ފާރިސް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 މާޗް 2018 - 18:53
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހަވީރުގެ ވަގުތެއްގައި ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ފާރިސް ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކަމަށް ވިއަސް ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ރޭ މުއްދަތު އިތުރުކޮށްދީފަ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަަހުގެ ތެރޭގައި ފާރިސް އެންމެ ފުރަތަމަ ހައްޔަރުކުރީ މަޖިލީސް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ހައްޔަރުކުރުމަށް ފަހު އޭގެ ފަހުން ދެ ތިން ފަހަރެއްގެ މަތިން ފާރިސް ދޫކޮށްލި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
22 March 2018
މިފަކީރަށް ހާލެއްއެބަޖައްސާ އެއްގޮތަކުންނުވިއްޔާ އަނެއްގޮތަކުންވެސް ތިޔަބުނާ ސިއްސުވާލި ހުކުމް އައުމުގެ މާކުރިންވެސް އެފަކީރު އޮތީ ޖަލުގާ ތިޔަކުރާ ހިތްވަރަށް ނިކަމެތި އަޅުގަނޑު ސެލިއުޓްކުރަން
ދަރަނިބޯ
22 March 2018
މިއަށް އަދުލުއިންސާފު ކިޔަން ކުޑައިކޮށް ލަދުގަނޭ ޖުޑިޝަރީގާތުގަ ހަމަބުނެލީ އެކަމަކު ވަރަށް ހިނިއާދޭއެބަ ހަހަހަހަ