ބަންދުގެ މުއްދަތު ޖެހުމަށް ނާދިރާ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ
18 ފެބުރުއަރީ 2018 - 18:59
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުގައި މަސައްކަތްކުރައްވާ އައިމިނަތު ނާދިރާ މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ރައީސް މައުމޫންގެ ފަރާތްޕުޅުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ނާދިރާ ފުލުހަށް ހާޒިރުވުމަށް އަންގާފައި އޮތީ މިރޭ 9:30 އަށް، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.
Thahqeeq kuramun anna massalayakah Mirey 09:30 ah @PoliceMv ah haaziruvumah alhugandah angaifi. #MaldivesInCrisis
— aminath nadira🎈 (@a_nadraa) February 18, 2018
އިދިކޮޅު ފަރާތްތަކުން މި މަހުގެ ތިން ވަނަ ރޭ ކުރި މުޒާހަރާއެއްގެ ތެރެއިން، އަންހެން ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ވެސް ނާދިރާ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން، އޭގެ އަނެއް ދުވަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާކުރި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވެސް މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި އިއްޔެ ރޭ ވެސް އޭނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯ
18 February 2018
އާޅެ އަދުރޭމެންވެސް ގެންދެބަލަ. ހިތުހުރިއެއްޗެއް އެބަގޮވާ ވިއްޔަ.