ނޭޕާލުގައި ވެއްޓުނު މަތިންދާބޯޓު
12 މާޗް 2018 - 16:49
ނޭޕާލުގެ ކަތުމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މިއަދު އެކްސިޑެންޓުވި މަތިންދާބޯޓުގައި އިން ދިވެހި ޑޮކްޓަރަށް އެ ހާދިސާގައި މާ ބޮޑު އަނިޔާތަކެއް ނުލިބި ކުދިކުދި ޒަޚަމްތަކަކާ އެކު ސަލާމަތް ވެއްޖެ އެވެ.
މި ހާދިސާގައި ޒަޚަމްވެ ފަރުވާ ދެމުން އަންނަނީ އެ ގައުމުގައި މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ އެވެ. މިއީ ޑރ. ރިޒާނާގެ ކިޔެވުމުގެ ފަހު އަހަރެވެ. ކަތުމަންޑޫ މެޑިކަލް ކޮލެޖްގެ ހޮސްޕިޓަލުގައި އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަ އިރު، މާ ބޮޑެތި އަނިޔާތަކެއް ނުލިބޭ ކަމަށް ޑރ. ރިޒާނާ ކައިރީގައި މިވަގުތު ތިބި ބައެއް އެހެން ދިވެހިން ބުންޏެވެ.
ޑރ. ރިޒާނާގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި ބޭރުފުށުން ލިބިފައިހުރީ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތަކެއް ކަމަށް އެމީހުން ބުންޏެވެ. އަދި ރިޒާނާގެ އެތެރެހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ޓެސްޓުތަކެއް ހަދާފައިވާ ކަމަށާއި ހޮސްޕިޓަލުން ދޫކޮށްލާނެ އިރެއް އިނގޭނީ ޓެސްޓުތަކުގެ ނަތީޖާ ލިބުމަށް ފަހު ކަމަށް ވެސް އެ ދިވެހިން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ހާދިސާއާ ގުޅިގެން، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ނޭޕާލުގައި މިއަދު ވެއްޓުނު މަތިންދާބޯޓުން މީހުން ސަލާމަތްކުރަނީ
ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާގެ ބޯޓް އެކްސިޑެންޓުވި އިރު އޭގައި 71 މީހަކު ތިއްބެވެ. އޭގެ ތެރެއިން 38 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި 17 މީހަކު ސަލާމަތްވި އެވެ. ނަމަވެސް ސިފައިން ބުނި ގޮތުގައި 50 މީހަކު ވަނީ މަރުވެފަ އެވެ.
ފްލައިޓް ބީއެސް211 ވެއްޓުނީ މިއަދު މެންދުރު ފަހު ރަންވޭއަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
الحمد لله
13 March 2018
الحمد لله
އިޔެ
13 March 2018
ކިޔަވަން ބޭރަށް ދިޔުމަކީ ޖިހާދެއް.
ކުރިކީލަ
13 March 2018
އާއްމުކޮށް މިކަހަލަ ވާހަކަ އަޑުއިވެނީ ހޮލީވުޑް ފިލްމުތަކުން. ﷲ އަށް ހަމްދާ ޝުކުރު.
އީސަ
13 March 2018
ކިޔަވައި ނުނިމޭ ކުއްޖެއްނޫން. ޚަބަރު ނުކިޔާ ކޮމެންޓް ނުކޮށްބަލަ. އޮތީ "އަންހެނުންގެ ބަލިތަކަށް ޚާއްސަ" މާނައަކީ މާސްޓާސް ހަދަނީޔޭ. ނުވަތަ ސްޕެޝަލައިޒް ވަނީޔޭ.
ސޭކުބެ
13 March 2018
އެއީ ޑޮކްޓަރެއް. ޢޭނާ އަންހެނުންގެ ބަލިތަކަށް ޚާއްސަވުމަށް މިހާރު އެކިޔަވަނީ.
އަތްފުނާ
12 March 2018
މާތްﷲ ތިބާއަށް ދެވަނަ ފުރުސަތެއް ދެއްވިކަމަށްޓަކާއި އެކަލާނގެއަށް މަތިވެރިވެގެންވާ ސަނާއިން ހަމްދުކުރޭ.
އެޑަމާ
12 March 2018
ﷲ އަކްބަރު ރިޒާނާ ސަލާމަތްވީތީ ހަމްދުކުރަން މާތްﷲއަށް އެއާއިލާއަށް ކެތްތެރިކަންދެއްވާށި ހީކުރަން މިކަމުގެ އެކަމަނާ ސަލާމަތްވީކަމަށްޓަކައި މާތްﷲހުގެ މަގުގައި ސަދަތް ކުރާނެކަމަށް
ބަނީލް ބިން ބަނާތާ
12 March 2018
ކިޔވަ ނުނިމޭ ކުއްޖަކަށް ކޮން ޑޮކްޓަރެކޭ ކިޔަނީ
ނަޝަނަލިސްޓް
13 March 2018
ހީވަނީ އެމް.ބީ.ބީ.އެސް. ފުރިހަމަކުރުމަށްފަހު އަންހެނުން ގެ ހާއްސަ ޑޮކްޓަރަކަށް ވުމަށް ކިޔަވަނީ ހެން.
ބަނީލް ބިން ބީތާ
13 March 2018
އޭގައި އެއޮތީ ސްޕެޝަލައިޒް ވުމަށް ކިޔަވަމުންދާ ޑޮކްޓަރުކޭ. ޑޮކްޓަރަކަށް ވުމަށްފަހު އެކު ބަލިތަކަށް ޚާއްޞަވާން ކިޔަވާނީ.
ދޮންތުއްތު
13 March 2018
އެއްކަލަ ރީނދޫ ކަލޭގެ ކޮމެންޓް ކޮށްގަތީ؟ ބަލަ ތަންކޮޅެއް ތަންދޮރު އެނގޭތޯ އުޅުނިއްޔާ ކީއްހޭ ވާނީ؟
މަށޭ
13 March 2018
އެމް.ބީ.ބީ.އެސް. ނިންމާ އިންޓާރންޝިޕް ފުރިހަމަ ކުރީމަ އޭނާ ވާނީ ޑޮކްޓަރަކަށް. އޭގެ ފަހުން ވަކި ފީލްޑަކުން ސްފެޝަލައިޒް ވާން ކިޔަވަނީ. މާނައަކީ އޭނައަކީ މިހާރުވެސް ޖެނެރަލް ޑޮކްޓަރެކޭ.
އަލިބެއްޔާ
13 March 2018
ބަނީލް ތިހާ ރުޅިއަައީ ކިހިނެއްވީ؟
ދަތުރު ދުައާ
12 March 2018
މިޚަބަރު ކީ އެންމެންވެސް ދަތުރެއް ކުރަންޏާ ދަތުރު ދުައާ ކިޔުމަށް ނަޞޭޙަތްތެރި ވަމެވެ. ފަހަރުގައި ދަތުރު ދުޢާ ނޭނގޭ މީހަކުވެސް ހުރުން އެކަށީގެން ވެއެވެ. އެފަދަ މީހުން އެ ދުޢާ އަވަހަށް ދަސް ކުރުން އެދެމެވެ. "ދުޢާއުލްމުސްލިމް" މިނަން ކިޔާ ފޮތުގައި ދަތުރު ދުޢާ އާއި ވަރަށް މުހިންމު ޒިކުރް ތަކާއި ދުޢާތައް ހިމެނެއެވެ. މާލޭގެ މަޝްހޫރު ބުކްޝޮޕް ތަކުން އެފޮތް ގަންނަން ލިބޭނެއެވެ. ޔަޤީނުން ވެސް "ރައުންޑް ވަން" ބުކްޝޮޕުން ގަންނަން ލިބޭނެ އެވެ.
ފާނު
13 March 2018
މިއީ އެކާވީސްވަނަ ގަރުނޭ.... ފޮތްގަންނަ ވާހަކަ ކިޔާތީ... ފޯނުންވެސް ބަލާލެވޭ އެޕްތައް ހުރޭ...
ސލމ5555
13 March 2018
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا، وَمَا كُنَّا لَهُ مُقْرِنِينَ، وَإِنَّا إِلَى رَبِّنَا لَمُنْقَلِبُون މީ ދަތުރު ދުއާ.. ފޮތެއް ނުގަތަސް ދަސްކޮށްލާ
އަހުމަދުބެ
12 March 2018
الحمد لله . ސަލާމަތް ވި ޑރ ރިޒާނާ އަބްދުﷲ ގެ ހާއްސަ އިންޓަވިޔު އެއް ގެނެސް ދިނުން ވަރަށް ބޮޑަށް އެދެމެވެ. އޭގެ ސަބަބުން ދަތުރުކުރާ ބަޔަކަށް ރަނގަޅު މައުލޫމާތު ކޮޅެއް ލިބިދާނެއެވެ.
ޢިބްރާހިމް
12 March 2018
ޢަލްހަމްދުﷲ . ޢުންމީދަކީ ތި ޑޮކްޓަރުގެ ޚިދުމަތް މިގައުމަށް އަވަހަށް ލިބުން