ގުރުއާނާބެހޭ މަރުކަޒު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
21 މާޗް 2018 - 13:55
ކީރިތި ގުރްއާނާ ބެހޭ ރިސާޗް ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރުމަށް ނިންމައި ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރްއާން އެންޑް އިސްލާމިކް ސައިންސަސް އާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު ސޫދާން ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ އަހުމަދު ސައީދު ސަލްމާނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ރިސާޗް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ގުރްއާނުގެ އިލްމު ފުޅާ ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ މިދިޔަ އަހަރު ސޫދާނަށް ޒިޔާރަތް ކުރައްވައި ގުރްއާނުގެ އިލްމު ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ސޫދާންގެ ޔުނިވާސިޓީ އޮފް ގުރުއާން އެންޑް އިސްލާމިކް ސައިންސަސް އަކީ 41،000 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ޔުނިވާސިޓީ އެކެވެ. އެ ޔުނިވާސިޓީން ތިން ގައުމެއްގައި އެ ފިލިއޭޓް މަރުކަޒުތައް ގާއިމްކޮށްފައިވެ އެވެ. އަދި 90 ގައުމަކާއެކު އެކިއެކި އެއްބަސްވުންތައް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުނާ
22 March 2018
ހުކުރު ހުތްބާ ވެސް ލިޔަނީ ވެރިކަން ދަމަހައްޓަން ރައްޔިތުންނަށް އޮޅުވާލަން............ތި ބުނާ ރިސާޗް ސެންޓަރުން ވެސް ރިސާޗް ކޮށްފައި ނިމޭއިރު ވެރިކަން ދަމަހައްޓަން ރައްޔިތުންނަށް މަޖުބޫރު ކަމަކަށް ނިންމާނެ.......
ޢަލިދީދީއައްޑޫސިޓީ
21 March 2018
ކީރިތި ގުރްއާނާ ބެހޭ ރިސާޗް ސެންޓަރެއް ނޫން މިވަގުުތު އެންމެ މުހިންމުވަނީ މިޤައުމަށް. އަހަރުމެނަށް ކީރިތި ޤުރުއާނުގައި ﷲ އަންގަވާފައިވާ ގޮތަށް ވެރިކަން ހިންގައި ޢަދުލު އިންސާފު ގާއިމުކޮށް ރައްޔަތުންގެ ޙައްޤު ރައްކައުތެރިކޮށް، އެޤުރުއާނުގައި ﷲ އަންގަވާފައިވާ އެންމެހައި ކަމެއް ދަސްކޮށް އުނގަންނައިދޭނެ ސެންޓަރެއް މުހިންމުވަނީ. ރާއްޖޭގެ ސްކޫލް ތަކުގައި ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ ކުދިންނަށް ކިޔަވައިދޭންވީ. އޭރުން މާދަމާ އޭގެ ފައިދާ ފެންނާނެ.
ތުއްތުނާ
22 March 2018
ވަރަށް ފުރިހަމަ ކޮމެންޓެއް..........
ތުނިޔަ
21 March 2018
ބަހުރެއިންގެ ހިލޭ އެހީގެ ދަށުން ހުރިހާ ރައްޔިތުންނަށް ބަހަން ޗާޕްކުރި މުސްޙަފް މާލްދީފް ކޮބައިތޯ؟ މިދިޔަ ރޯދަމަހު 15 އަހަރާ 38 އަހަރާ ދެމެދުގެ މީހުނަށް ދޫކުރާވާހަކަ އިއުލާންކުރި! ޢަޅުގަނޑު 3 ދުވަހު ގޮސްގެންވެސް ލިބޭވަރެއް ނުވި! ކަމާގުޅޭ ބޭފުޅެއްނެތިގެން.
ފަންޑު ދަވާ
21 March 2018
އާޚިރުގަ ތިވެސް ވާނީ ޒަކާތު ފަންޑުން ބޮޑު ލާރިގަނޑެއް ދަވާލުމުގެ ނިޔަތުގަ އަރުވާލި އަޑަކަށް.
އަބޫ ކެޓް
21 March 2018
ތިއަ ރިސާޗު ނިމޭއިރު ކީރިތި ގުރުއާނުގައި ވައްކަމާއި، ފޭރުމާއި ނަހައްގުން އަދަބުދިނުން އަދި މިއުޒިކާއި ހެދުން އެޅުންފަދަ ކަންކަމާއި ގުޅޭގޮތުން ފަސޭހަގޮތަކަށް ރައްޔިތުންނަށް އާޔަތް ސާރޗް ކޮއްލެވޭނެ ގޮތެއް ހޯދައިދީފިއްޔާ ކިތައްމެހާވެސް ރަނގަޅު. މިހާރު މިޖެހެނީ ސިޔާސީ ގޮތުން އަގުވެއްޓިފަ ހުންނަކޮންމެސް ޝޭހެއްކައިރީގައި އަހަން. އެމީހުން އާޔަތެއްދައްކާފައި ދެންދައްކާނީ ކޮންމެވެސް ހަދީސްއެއް، ދެންއެއްފަހު ކުރީ ޒަމާނެއްގެ މޮޅުވާހަކައެއް. އެހިސާބައްދާއިރު، ފުރަތަމަ ކީއާޔަތާއި ހުރިހާކަމެއް ހުންނާނީ ދިމާއިދިކޮޅަށް ޝޭހައް އެވަގުތެއްގައި ފެންނަގޮތަކަށް ބަދަލުވެފައި.
ޝިޔާމް
21 March 2018
ޝޭހުން ދައްކާ ވާހަކަ ޤަބޫލް ނުކުރެވޭ މީހުން އިސްލާމްދީން އުނގެނުން ކިހިނެތްވާނެތަ؟ އިސްލާމްދީން އުނގެނުން އެއީ ވަކި ބަޔަކަށް އޮތް ކަމެއް ނޫން.
ޢަހޫ
21 March 2018
މިގައުމުގައި ހަދަންވީ ކޮރަޕްޝަނާއި، ވައްކަމާއި، ފޭރުމާއި، މީހުންގެ މުދަލަށް އަރައިގަތުމާއި، އަނިޔާވެރިކަމާއި، އަދުރުއިންސާފު ނެތިކޮށްލުމާއި ބެހޭ ކަންތަކަށް މަގުފަހިކުރުވާ ކަހަލަ މަރުކަޒެއް