ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ލޯންޗުގައި. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
06 އެޕްރީލް 2018 - 19:10
ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލައި، ޖަލުގައި ހުންނަވާތާ ދެ މަސް ދުވަސް ވީރު ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހިތްވަރުފުޅަށް ކުޑަ ވެސް ބަދަލެއް ނާންނަ ކަމަށް އެ މަނިކުފާނުގެ އޮފީހުން މިއަދު ބުނެފި އެވެ.
މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މައުމޫން އެދިވަޑައިގަންނަވަނީ ރައްޔިތުން އިސްލާހީ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް ކަމަށެވެ. އަދި އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދަ މިގައުމުން ފޮހެލަން ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމަށްޓަކައި އުފާކުރައްވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެ މަނިކުފާނާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށްގެން، އެކަހެރިކޮށް ބޭތިއްބުމަކުން، އެ ބޭފުޅުންގެ ހިތްވަރަށް ކުޑަ ވެސް އުނިކަމެއް ނާންނަކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮވެ އެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކުރައްވާ ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން، ގައުމުން އަނިޔާވެރިކަން ފިލުވައި، އަމާން އައްސޭރިއަކަށް ވާސިލްވުމުގެ މަގު އޮތީ ނުހަނު ގާތުގައި ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ،" ނޫސްބަޔާނުގައި ބުނެފައިވެ އެވެ
އޭގައި ބުނެފައިވާ ގޮތުގައި މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ލިޔުންތައް ލިބުނުއިރު، ޓެރަރިޒަމްގެ އަމަލެއް މައުމޫން ހިންގެވި ކަމަށް ބުނާ އެއްވެސް އަމަލެއް ދެއްކިފައި ނެތް ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތުވުމަށްޓަކައި އަމަލެއް އެއީ ފުރިހަމަވާން ޖެހޭ ރުކުނެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އެ ވަރުގެ މުހިންމު ކަންކަން ފުރިހަމަނުވާއިރު ވެސް ރައީސް މައުމޫންގެ މައްޗަށް ދައުވާއެއް އުފައްދައިގެން އުޅެނީ، ސަރުކާރުން އެމަނިކުފާނުގެ މަސައްކަތާ މެދު ޖެހިލުންވާތީ، އިސްލާހީ މަސައްކަތް ހުއްޓުވުމަށެވެ. ނަމަވެސް ރައީސް މައުމޫން ހުރީ އެ މަސައްކަތް ހުއްޓާލައްވާ ގޮތަކަށް ނޫނެވެ. ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ މި ދައުވާއަކީ، ސިޔާސީ ކުލަޖެހިފައިވާ، ދައުވާއެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނަ
06 April 2018
މަނިކުފާނުންގެ ކެއްތެރިކަމާ ހިއްވަރުފުޅައް ސާބަސް އަޅުގަނޑުމެން ދިވެހިންގުޅިގެން މިކުރާއިސްލާހީމަސައްކަތުގައި ބައިވެރިވެވަޑައިގެން ތިގޮތުގައި ހުންނަވާނެކަމައް އުއްމީދުކުރަން އިރާދަކުރެއްވިއްޔާﷲ މާގިނަދުވަހެއްނުވެ އަޅުގަޑުމެންގެ އިސްލާހީމަސައްކަތް ކާމިޔާބުވާނެ މިކޮމެންޓު ޖަހާލަދެއްޗޭ
އަހްމަދް.
06 April 2018
ސާބަހޭ: ހިއްވަރަށް ބަދަލެއް ނާއްނަ ޒައީމް! ހެހޭ:ކަނޑު ފައްތަން ގެންދިޔަ މީހާވެސް ހާދަހާ ހިއްވެރެއް ކުރިޔޭ. އެމީހާވެސް ހަމަ ދެއްމެ ދެއްމެ ކަނޑު ފައްތާލަފާނެހެން ހީވާ ކޮއްމެ ފަހަރަކު ބުނީ ކީކޭތޯ؟ އަދި ކުޑަކޮށް ބޭރަށް ޖާހަލާށެވެ. އަދިކުޑަކޮއް ބޭރަށް ޖަހާލާށެވެ.
ޒިންދަގީ
06 April 2018
އަރުވާލެވިގެން ޖަރުމަނުގައި ހުންނަވައިގެން، ދޮށީ ފިރިހެން ދަރިފުޅު ޖަލުގައި ހުންނަންޖެހުނަސް، އަދި ޓެރަރިޒަމްގެ ތުހުމަތުގައި އަމިއްލަފުޅަށް ޖަލުގައި ހުންނަވައިގެންވެސް މިކަމުން ދިވެހިން ސަލާމަތް ކުރުމަކީ ރައިސް މައުމޫނާއި ގާސިމްގެ ވާޖިބެއް..
ބަރުބާދު
07 April 2018
ނަޝީދުގެ ކިބައިން ގައުމު ސަލާމަތްކުރަން ވާޖިބުވެގެންވެސް އެންމެ ގަދަޔަށް އުޅުއްވީ ގާސިމާ މައުމޫން. ދެން މިހާރު ޔާމީންގެ ކިބައިން ހަމަ އެ ދެ ބޭފުޅުން އުޅެގެން ގައުމު ސަލާމަތްކޮށްފަ އެރުވޭނީ ދެން އެއަށްވުރެ ނުބައި ވެރިއެއް ނޫންބާ؟ އަޑުއަހާ ގޮތުން ދުނިޔެ ނިމެންދާ ވަރަކަށް ވެރިއަކަށް ފަހު ވެރިއަކު ނުލަފާވަމުން ދާނީ. ދެން ސަލާމަތެއް އެބައޮތްބާ؟
ފޮނިކަލޯ
06 April 2018
ތިޔައީ ޒައީމެ އަދު ޤައުމު ފަޚުރުވެރިވާ
ތިބޭދެން
06 April 2018
ހިތްވަރަށް ބަދަލެއް ނައިސް ތިބޭ ދެން އިނގޭތޭ. ބަދަލެއް ނައިސްގެން ކެއްކޭނެ ޑޮންޑޮނެއް އޮތް ކަމަށް މަމެން ނުދެކެމޭ ބުނަން މަމެން ނެތީމު ދޯ.
ކެޔޮޅު
06 April 2018
ކޮއްކޯފުޅު ވެރިކަމަށް ގެނެސްދޭން މުސްކުޅި އުމުރުގަ އެތަށް ރަށަކަށް ކެންޕޭނަށް ގޮސް އެތަށް ދަލެއް އޮހޮރުވާގެން މަސަކަތްކުރީމަ ލިބުނު އިނާމަކީ ޓެރަރިސްޓު ކަމުގެ ލަގަބު
އަލީ
06 April 2018
އަދި 30 އަހަަރަށް ތިހިތްވަރު ހުންނަން ރަނގަޅު 30 އަހަރުގެ ފޮނިރަހ ކެނޑެން އެހާދުވަސްނަގާނެ. އެއިރުން އަދި ހެޔޮވިަސްނުން އަންނަން ފަށާނީ
އަސްލުވެސް
06 April 2018
ސާބަހޭ ރައީސް މައުމޫން. މަނިކުފާނަކީ ދިވެހި ގައުމުދެކެ ލޯބިވާ އަދި ދިވެހި ޤައުމުގެ ފަޚުރުވެރި ބަތަލެއް.
ޢަކޫ
06 April 2018
ޙިތްވަރު ކޮށްކޮށް ދެން ހުރެބަަލަ ރައްޔިތުންނަށް އުނދަގޫ ނުކޮށް.
ސެލް12
06 April 2018
ކާކުތަ ބުނީ މައުމޫނުގެ ހިތްވަރަށް ބަދަލު އަތުވެއްޖެއޭ. އަމިއްލައަށް ތިހެން ތިކިޔަނީ މައުމޫނުގެ ވާހަކަތައް މިދުވަސްކޮޅު މާމަދުވެފައި ތަރައްގީގެ ވާހަކަ އަޑުގަދަވުމުން، ހަގީގައުގައި ހިތްވަރެއްނެތަސް އިހަށް ހަމަ ގޮޅީގައި އޮތުން ނޫންގޮތެއް ނެތެވެ.