ރޮނާލްޑޯ (ކ) އާއި ނޭމާ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
17 ޖެނުއަރީ 2018 - 10:53
މެޑްރިޑް (ޖެނުއަރީ 17) - ރެއާލް މެޑްރިޑުން ބްރެޒިލްގެ ތަރި ނޭމާ ގަންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލާފައި ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ބުނެފި އެވެ.
ކަލްޑެރޯން ބުނީ ބޮޑު ޓްރާންސްފާއެއް ހިންގުމުގެ ކުރިން ރެއާލުން އަަބަދުވެސް މީޑިއާގައި ތަފާތު ވާހަކަތައް ގެންގުޅޭނެ ކަމަށެވެ. އަދި ރެއާލުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިސްނަމުންދަނީ ރޮނާލްޑޯ ވިއްކާލުމަށް ފަހު ނޭމާ ގަތުމަށް ކަމަށެވެ.
"މިކަހަލަ ހަބަރުތައް މީޑިއާ އިން ފެނުމުން މީހުންގެ ހަރަކާތްތައް ހުންނަ ގޮތް ރެއާލުން ބަލަން ބޭނުންވާނެ. ރެއާލަކީ ބޮޑު ފޭން ބޭސް އެއް އޮތް ބޮޑު ކްލަބެއް. ބޮޑު ޓްރާންސްފާއެއް ހިގުމުގެ ކުރިން ގިނަ މީހުންނަށް ވަކި މައުލޫމާތުތަކެއް ގަސްދުގައި ލީކްކޮށްލާނެ،" ކަލްޑެރޯން ބުންޏެވެ.
"ގިނަ ބަޔަކަށް މިއީ ސަމާސާއެއް ކަމަށް ވެސް ހީވެދާނެ. އެކަމަކު ރެއާލަކީ އެ ކްލަބުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ފަސް ޖެހޭ ކްލަބެއް ނޫންކަން ތާރީހު ހެކިދޭ."
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި ރޮނާލްޑޯ މިހާރު ހުރީ ފޯމު ގެއްލިފަ އެވެ. ފަހަކަށް އައިސް ރޮނާލްޑޯގެ ފަރާތުން ފެންނަ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ރެއާލުގެ ނަތީޖާތައް ދަށްވެފައިވަނީ ރޮނާލްޑޯ އަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކޭތީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ އޭނާ ފެނުން އެންމެ ގާތީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެހެން ނަމަވެސް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭމާ ގަންނަން ރެއާލުން ހުށަހަޅާއިރު ރޮނާލްޑޯ ވެސް އެ ކްލަބަށް ދޫކޮށްލުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ.
"މިއީ ރޮނާލްޑޯ އަށް ގަސްދުގައި ކްލަބް ދޫކޮށްލަން ދެވޭ ޕްރެޝަރެއް. މިއީ ރެއާލުން ބޭނުންވެގެން ރޮނާލްޑޯ އަށް ދޭ ޕްރެޝަރެއް ކަމަށް ވެސް ވެދާނެ. ބައެއް ފަހަރު ކްލަބްތަކުން ކުޅުންތެރިން ވިއްކާލުމުގައި މީޑިއާގެ ބޭނުން ހިފާނެ. ނޭމާގެ ޑީލް ރެއާލަށް ކުރިއަށްގެންދެވޭނީ ރޮނާލްޑޯ ވިއްކާލައިގެން. އެއީ ރެއާލްގެ ވިސްނުން،" ކަލްޑެރޯން ބުންޏެވެ.
ކަލްޑެރޯން ރެއާލުގެ ރައީސަކަމަށް ހޮވުނީ 2006 ވަނަ އަހަރަށެވެ. އޭނާ އެ މަގާމުން ދުރުވީ 2009 ވަނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބާން
17 January 2018
ދެރަކަމެއް......ރޮނާލްޑޯ ދޯ އަސްލު މޮޅީ
އަލިހޮއްކޮ
17 January 2018
މިހާރު އޭނަ ކުޅޭ ކުޅުމައްވުރެ ވަކި މޮޅު ކުޅުމެއް ދުވަހަކަ އޭނަ ކުޅުނުތަ؟ ޓެޕިން ގޯލާ (އޭގެވެސް ދެބައިކުޅަ އެއްބައި އޮފްސައިޑް) ޕެނެލްޓީ ޖަހައިގެން މޮޅު ކުޅުންތެރިޔާ ލިބިދާނެ ބައަކު ދިނީމަ ތިރީސް ފަހަރުވެސް.
އލފށ އހނމދ
17 January 2018
ބޮޑާކަމުގެ ނަތީޖާ . ވަރަށް ސާފު ދެއްތޯ
ފުންއަސަރު
17 January 2018
ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ. ކުޅެވޭ ދުވަހާ ނުކުޅެވޭ ދުވަސް އަންނަ ފަދައިން، ދައްކަންބޭނުންވާ ޕާފޯމް ނުދެއްކޭ ދުވަސްވަރުވެސް އަންނާނެ. ތިކަމަކަށް ކުރެވޭނޭ މާކަ ބޮޑުކަމެއް ނޯންނާނެ. ހިތްވަރުކުރޭ ރޮނާ. އަސްލު ވަރަށް ދެރަވޭ ކަންވާގޮތުން.
ލައްވާލީމަ 4ޖީ
17 January 2018
ހަހަހަހަ އަމިއްލަ ދުނިޔޭގަ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ދައުވާ ކުރާ ޕެނަލްޑޯ އެއްލާލަނީދޯ! އެކަމަކު ދުނިޔޭގެ އެއްވެސް ވަރުގަދަ ޓީމަކުން ނޫޅޭ "ބާދަނގަޑު" ގަންނާކަށް، ޕާޕާ ޕެރޭޒް ކިތަންމެ ބޭނުންވި ނަމަވެސް ނޭމާއެއް ނުގަނެވޭނެ....ޕީއެސްޖީ އަކީ މާ ފުދިގެން އުޅޭ ޓީމެއް، ޕީއެސްޖީ ރުޅި އަރުވަން އުޅެފިނަމަ ރިއާލްގެ މުޅި ޓީމުވެސް ގަނެލާކަށް ޕީއެސްޖީގެ އޯނަރު ފަހެއްނުޖެހޭނެ...މިދިޔަ ސީޒަންގަވެސް ނޭމާ އުފުރާލީ ބާސާއިން ޕީއެސްޖީގެ ވެރާޓީ ގަންނަން އުޅެލީމަ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން...ވެރާޓީ ގަންނަން އުޅެގެން ރުޅި ގަދަވި މީހާ އަދި އޭނާ ދުނިޔޭގެ ރެކޯޑް މުގުރާލާފަ ގެނައި ނޭމާ ގަންނަން އުޅެންޏާ ވިސްނާ އަންނާނެ ރުޅި...ރިއަލްގެ ޒަމާން ތި ދިޔައީ ހައްހައްހާ..ދެން ތިޔަ ޕެނަލްޑޯލާގެން ކުޅެބަލަ...ބޮލަކަށް ބޮލެއް ގަންނާކަށް ނޫޅޭ އެއްވެސް ބައެއް
ޕެރޭޒް
17 January 2018
ތީ ހީ ވާގޮތް. އަހަރެމެން ބޭނުން ކުޅުންތެރިޔެއް ބޭނުން އިރަކު ގަންނާނަން. ދެން ތިބުނާ ޕީއެސްޖީ އަށް ފުދެވޭނީ ކިހިނެއް؟ މިހާރުވެސް ނިމިދިޔަ ޓްރާންސްފާގަ ކުރިޚަރަދު ފޫބައްދަން ކުޅުންތެރިން ވިއްކަން މަޖުބޫރުވެފަ އެއޮތީ. އެ ޚަރަދު ފޫ ނުބައްދައިފިއްޔާ ދެން އަންނާނީ ސަސްޕެންޝަން. އޭރުން ދެން ތިބެން ޖެހޭނީ ގޭގަ އޮއްވަޅުގޮނޑި ކުޅެކުޅެ.
ދޮޅަސް
17 January 2018
ރޮނާ އެއްލާލަނީ