ރާއްޖެ ވަޑައިގެންތަނުން ހައްޔަރުކުރި، އިލްހާމް އަހުމަދު (ކ) ކްރިމިނަލް ކޯޓުން މި މަހުގެ ފަސް ވަނަ ދުވަހު ދޫކޮށްލުމުން، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެން މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
12 ފެބުރުއަރީ 2018 - 12:54
ފުލުހުން ބަލާ މައްސަަލައެއްގެ ތަހުގީގުގެ ބޭނުމަށް ހޯދަން އިއުލާން ކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެންމެ ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް މިއަދު ހެނދުނު ހާޒިރުވެއްޖެ އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، އިލްހާމް މިއަދު ހެނދުނު 11:37 ގައި ފުލުސް އޮފީހަށް ހާޒިރުވެފައިވާ ކަމަށެވެ.
އިލްހާމާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން މިދިޔަ ހުކުރު ދުވަހު ފުލުހުން އިއުލާން ކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އިއްޔެ އާއި މިއަދު ފުލުހުން ވަނީ އިލްހާމްގެ އަންހެނުން އައިމިނަތު މާޝާ ފުލުސް އޮފީހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ. އަދި މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ރޭ މާޝާ ދޫކޮށްލި އެވެ. އެ އެންގުމާ ގުޅިގެން މާޝާ މިއަދު ފުލުސް އޮފީހަށް ހާޒިރުވި އިރު، އޭނާއާ އެކު، އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފް ފުލުސް އޮފީހަށް ދިޔުމުން ފުލުހުން ވަނީ ޒާލިފްގެ ފޯނު އަތުލައިފަ އެވެ.
މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ސިނާނާއި އިލްހާމް ރާއްޖެ އިން ބޭރުގައި އުޅުއްވަނިކޮށް ވެސް އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުވުމަށް ފުލުހުން އިއުލާން ކުރި އެވެ. އޭގެ ފަހުން މި ދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު ފުލުހުން އެ ދެ ބޭފުޅުން ހައްޔަރުކުރި އެވެ. އަދި ޖެހިގެން އައި ދުވަހު، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަންބޯ
13 February 2018
އިލްހާމަކީ އަބަދުވެސް ހިހޫތަނުން ކައިގެން ބޮއިގެން އުޅުުނުމީހެއް! މިކަހަލަ ސިޔާސީ މީހުންގިނަވެންގޮސް ރާއްޖެ މިހަލާކުވަނީ!
ފިނޮޅު
13 February 2018
ހައިރާންވޭ. ؟ މަގޭ ޒިންމާ މަގޭވަޖިބު.
ޓާކުރް
12 February 2018
މިހާރު އެއްމެ ހަނދާންވަނީ ހިންދީ ވިލަން ގައްބަރު މަތިން.. ނާޗް ބަސަންތީ ނާޗް.. ބަސަންތީ ގެ ބަދަލުގަ ޖެހިހާ ބެރަކަށް ނަށަނީ ދިވެހި ފުލުހުންނާ ސިފައިން ދެން ވަޒީފާގެ ބިރުވެރިކަމުގައި އެހެންނޫނީ މަގާމްގެ ދަހިވެތިކަމުގަ ފަސްފަހަތުން ދުވާ ބޭފުޅުންނާ ބޭކަނބަލުން.. "އިލާހީ މި ބިން ކުރައްވާށޭ އަމާން، މި އަޅާގެ އުފަން ދިވެހިންގެ މި ބިން"..
މުޙުއްމާ
12 February 2018
އަދުރޭ މިއޮތީ ރަނގަޅު ފުރުސަތެއް. މިފަހަރު ޓެރަރިޒަމްގެ ދަޢުވާކޮށް ސާބިތުވެ 13 އަހަރު ޖަލުޙުކުމް ކުރާނެ 45 މެމްބަރުންނަށް. އަދުރޭއަށް މެޖޯރިޓީ ލިބުނީ. ދެން ވާނެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާފާނެ ހެން ހީވާ މީހަކު ހުރިއްޔާވެސް. ޓެރަރިޒަމްގެ ޙުކުމް ކުރަން. އެއިރުން ހުންނާނީ އަދުރޭގެ ކެންޑިޑޭޓް އެކަނި. ވޯޓަކާނުލާ ހޮވުނީ. ސާބަހޭ އަދުރޭ.
Aseyla
12 February 2018
އެއްމެ ފަހުން އިލްހާމް ނުކުރެއްވި މިފަހަރަކު..... .ދުވަސް ނުފުރޭދަރި ބަޑު ފަޅާލައިގެންވެސް މިވެރިން ގެންގޮސް ހައްޔަރު ކޮަށްފާނެ ...
ހިއްވަރު ފެންވަރު
12 February 2018
މަޖްލީހުގެ އަޣްލަބިއްޔަތާ ތޮޅުނަ ނުދޭށެވެ.ބެލެންސް ގެއްލި ފަނޑިޔާރުން އަޅުވެތިވުން ބޮޑުވެދާނެއެވެ.
ތިޔޯ
12 February 2018
އިލްހާމް ކީއް ތިކުރީ! އަންހެނުން ހިފެހެއްޓީމަ ވެސް ދުލެއް ނުދީ ކޮއްކޮގެ ފޯނު ހިފެހެއްޓީމާ؟ ވަރުގަދަ ފޯނެއް ނު!
މާހިރު
12 February 2018
ހިންދީ ފިލްމު ތަކުގައިވާހެން މީހާ އަތުނުޖެހިއްޖިއްޔާ އަނބިދަރިން ރަހީނުކުރީމާ ޖެހޭނީ ފިލާއޮތް ތަނަކުން ނުކުންނާށެވެ. ނަމަވެސް ފިލްމު ނިމޭއިރު ބަތޮލު އައިސް ބޮސްއަތްދަށުގައި ތިބޭމީހުން ސަލާމަތްކޮށް ބޮސްގެ ދުވަސް ދުއްވާލައެވެ.
އިސްތަފާ
12 February 2018
ހިފާ ހައްޔަރު ކުރުމުގެ އަމުރާ ސާޗް އަމުރަކީ މިހާރު "ބޮޑު ގުޅަ"އެވެ. އެ ޤާނޫނު ނެތް ޒަމާނަށް ވުރެވެސް މިހާރު އެކަން ހިގާލެއް ހޯހެވެ.
ބާބޫ
12 February 2018
ތިކަން ނުކުރިނަމަ މިއަދު ދަރިންކޮޅު ގެންދިޔައީސް