ކުރީގެ ރައީސް މުހައްމަދު ނަޝީދު: މަޝްވަރާގައި ބައިވެރިވެވޭނީ ސިޔާސީ ލީޑަރުން މިނިވަންކުރުމުން ކަމަށް ނަޝީދު ވިދާޅުވި. --ފޮޓޯ:ނަޝީދު އޮފީސް
18 ޖުލައި 2016 - 18:53
ސިޔާސީ ލީޑަރުން "ރަހީނުން"ގެ ގޮތުގައި ބައިތިއްބައިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަކަށް ނުގެންދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، ސިޔާސީ ޕާޓީތަކާ އެކު މާދަމާ މަޝްވަރާ ފަށަން ތައްޔާރުވެފައިވާ ކަަމަށް ސަރުކާރުން އިއުލާންކުރުމުންނެވެ.
ނަޝީދު ވިދާޅުވީ މަޝްވަރާގައި ބައިވެރިވެވޭނީ ލީޑަރުން މިނިވަންކުރުމުން ކަމަށެވެ.
Siyaasee leaderun raheenunge gothugai baithibaigen hama hama mashvaraa eh nuhingeyne. Mashvaragai baiveri veveynee leaderun minivan kurumun.
— Mohamed Nasheed (@MohamedNasheed) July 18, 2016
މަޝްވަރާއާ ގުޅޭގޮތުން ނަޝީދު ކުރެއްވި ޓުވީޓް:
ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމަށް 11 އަހަރުގެ ހުކުމެއް އިއްވާފައިވާއިރު އިއްތިހާދުގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ވަނީ ހަތަރު މަހަށް ޖަލަށް ލައިފަ އެވެ.
މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ލީޑަރުން މިނިވަންކުރުމަކީ މަޝްވަރާގައި ބައިވެރިވާން އެމްޑީޕީ އާއި އަދާލަތުން ކުރި ޝަރުތެވެ. އެކަމަކު ކުރިން އެ ޝަރުތަށް ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އެ ފުރުސަތު މިހާރު އޮތް ކަމަށް މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީ އާއި އަދާލަތުގެ އަނެއް ޝަރުތަކީ އެ ދެ ޕާޓީ ވެސް ހިމެނޭ ގޮތަށް އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން މަޝްވަރާތަކުގައި ބައިވެރި ކުރުމެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އިއްތިހާދު ކިޔާ ޕާޓީއެއް ނުދަންނަ ކަމަށާއި އެ މީހުން މަޝްވަރާތަކުގައި ވެސް ބައިވެރިނުކުރެވޭނެ ކަމަށެވެ.
މަޝްވަރާއާ ގުޅޭގޮތުން ޝައިނީ މިއަދު ވެސް ވިދާޅުވީ ސަރުކާރުން މަޝްވަރާކުރާނީ ސިޔާސީ ޕާޓީތަކާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަން ބޭނުން ވަނީ ވަކިވަކި ފަރުދުންގެ މަސްލަހަތު ހިމާޔަތްކުރަން ކަމަށް ވިދާޅުވެ ޝައިނީ ފާޑުވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
وِلِ احمد
24 September 2016
ރައީސް عبدالله ޔާމީން ޢަބްދުލް ޤައްޔޫމައް ހެޔޮވިސްނުމާްއި ކެތްތެރިކަމާއި ޘާބިތުކަން الله މިންވަރު ކޮއްދެއްވާނދޭވެ آمين .
މާލޭބެއްޔާ
19 July 2016
އާނ ތިޔަވަރުގެ ތެދެއްނުބުނެވޭނެ....އެހެންވެގެން ސިޔާސީ ވެރިން ނަށް ޖަލުގެ ތޭރިތައް ކަށަވަރުވަމުން އެދަނީ ހެހެހެހެ ދޮގުހެދުމުގައި ހައްދެއްނެތް
ޢަބުދުﷲ
19 July 2016
ބަލަގަ މަނިކުފާނުނޫންތޯ މީހަކުރަހީންކޮށްގެން އަދަބުލިބިފަ ތިޔަހުރީ. ދެން މިހާރު ތިޔަހުންނެވީ އެތަކެއް ދޮގެއްހައްދަވައިގެން ރާއްޖެ ދޫކޮށް އަމިއްލައަށް އަރުވާލެވިގެން ތިޔަހުންނެވީ. ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީވަމުންދާގޮތް ފެނި ކެތްނުކުރެވިގެން ތި ވަޑައިގަތީ. މިސަރުކާރުން މިދަނީ ބުރިޖް އަޅަމުން، ޕާރކްތައް ހަދަމުން، ބަދަރުތައް ހަދާ ފެނާއި ނަރުދަމާގެ ނިޒާމް މުޅި ފާއްޖޭގައި ގާއިމް ކުރަމުން. ސަރުކާރުގއ ވަޒީރުންވަނީ ރައީސް އާއި އެކު.
ޝަރީ
19 July 2016
އަންނި އަކީ ސަޅި ރަށްޔިތުމީހާގެ ރައީސް އެވަރުގެ ރައީސެއް މިޤައުމަކަށް ނާންނާނެ ހާދަ ރަނގަޅީއްޔޭ ކޮންފަދަ އޯގާތެރި ރައީސް އެއް މީ ހަޤީގަތް ހަޖަމް ކޮށްލައްވާ ރައީސް ނަޝީދު އަޅުގަނޑުމެން މިތިބީ މަނިކްފާނުގެ އިންތިޒާރުގަ
ޕޮކަންޑި މޭން
19 July 2016
ލަންޑަނުގައި ވިލާތު އަންހެން ކުރިންނާއިއެކު ނިމިދިޔަ ރަމަޟާން މަހު ގޮނޑިރޭސް ޖެހިއިރު ހިއެއްނުވޭ ރަހީނުކޮށްފައިވާ މީހެއްހެން.
ހައިވް
18 July 2016
ކީކުރާ މަޝްވަރާއެއްތޯ؟ އިހްލާސްތެރިކަމުގެ ކަންފުޅެއްވެސް ޝައިނީ މެންގެ ފަރާތަކުންނުފެނޭ! އަނިޔާވެރިކަމަކުން އިހްލާސްތެރިކަމުގެ ކަންފުޅެއްވެސް ނުފެންނާނެ!
ހުސޭނުބެ
18 July 2016
ދޮގެއްނޫން ... އިތުބާރުއޮތް ބައެއް ނޫން ވެރިކުގަ ތިބީ އަކީ. ޢަންނަތަނުން ދަންކަންނެންގެ ޖައްސާނީ. އެވަރުވެފަ އެތިބެނީ...
ރާޖާ
18 July 2016
ގައިމު ބުނި ރައްޔިތުންނައްޓަކައި ކިތަންމެ ދުވަހެއްވެސް ޖަލުގަ އޮންނާނަމޭ
ސިގައްލާ
18 July 2016
ތީކީ އަހަރެމެން ދަންނަ ސައިނީ އެއްނޫން .ތިޔައީ ޓައިނީ
ރީކޯ
18 July 2016
މަދެން މި ބޭފުޅާއަށް ރަހީނު ކޮރާގޮތް ބުނެފިއްޔާ އެގޭނެބާ؟؟ އާނ މިބުނަނީ!!! އިރެއްގާ މިގައުމުގަ ވެރިކަމުގަ ހުރި އަންނި ކިޔާމީހަކު!!! އޭނަ މިގައުމުގެ ގާޒީއަކު 22 ދުވަސް ވަގަށް ނަގައިގެން އުޅުނު. ބޭފުޅާއައް ނޭނގޭނެތާ މިކަހަލަ ކަންތައްތައް، ބޭފުޅާ އުޅެނީ ޕްރެމިއަރ ލީގުގެ މެޗް ބެލުމާއި، ދޮން އަންހެން ކުދިން ލައްވާ ގޮނޑި ދުއްވުމުގެ މުބާރާތް ތަކުގަ ބައިވެރި ވާން ވިއްޔާ.