ކުޅިވަރު / ގައުމީ ވޮލީ ޓީމް

ގައުމީ ވޮލީ ޓީމުގެ ކެޕްޓަނަކަށް ލޯންގޭ ހަމަޖައްސައިފި

ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން ލޯންގޭ (ކ) އާއި ވައިސް ކެޕްޓަން ހުޒާންޓެ.-- ފޮޓޯ: މިހާރު

މި މަހު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖެއްސިއިރު، ޓީމުގެ ވައިސް ކެޕްޓަނަކީ އަލީ ހުޒާމް (ހުޒާންޓެ) އެވެ.

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އޭވީސީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު ވެސް ވަނީ އިއުލާންކޮށްފަ އެވެ. މި ފަހަރުގެ ޓީމަކީ މި ފަހަކަށް އައިސް ނިސްބަތުން ނެގި ގައުމީ އެންމެ ޒުވާން ވޮލީ ޓީމެވެ. ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރާއި 25 އަހަރެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑުގައި މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ ހުޒާންޓެ، އާދަމް ފައިރޫޒް، ލޯންގޭ، އަލީ މައުރޫފް (މާއްޓެ)، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަހުމަދު ޝިމާއު، އަހުމަދު އަނިލް، ޖަވާމް އަލީ، މުހައްމަދު މިމްރާހު، ޝުއައިބު އަބްުދުލް ލަތީފް، މުހައްމަދު މިމްރާހު ހަސަން، އާދަމް ނަސީމް (އެޑަމް) އަދި މުހައްމަދު ނައީމް އެވެ.

ޓީމުގައި އަލަށް މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ ޝުވައިބާއި މިމްރާހު، ޝިމާއު އަދި ނައީމް އެވެ.

މި ފަހަރުގެ ކެޕްޓަނަކަށް ލޯންގޭ ހަމަޖެއްސިއިރު އޭނާ އަކީ ޓީމުގައި މި ވަގުތު ހުރި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ އެވެ. ލޯންގޭ އަންނަނީ މެދުކެނޑުމެއްނެތި 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖެއްސި ހުޒާންޓެ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ.

ގައުމީ ޓީމުގެ ކެޕްޓަނަކަށް އެންމެ ފަހުން ހުރި އިޝާން މުހައްމަދު (ބަޓިސް) ވަނީ ޓީމުން ރިޓަޔާކޮށްފަ އެވެ. މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ.

ގައުމީ ޓީމަށް ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ކުޑަކާއްޓޭ މި ފަހަރު ޓީމުގައި ނުހިމެނުނީ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުން ޓީމާ ދުރުގައި ހުންނަން ޖެހުމުންނެވެ.

ރޭ ސްކޮޑު އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މިހާރު

- 98 ޕަސެންޓް ހާޒިރީ ރެކޯޑެއް

މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށާއި އޭގެ މަގްސަދަކީ ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި ކާމިޔާބީ ދެމެހެއްޓޭނެ ވަރުގެ ޓީމެއް ބިނާކުރުން ކަމަށެވެ.

މި ފަހަރު ނިސްބަތުން އާ ކުޅުންތެރިންނާ އެކު ރަނގަޅު ސްކޮޑެއް އެކުލަވާލާފައި އޮތްއިރު، މުބާރާތުގެ ކުރިން ބޭއްވި ޓްރެއިނިންތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވީއޭއެމުން ބޭނުންވި ވަރުގެ އެއްބާރުލުމެކެވެ.

"ކާމިޔާބުގެ ފެށުމަކީ ރަނގަޅު އަހުލާގެއްގައި އޮވެގެން ފެށުން. މި ފަހަރު އެކަން ފެނިއްޖެ 98 ޕަސެންޓް ހާޒިރީ ހުރިހާ ކުޅުންތެރިންގެ ވެގެން ހާސިލްކުރުމަކީ ރެކޯޑެއް. ދިވެހި ދިދަ އަށް ކުރާ އިހުތިރާމާ އެއްވަރުގެ ކާމިޔާބެއް ހޯދަން ކުރާ މަސައްކަތުގެ ރަނގަޅު ފެށުމެއް ޕްރެކްޓިހުގައި ވެސް މި ފެނުނީ. އެންމެ ފަހު މުބާރާތުގައި އަހަރެމެން އޮތީ ހަތަރު ވަނައިގައި. މި ފަހަރު އެ އަށް ވުރެ ރަނގަޅުވާނެ،" ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވި އެވެ.

ވީއޭއެމުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވީ ކުޅުންތެރިންގެ ހާޒިރީ ފެނުމުން ކުޅުންތެރިންގެ ހިތުގައި މި ކަންކުރުމަށް އޮތް އަޒުމު ފެނިގެން ގޮސްފިކަމަށެވެ.

"ގައުމު ތަމްސީލުކުރުމަކީ ކުޅިވަރުގައި ލިބޭނެ އެންމެ ބޮޑު އުފާ. އެ ފަދަ އުފަލެއް އަދި ފަހުރެއް ހޯދަން ތި ކުޅުންތެރިން ތި ފެށީ ފުރިހަމަ ކަމާ އެކު. (ޕްރެކްޓިހަށް) 98 ޕަސެންޓް ހާޒިރީ އަކީ ވަރަށް ރަނގަޅުވުން. އަޅުގަނޑުމެންގެ ކުޅިވަރުގެ ބައްޕަ މުހައްމަދު ޒާހިރު ނަސީރު އަކީ ވެސް ވަރަށް ވަގުތަށް ކަމޭހިތާ ބޭފުޅެއް. އޭގެން އަޅުގަނޑުމެން ވެސް މިސާލު ނަގަންވީ. އެކަން ތި ކުޅުންތެރިން ވެސް ދައްކައިތިދިނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

މަރޭ ވިދާޅުވީ ރާއްޖޭގެ ވޮލީ މިހާރު އޮތީ ބޮޑު ކާމިޔާބީއެއް ހޯދުމުގެ މިސްރާބުގައި ކަމަށާއި އެކަން ހާސިލްކުރެވޭނެ ފެންވަރު އެބަހުރި ކަަމަށެވެ.

"އަހަރެމެން ތަޖުރިބާ ނޫނީ ދަސްކުރުމުގެ ބައިތައް މިހާރު ގޮސްފި. ވަކި ކަންތައްތަކެއް ނުކޮށްދެޔޭ ފުރިހަމަނުވެޔޭ ކިޔާފައި ކުރާ ޝަކުވާތައް މިހާރު އެއް ފަރާތް ކޮށްލަން ޖެހޭ. ދެން ވިސްނަންވީ އެންމެ ކަމަކަށް ކާމިޔާބު ހޯދަން. އަހަރެންގެ ވިސްނުމުގައި މިހާރު މި އޮތީ ރަނގަޅު ޓީމެއް. ވަރަށް ރަނގަޅު މުބާރާތްތަކެއް މި އަހަރު އެބައޮތް. އޭގެ ތެރެއިން ގޮސް ކުރިއަށް އޮތް ދޮޅު އަހަރުތެރޭގައި މި ޓީމަށް ކާމިޔާބު ނުހޯދޭނެ އެއްވެސް ސަބަބެއް ނެތް،" މަރޭ ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ކަންތައްތައް ބެލެހެއްޓުމަށް މިދިޔަ އަހަރު ވަނީ ފިޓްނަސް ޓްރެއިނަރަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ހަމަޖައްސައިފަ އެވެ. ހާނިމް ވިދާޅުވީ ބުނީ ރަނގަޅު ޓީމް ވޯކަކާ އެކު ވޮލީ ޓީމު މިހާރު އަމާޒު ހިފަންވީ ރަން ވަނަ އެއް ހޯދުމަށް ކަމަށެވެ.

ސްކޮޑު އިއުލާންކުރިއިރު މި ފަހަރު ގަަވައިދުން ޕްރެކްޓިހުގައި ބައިވެރިވި އެހެން ނަމަވެސް ތިން ކުޅުންތެރިއަކަށް ވަނީ ހިތްވަރު ދީފަ އެވެ. އެ ތިން ކުޅުންތެރިންނަކީ ޝަންވާޒް އަބްދުﷲ، އިއުޖާޒް މުހައްމަދު އަދި ޔޫސުފް ޝައްމާން އެވެ.

ބަންގްލަދޭޝްގައި މި މަހު 19 އިން 26 އަށް އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ދިއުމުގެ ކުރިން އަންނަ ހުކުރު ދުވަހު ގައުމީ ޓީމު ފުރާނީ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ތައިލެންޑަށެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުވައްމުލަކުކަތީބު

04 April 2018

ބަހަނާ ދައްކާފަ ސީނިއަ ޓީމަށް ނުކުޅެ ގޮސް ބީޗު ވޮލީ ޓީމައެކީ މުބާރާތަށް ދެވޭ. އެސޯސިއޭޝަން އަދި ކުޅިވަރު މިނިސްޓަރީ އިން އބަ ޖެހޭ މިކަހަލަ މީހުން ސަސްޕެންޑު ކުރަން

The name is already taken The name is available. Register?

ބީތާ

05 April 2018

އެވެސްހަމަ ގައުމު ތަމްސީލުކުރަނީނު ވާނުވާ

The name is already taken The name is available. Register?

ރަދީފް

04 April 2018

ގުޑް ލަކް.މަރޭ މިކަމުގަ އުޅޭނަމަ ރަނގަޅު ވާނެ.އެހެނީ އޭނަ އެއީ ހުރިހާ ކަމެއް ދަންނަ ދިވެއްސެއް.ވ.ވެދުން

The name is already taken The name is available. Register?

ފާގަ ހަސަނާ

04 April 2018

ކޮބާ ފާޒިލް !

The name is already taken The name is available. Register?

ޢަހުސަނު

04 April 2018

ޢަހުލަޤި މައްސަލައެއްގައި ފާޒިލް ޓީމުން ކަނޑާލީ.

The name is already taken The name is available. Register?

ފާގަދިޔަ

04 April 2018

ކަލޯ ފާގަ ހަސަނާ މިހާރު ގައުމީ ޓީމަކަށް ނާރާނެ ހަމައެކަނި ހުނަރެއް ހުރެގެން. އަހުލާގީ ފެންވަރު ބަރަބަރުވެގެން އަރާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454