ އެވެ. އެހެންވެ ނޭމާ ގެނައުމަށް މަގުފަހިކުރުމަށްޓަކައި، އެ ޑީލުގެ ދަށުން ޕީއެސްޖީ އަށް ރޮނާލްޑޯ ދޭން މެޑްރިޑުން އެއްބަސްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ ސީޒަނުގައި ނޭމާ ބާސެލޯނާ ދޫކޮށްދިޔައީ އެ ޓީމުގައި ލިއޮނަލް މެސީ ހުރުމުން އޭނާ އަށް އެ ޓީމުގެ އެންމެ މުހިއްމު މަގާމް ނުލިބޭތީ ކަމަށް އޭރު ވާހަކަދެކެވުނެވެ. އެކަމަކު ޕީއެސްޖީގައި އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަން އެންމެ އެކަށީގެންވާ ކްލަބް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭއިރު ނޭމާ މެޑްރިޑަށް ދިއުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. އަމުދުން ރޮނާލްޑޯ ނެތް ނަމަ މެޑްރިޑުގައި ނޭމާ އަށް އެންމެ މުހިއްމު މަގާމް ލިބޭނެ އެވެ.
ނޭމާ ޕީއެސްޖީ އަށް ބަދަލުވި ދުވަސްވަރު ވެސް ވަނީ، އޭނާ އެ ޓީމަށް ބަދަލުވީ ބާސެލޯނާ އިން ސީދާ މެޑްރިޑަށް ބަދަލުވާން ބޭނުންނުވާތީ އެހެން ކްލަބެއްގައި ހުރެފައި މެޑްރިޑަށް ބަދަލުވާން ކަމަށް އަޑުއަރައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާެެއދދެފ
16 January 2018
ޥަރައް ރަގަލު
ފޯކައިދޫ ހަސަންބެ
15 January 2018
ބަލަ މޮޔައިންނޭ ޕީއެސްޖީން ވަކި ބޭނުންވާނެތަ އޮއްސި ގޮތްހުސްވެފަހުރި ބޮލެއް ދަނޑުމަތީގަ ބަހައްޓަން ....
ލޯޔަރުންގެ ޓީމް
15 January 2018
ތިޔަކީ ވާނެކަމެއްނޫން މިހާރަކު، އިރެއްގަ ޕާޕާ ޕެރޭޒްމެން ބޭނުންހާ ކުޅުންތެރިއެއް ގަނެވުނަސް މިހާރަކު އެހެން ނުގެނެވޭނެ، މިހާރު ޕީއެސްޖީ، މެން ސިޓީ، ޗެލްސީ ފަދަ ޓީމުތައް މާބޮޑަށް ވެސް މުއްސަނދިވެއްޖެ. ނޭމާ ކީއްކުރަން މޯ ސަލާ ވެސް ޕާޕާ އަށް މިހާރު އުފުރާނުލެވޭނެ، އެންމެ ބޮޑުވަރަކަށްވެސް އެންޑީ ކެރޯލް ފެންވަރު ކުޅުންތެރެއިއެއް ގެނެވޭވަރު ވާނީ
ޕާޕާ
15 January 2018
ކޮން އިރަކުތޯ ޗެލްސީ ތިބުނާހާ މުއްސަނދިވީ!!!! ހިނި އަންނަނީ!!! ހަހަހަހަހަ..... ނިއުރޭޑިއަންޓޭ ބުނި ނަމަވެސް ގަބޫލު ކުރެވުނީސް
ޕެރޭޒް
15 January 2018
ހީކުރާ ގޮތް ދޯ. މިހާތަނަށް ބޭނުންވާ ކުޅުންތެރިޔަކު ވިއްޔާ އޮންނާނީ ގެނެއްސަ. އެ ވަރިހަމަ ބާސަލޮނާގަ ހުއްޓަ ވިޔަސް.
ހެންޑެލި
16 January 2018
އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ދުނިޔޭގެ އެންމެ މުއްސަނދި 10ފުޓުބޯޅަ ކުލަބު ތަރުތީބުވަނީ ތިރީގައި މިވާ ގޮތައް: 1. މެންޗެސްޓަރ ޔުނައިޓެޑް 2. ބާސެލޯނާ 3. ރެއާލް މެޑްރިޑް 4. ބަޔާން މިއުނިކް 5. މެންޗެސްޓަރ ސިޓީ 6. ޕީ.އެސް.ޖީ 7. އާސެނަލް 8. ޗެލްސީ 9. ލިވަޕޫލް 10. ޔުވެންޓަސް
ނޭމާ
15 January 2018
ކާކު ތި އަޑެއް އެރުވީ؟ މަ ނޫޅެން މެޑްރިޑަށް ބަދަލް ނުވެވިގެނެއް. އޯކޭ!!!
މެސީ
15 January 2018
ތެންސް ނޭމާ މިޚަބަރު ކަށަވަރު ކޮއްދިނީތީ