ޚަބަރު / ރާއްޖެ ޓީވީ

ފުލުހުން ހައްޔަރުކުރީ އަނިޔާކޮށްފައި: ނޫސްވެރިޔާ މުރުޝިދު

ރާއްޖެޓީގެ ނޫސްވެރިޔާ މުރުޝިދު ހައްޔަރު ކުރަނީ

މުޒާހަރާ ކަވަރުކުރަން އުޅެނިކޮށް ރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އޭނާ މިއަދު ބުނެފި އެވެ.

މުރުޝިދު ހައްޔަރުކޮށްފައި ވަނީ ރޭ 12 ޖަހާކަންހާއިރު ޗައިނާ އެމްބަސީ ސަރަހައްދުގައި މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށެވެ. ފުލުހުން މުރުޝިދު ހައްޔަރުކުރުމަށް، އޭނާ ބިންމައްޗަށް ވައްޓާލައި އަތް އަނބުރާލައި، ގަދަކަމުން ވަނީ ބިޑި އަޅުވައިފަ އެވެ. ބިޑި އެޅުވުމަށް ފަހު ދެ ފުލުހަކު ވެގެން މުރުޝިދު ގެންދިޔައީ ބިންމަތީގައި ދަމަމުންނެވެ.

މުރުޝިދު ހައްޔަރު ކުރުން---

މުރުޝިދު ބުނީ އޭނާ ހައްޔަރު ކުރިއިރު ފުލުހުން އަމަލު ކުރިގޮތުން އޭނާގެ ވައަތު އަތް މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި ކަނާތު އަތަށް ވަރަށް ބޮޑަށް ތަދުވެފައިވާ ކަމަށް މުރުޝިދު ބުންޏެވެ.

އޭނާ ވަނީ ރޭ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދައިފަ އެވެ. ޑޮކްޓަރުން ބުނީ އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ތަދުކެނޑުވުމަށް ބޭސްދިން ކަމަށް މުރުޝިދު ބުންޏެވެ.

މުރުޝިދު ބުނިގޮތުގައި އޭނާ ހައްޔަރުކުރީ މުޒާހަރާ ކަވަރު ކުރަން ތިބެވޭނެ ކަމަށް އެސްއޯ ފުލުހުން ބުނި ސަރަހައްދުގައި ހުއްޓާ ކަމަށެވެ. އިތުރު ފުލުހުންތަކެއް އެ ސަރަހައްދަށް ގޮސް އެތަން ދޫކޮށް ދިއުމަށް އެންގުމަށް ފަހު ހައްޔަރުކުރީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން މިހުރީ އެސްއޯ ފުލުހުން ބުނި ހިސާބުގައޭ. ބުނީމަ ދެން އައި ފުލުހުން ބުނީ އެއީ އެސްއޯއެއް ނޫންހޭ މިއީ އެހެން ބައެކޭ. އެހެން ކިޔައިފައި ކުއްލިއަކަށް ދަމައިގަނެ ވައްޓާލީ،" މުރުޝިދު ބުންޏެވެ.

ފުލުހުން ބިޑި އަޅުވަން މަސައްކަތްކުރި ވަގުތު މުރުޝިދު ގަދަ ހަދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. މުރުޝިދު ބުނީ އޭނާ ހީކުރީ ފުލުހުން މައިކް އަތުލަން އުޅުނީ ކަމަށް ކަމަށެވެ. ބިޑި އަޅުވަން އުޅޭ ވާހަކަ ފުލުހުން ނުބުނާ ކަމަށް އޭނާ ބުންޏެވެ.

މުރުޝިދުއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެނީ--

ބިޑި އަޅުވައި، މުރުޝިދު ހައްޔަރު ކުރުމަށްފަހު އޭނާ ގެންގޮސް ބެއިންދީ އާޓިފިޝަލް ބީޗް ސްޓޭޖްމަތީގަ އެވެ. އަދި މާ ގިނައިރެއް ނުވެ އޭނާ ދޫކޮށްލި އެވެ.

މުރުޝިދު ބުނީ އޭނާ ހައްޔަރުކުރީ ކީއްވެގެންތޯ ފުލުހުންނާ ސުވާލުކުރުމުން ފުލުހުން ދިން ޖަބާވަކީ "ހައްޔަރު ނުކުރަން ކަމަށާއި އެ ސަރަހައްދުން ދުރަށް ޖެއްސީ" ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ މުރުޝިދު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ކުރި ކަމަކީ މުރުޝިދު އެ ސަރަހައްދުން ދުރަށް ޖެއްސުން ކަމަށާއި އޭނާ އަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މިދިޔަ މަހު 16 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވެސް ހައްޔަރު ކުރި އެވެ. އަދި ހުސައިން ހޭނެތުމުން ވަނީ އޭނާ އަށް ފަރުވާ ދީފަ އެވެ.

Aharen heynethunee fuluhunge Aniyaathakun: Noosveriya Hussain

Aharen heynethunee fuluhunge Aniyaathakun: Noosveriya Hussain

The most trusted news source in the Maldives

Mihaaru

ހުސައިން ހައްޔަރުކޮށް ފުލުހުން އަނިޔާ ކުރި ކަމަށް އޭނާ ބުނުން--

ހުސައިން ބުނިގޮތުގައި ފުލުހުން އޭނާއަށް އަނިޔާކުރި އެވެ. އޭނާ ހޭނެތުނީ އެ އަނިޔާތަކުގެ ސަބަބުން ކަމަށް ހުސައިން ބުންޏެވެ.

42 ކޮމެންޓް, 96 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 14%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަންނި

04 March 2018

ފުލުހުން ހައްޔަރު ކުރި އިރު ނޫސްވެރިޔާ ގަދަހެދި މަންޒަރު ފެނިފައިވޭ. ހައްޔަރުކުރުމުގެ ތެރޭގައި ގަދަ ދައްކައިގެން ލިބޭ ގެއްލުމުގެ ޒިންމާ ފުލުހުން ނަގާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ހުއްބުލް ވަތަން

04 March 2018

އޭނަ ކުޅެން އުޅުނު ފިލްމް ކާމިޔާބުކަމާއި އެކު ކުޅެ ނިންމާލި ވާހަކަ ޖެހިނަމަ މާ ޙަޤީޤަތާ ކައިރިވީސް

The name is already taken The name is available. Register?

ހަސަން

04 March 2018

ފިލްމް ކުޅޭތި ވަރަށް ހިތްދަތި ވޭތަ ...

The name is already taken The name is available. Register?

ހަސަން1

05 March 2018

ނުވޭ ހިތްދައްޗެއް.. އަންނަނީ ހިނި. މުރުޝިދުގެ ގަމާރު ކަމުން

The name is already taken The name is available. Register?

އަހްމަދު

04 March 2018

މަގުމައްޗައްނުކުމެތިޔައުޅެނީ ރައީސް ޔާމީންނައްވޯޓުނުދޭމީހުން އެމީހުންނައްވުރެގިންމީހުންގެވޯޓުން ރައީސްޔާމީންހޮވުނީ އެހެންވީމަ އިސްތިއުފާއައްގޮވުމުގެހައްގެއްނޯންނާނެ ތިޔަނޫސްވެރިންގެ ފާސްއަޅުވައިގެން ރައްޔިތުންގެތެރޭގައިފިތުނައުފެދޭގޮތައް މަސައްކަތްކުރާހުރިހާނޫސްވެރިންގެ ފާސްއަތުލަންވީ ވަރައްވާހަކަ

The name is already taken The name is available. Register?

ވާނުވާ މީހާ

04 March 2018

" ބިޑި އެޅުވުމަށް ފަހު ދެ ފުލުހަކު ވެގެން މުރުޝިދު ގެންދިޔައީ ބިންމަތީގައި ދަމަމުންނެވެ." ލިޔުން ތެރިޔާ މި ލިޔުމާ އެކު ލާފައި އޮތް ވީޑިއޯ ނުބަލަނީ ބާ؟ ވީޑީއޯ ގަ ރީތި ކޮށް ފެނޭ އޭނާ ގަދަ ހަދާތީ ކަން ބިޑީ އެޅު ވީ. ބިޑީ އަޅޫވާ ފަ ކޮޅަށް ނެގީމާ ފައިން ވާގި ދޫކޮށްލާ ތަން ވެސް ފެނޭ. ދެން ދަމާފައި ނޫން ގހޮތަކަށް ކިހިނެއް ގެންދާނީ

The name is already taken The name is available. Register?

ްައައިންތު

04 March 2018

ނުޖެހެޔޭ އެގޮތަށް ގެންދާކަށް ފުރަތަމަ....ކާކުތަ ހިތުން ރުހުމުން ދާނީ...ހެހެހެ ވ ސަލާމް

The name is already taken The name is available. Register?

ތެދުބުނާ މީހާ

05 March 2018

ސަންދޯކަށް ލައިގެން

The name is already taken The name is available. Register?

ފޫހި

04 March 2018

ކޮނަންޓްކުރާކަށްނުޖެހޭނެ. ނިދާފައޮތްނަމަ.

The name is already taken The name is available. Register?

ނޫސްވެރިޔާ

04 March 2018

ރާއްޖޭގެ ހުރިހާ އެކްތުވިސްޓުން ނޫސްވެރިންނަށް ވަމާ ހިނގާ، ހިމާޔަތް ލިބޭނެ، ހައްޔަރު ކުރިއްޔާ ދިފާއުކުރަން ބައިނަލް އަގުވާމީ ޕްރެޝަރ،، ކުށްކުރަން ވެސް އެންމެ ރަނގަޅީ ނޫސްވެރިއަޔަކަށް ވެގެން.

The name is already taken The name is available. Register?

މަންނާނު

04 March 2018

ކޮބާ ހީފާ ފޮޓޯއެއްދުވަހުނަގާފަ އަނެއްދުވަހު ރައްޔިތުންތަޅާ ރޯނާގަންނާވާލަނީ

The name is already taken The name is available. Register?

ޑިމޮކްރަޓިސްޓް

04 March 2018

ކަލޭމެންނަކީ އަބަދުވެސް ޑްރާމާކުޅެން އުޅޭބައެއް.... ފުރަތަމަ ދެއްކީގަދަ..... ބިޑިއަޅުވާފަ ކޮޅަށްޖެހީމަ ކޮޅަކަށްނުހުރި.... ދެފައިން ވާގިދޫކޮށްލީ.... އެހެންވީމަ ދެން ގެންދާނީ ދަމާފަ.... އެއީ ކަލޭގެ ކަމެއް... ހަމަ ކަންތައްކުރިގޮތުން.... ދެން އޯކޭތާ.... ބޭނުންވާކްންތައް.... ޑްރާމާ ކުޅެލެވިއްޖެއެއްނުދޯ.....

The name is already taken The name is available. Register?

ޟުކި

04 March 2018

ގޭގަ ބަސް އަހައިގެން ތިއްބާތޯ އަނިޔާކުރީ؟

The name is already taken The name is available. Register?

ކަޑަޖެހުން

04 March 2018

ހެހެހެ. ދެން ފުލުހުންވެސް ގޭގައި ތިބެންވީނު ބަސް އަހައިގެން ރައްޔިތުން ފައިސާއިން އިން މުސާރަ ނުނަގާ؟ އެގޮތް ކަޑަ؟

The name is already taken The name is available. Register?

މޫސަބެ

04 March 2018

ގޭގަ ބަސްއަހައިގެން އޮއްވާ ހައްޔަރު ނުކުރާނެ ކަމުގެ ގެރެންޓީއެއް އެކަކަށް ވެސް ނެތް. މޮޅު ވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ނާޒިމް ސަރ

04 March 2018

ބަލަ މަވެސް އޮތީ ގޭގައޭ!!

The name is already taken The name is available. Register?

ރުމުޝިދު

04 March 2018

ރައްޔިތުންގެ ފައިސާ ތިކިޔަކީ ކޮންގޮތަކަށް ތޯ؟ ފުލުހުންވެސް ސިފައިންވެސް ޓީޗަރުންވެސް ނަރުހުންވެސް އަދި ދެންތިބިބައެއްވެސް ވިޔަފާރިކުރާއިރު ޖީއެސްޓީ އާ ދެންހުރި ރުފިޔާއެއް ދައްކައިގެން ވިޔަފާރިކުރަނީ. އެއީވެސް ހަމަ ރައްޔިތުން، ރައްޔިތުންގެ ފައިސާއިން މުސާރައާއި އެހެނިހެން އެލަވަންސްތައް ދެނީ ހަމައެކަނި ފުލުހުންނަށް ތޯ؟ ހަސަދަވެރިވިއަސް ބޮޑުވަރު ދެއްތޯ؟

The name is already taken The name is available. Register?

އަބްދުއްލާ

04 March 2018

އަނިޔާ ނުވާނެ ގޭގަ އޮތް ނަމަކަ ،ހައްޔރުކުރަންޖެހިއްޖެ ނަމަ އަނިޔާ ވިޔަސް ހައްޔރު ކުރަންޖެހޭނެ ، އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ފުލުހުން ބޭނުންކުރާ ހާލަތްތަކާ ބޭނުންކުރާ ހިތިޔާރުތަކާ 50 ޕަސެންޓަށް ވުރެވެސް ދަށް ހާލަތުގަ ރާއްޖޭގެ ފުލުހުން މި ބޭނުންކުރަނީ .މިހާލަތުގާ ވެސް އަހަރުމެން މިތިބެނީ މައިބަދަ ގުޑާފަ. މުޒާހަރާ އަކި ފަސާދަކުރުން މިއީކުރަންޖެހޭކަމެއްނޫން ހޮވާފަ 5 އަހަރު ދީފަ ރައްޔިތުންނަށް ރަގަޅު ހިދުމަތެއް ނުދެވޭނަމަ އެހެންމީހަކު ހޮވީމަ ނިމުނީ . ގައުމު ފަސާދަ ކުރަނީ ކީއްކުރަން.

The name is already taken The name is available. Register?

ލަލަލާ

04 March 2018

ފުރަތަމަކަމަކަށް އިސްތިއުފާދީފަ ޔާމީނު ގޭގަ އިންނަނަމަ ނުޖެހޭނެ ދޯ ފުލުހުން ލައްވަ މިއަނިޔާ ކުރާކަށް

The name is already taken The name is available. Register?

ޞައްތެލި

04 March 2018

ކޮންކަމެއް ވެގެންތަ މިއުޅެނީ. ސްޕުރީމްކޯޓުން ހުކުމެއް ނެރުނީމާ ތަންފީޒުކުރަންވީނުންތަ؟ އެހެންވީމާ ނެތް ޙާލަތެއް ގެނެސްގެން ރައްޔިތުންނަށް އަނިޔާ މިކުރަނީ ސަރުކާރުން ނޫންތަ؟ ދެން ފުލުހުންނޭ ބުނަންތަ. ކަލޭމެންނަށް މުސާރަދެނީ ރައީސަކަށް ހުންނަ މީހެއްގެ ފައިކޭޓުން ކަމަށް ހީވަނީތަ. ބަލަގަ ތިއީ ދިވެހިރައްޔަތުންގެ ފައިސާއޭ، އެމީހުންނަށް އަނިޔާ ކުރަމުން ތިދުވެ ނަގަނީ.

The name is already taken The name is available. Register?

ޔޫސުބު

04 March 2018

އޭ ސައްތެލީ...ސުޕްރީމް ކޯޓަށްވެސް ބޭނުންހާ ގޮތަކަށް އަމުރެއް ނުނެރެވޭނެ....އަދި ބަޣާވާތެއްވެސް ނުކުރެވޭނެ.....ރިޝްވަތު ބަނޑެއް ނޭޅޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454