23 ޖެނުއަރީ 2018 - 06:16
އެސްޓްރޮނޯޓް ރާކޭޝް ކުމާރުގެ ބައޮޕިކް އަށް ކުޅޭ "ސެލިއުޓް" އަކީ ފެށުމުގެ ކުރިން ވެސް ވަރަށް ތަފާތު އަޑުތައް އަރާފައި ފިލްމެކެވެ. ފުރަތަމަ ޚަބަރު ފެތުރެން ފެށީ މި ފިލްމުގެ ތަރިންނަކީ އާމިރު ޚާނާއި ޕްރިޔަންކާ ޗޯޕްރާ ކަމަށެވެ. މި ދެ ތަރިން އެކުގައި މިހާތަނަށް ފިލްމެއް ކުޅެފައިނުވާތީ މިކަމާ ފޭނުން ވަރަށް އުފަލުން ތިއްބާ މި ފިލްމަށް ވަގުތު ދެވެން ނެތްކަން އާމިރު އެންގުމުން އަނެއްކާވެސް ފިލްމުގެ ތަރިން ބަދަލުވި އެވެ.
އާމިރު މިހާރު ގަސްތުކުރަނީ ފިލްމު ފްރެންޗައިސް އެއް އަމިއްލައަށް އުފައްދައި ހަމައެކަނި އެ ފިލްމުތަކުގައި އެކްޓްކޮށް އޭގެ ބައެއް ފިލްމުތައް ޑައިރެކްޓްކުރުމުގެ މަސައްކަތް ކުރާށެވެ. އެހެންވެ އަމިއްލައަށް އުފައްދާ ފިލްމުތަކުގައި ނޫނީ ކުރިޔަށް އޮތް 10 ވަރަކަށް އަހަރު ވެސް އާމިރު މަަސައްކަތް ކުރާކަށް ބޭނުމެއް ނޫނެވެ.
އެހެންވެ ޝާހްރުކް ކައިރިން އެ ފިލްމު ކުޅެދޭން އެދުނީ ވެސް އާމިރު ކަމަށް ޚަބަރުތައް ބުނެ އެވެ. ޝާހްރުކް ފިލްމު ކުޅެން އެއްބަސްވުމާއެކު ޕްރިޔަންކާ އަަވަހަށް ފިލްމު ދޫކޮށްލައިފި އެވެ. މި ދެ ތަރިން އެކުގައި ފިލްމު ކުޅެން ބޭނުން ނުވާތީ އެވެ. "ޑޮން"ގެ ތިން ވަނަ ބައި ވެސް ޕްރިޔަންކާ ދޫކޮށްލީ ޝާހްރުކް އާއެކު މަސައްކަތް ނުކުރަން ވެގެންނެވެ.
ބައިނަލްއަގުވާމީ ގޮތުން ޕްރިޔަންކާ އަށް ބޮޑެތި ކާމިޔާބީތައް ލިބެމުން ދިޔައަސް ބޮލީވުޑްގައި އޭނާ ހުރި މަގާމް ގެއްލުމުގެ ބިރު މިހާރު ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
Ahmed shah
23 January 2018
ތިހެން ފުއްޕަ ފުއްޕަ ހުއްޓާ ގެއްލިދާނީ ކުރާނެ މަސްއްކަތެއް ނުލިބި
ހައްޖަ
23 January 2018
ބޭރުގައުމެއްގެ ދެފިލްމެއް ކުޅެލެވޭއިރަށް މަންޖެގެ ހިތް ތިއޮތީ އަރާ އާސުމާނުގަ. ދެން ސުނީތާގެ ފިލްމެއްގެ ބައެއް ކުޅެލަންވީނު. ވާފޫއްސެއް ބުނަން ނޭނގެ.
ުމުދިބެ
23 January 2018
ޚަބަރަކުން ނޭނގޭ ޝާހުއާއި ޕްރިޔަންކާއާ ދެމެދު އޮތް މައްސަލައެއް
ސަމާސާ
23 January 2018
ލޯބީގެ ކޮމްމެސް ކުޅިގަނޑިކަށް ވާނީ. ޝާހު އަންހެނުން މަނާ ކުރި ޕްރިޔަންކާއާ ވާހަަކަ ނުދައްކަން
ވިހަ ސަމާސާ
25 January 2018
ސަމާސާ! ތިޔަވީ ގޮތް މާރަނގަޅެއްނު! ޝާހު އަންހެނުން ތިޔަ އޮތީ ހުއްދަ ދީފައި. އެހެންނު. ސަމާސާ ބުނެފައި އޮތީ... 'ޝާހު އަންހެނުން މަނާ ކުރި ޕްރިޔަންކާއާ ވާހަކަ ނުދައްކަން". ވާހަކަ ނުދައްކަން މަނާކުރީމާ އޭގެ މާނައަކީ ވާހަކައްކަން މަޖުބޫރުކުރިއޭ.. ހަހަހަ