އެޗްއާރު ކޮންގްރެސްގައި އުރީދުއަށް ލިބުނު އެވޯޑަކަށް އެ ކުންފުނީގެ ސީނިއަ މެނޭޖާ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް، ފަޒްނާ މަންސޫރު ހަވާލުވަނީ.
20 ފެބުރުއަރީ 2018 - 13:00
ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ރަސްމިއްޔާތު ކަމަށްވާ ވޯލްޑް އެޗްއާރްޑީ ކޮންގްރެސްގައި އުރީދޫ މޯލްޑިވްސް އަށް ފާހަގަކޮށްލެވޭ އެވޯޑުތަކެއް ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އިންޑިއާގެ މުމްބާއީގައި ބޭއްވި ކޮންގްރެސްގައި އުރީދުއަށް ވަނީ ތިން އެވޯޑެއް ލިބިފަ އެވެ. އެ އެވޯޑްތަކާ އެކު، އުރީދޫ ވަނީ ދުނިޔޭގެ އެންމެ ފާހަގަކުރެވޭ އެމްޕްލޯޔާ ބްރޭންޑްތަކުގެ ތެރޭގައި ހިމެނިފަ އެވެ.
އުރީދުއަށް ލިބުނު އެވޯޑްތައް:
- ގްލޯބަލް އެޗްއާރް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތު ބިޒްނަސް
- ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޯ އެކްސެލެންސް އިން އެޗްއާރް ތްރޫ އިނޮވޭޝަން
- ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޯ ޓެލެންޓް މެނޭޖްމަންޓް
ދުނިޔޭގެ އެކި ކަަންކޮޅުތަކުން 2،000 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވި އެޗްއާރު ކޮންގްރެސްގައި އުރީދޫގެ ފަރާތުން ބައިވެރިވެ، އެވޯޑްތަކާ ހަވާލުވީ އެ ކުންފުނީގެ ޑިރެކްޓަ އޮފް ހިއުމަން ރިސޯސަސް، މުހައްމަދު ޝާހިދު އާއި ސީނިއާ މެނޭޖާ އޯގަނައިޒޭޝަން ޑެވެލޮޕްމަންޓް، ފަޒްނާ މަންސޫރު އެވެ.
"އުރީދުއަކީ މުވައްޒަފުންގެ ކުރިއެރުމަށް ނުހަނު އަހަމިއްޔަތުކަމެއް ދޭ ކުންފުންޏަކަށް ވެފައި، ހިއުމަން ރިސޯސަސްގެ ދާއިރާއިން އަޅުގަނޑުމެންގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ޝާހިދު ވިދާޅުވި އެވެ.
"އުރީދޫގެ އަމާޒަކީ ކޮންމެ ބޭފުޅެއްގެ ދިރިއުޅުމަށް ވެސް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށް ވީ ހިނދު، މި އަމާޒުގެ ތެރޭގައި އުރީދޫގެ މުވައްޒަފުން ހިމެނުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް."
ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ އެ ކުންފުނީގައި 400 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭއިރު، އުރީދޫން ރާއްޖޭގައި ހޯދާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މުވައްޒަފުންގެ ހިޔާލުތަކަށް ހާއްސަ އިސްކަމެއް ދީގެން، އުރީދޫން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ އަހަރު ވެސް އުރީދޫން ވަނީ، ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި، އަހަރުގެ އެންމެ އީޖާދީ ކުންފުނި އަދި އަހަރުގެ އެންމެ މޮޅު އާ ހިދުމަތް (ޕޭމަންޓް ސޮލިއުޝަން ސޮފްޓްވެއަ)ގެ ދެ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑު ހިމެނެ އެވެ. މީގެ އިތުރުން، އުރީދޫ ސްމާޓް ކެމްޕަސް ހިދުމަތް ވަނީ، އެންޓަޕްރައިސް ސަވިސް އިނޮވޭޝަންގެ ދާއިރާއިން ގްލޯބަލް ޓެލެކޮމް ބިޒްނަސް އެވޯޑް ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުންއަސަރު
20 February 2018
ތިހުރިހާ ކަމެއް ތިހެން ހުރިއިރު، ކީތްތަވާނީ އަހަރެމެންނަށް ބޮޑެތި ޑިސްކައުންޓުތައްދީ ޚިދުމަތްތައް އަގުހެޔޮކުރަން.