މިދިޔަ އަހަރު ކަލާސް އެވޯޑު ލިބުނު ބައެއް ދަރިވަރުން، ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއެކު ފޮޓޯއަކަށް ހުއްޓިލައިގެން--. ފޮޓޯ: ނިޝާން އަލީ/މިހާރު
12 ފެބުރުއަރީ 2018 - 11:47
ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހިތްވަރު ދިނުމަށް ޓަކައި ދޭ ކަލާސް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުޅިވަރުތަކުގައި މިދިޔަ އަހަރު ބައިވެރިވި ދަރިވަރުންނަށް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
ކަލާސް އެވޯޑު މި އަހަރު ދެނީ މައިގަނޑު 13 ކުޅިވަރަކުން ހަތަރު ކެޓަގަރީިންނެވެ. އެއީ ފުޓްބޯޅަ، ވޮލީބޯޅަ، އެތްލެޓިކްސް، ބެޑްމިންްޓަން، ފެތުން، ބާސްކެޓް ބޯޅަ، ކްރިކެޓް، ނެޓްބޯޅަ، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސް އިންނެވެ. އެވޯޑު ދެނީ އުމުރުން 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަދި 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނިގޮތުގައި ކަލާސް އެވޯޑު ދޭނީ ސްކޫލު ފެންވަރާއި ގައުމީ ފެންވަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy