ފުލުހުން މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތިތަކެއް-- ފޮޓޯ: ޕޮލިސް
18 އެޕްރީލް 2018 - 18:54
އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް ދުބާއީގެ ފުލުހުން އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ދިވެހި ފުލުހުންނާއި ދުބާއީގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
Dhivehi fuluhunnai Dubai fuluhun gulhigen hingi operation ehgai dhivehsaku 1KG masthuvathekehcha eku fuluhunge belumuge dhashahgenevi, mi massala Dubai fuluhun annany thahgeegu kuramun.
— Maldives Police (@PoliceMv) April 18, 2018
ފުލުހުންގެ ޓުވީޓް
އެ މީހާ ހައްޔަރުކުރި ދުވަހެއް ގައުމެއް އަދި އޭނާގެ އެއްވެސް މައުލޫމާތެއް ދެ ގައުމުގެ ފުލުހުން ވެސް އަދިއެއް އާންމެއް ނުކުރެ އެވެ.
ދިވެހި ފުލުހުން ބުނިގޮތުގައި، އެ މައްސަލަ ތަހުގީގު ކުރަނީ ދުބާއީގެ ފުލުހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮގާބޭ
19 April 2018
ކެޔޮޅު ގެ ކަމަކަށް ވާތީ ހާމަކުރެވެންނެތީ ހާމަ ވާއިރު އެއި އޭނާ ޒިއްމާވާން ޖެހޭ އެއޗެއް ނޫންކަމަށް އޮއްނާނީ ހުކުމް ލިއެވި ނިމިފައި ބަލަށްތިބޭ.
ވޮލަންޓިއަރު
19 April 2018
އިންޓަނޭސަނަލް ފެންވަރުގަ މިހާރު ވަރަށް ކުރީގަ ރާއްޖެ މިއުޅެނީ، މީ ހިތާމަ ހުރި ކަމެއް. މިކަހަލަ އެތައް ޑްރަގް މައްސަލަ ނޫސް ތކުގެ ސުރުހީ އަށް ނާރާ ވެސް އެބަ ހިގާ.
ޒުންނޫރާން
19 April 2018
މިޤައުމު ހަލާކުކުރީ މޯޑްގެ ނަމުގަ ކޮމެންޓް ކުރައްވާފައިވާ ބޭފުޅާހެން ހާދަ ހީވެޔޭ!!
ޖަންޖަބީރު
19 April 2018
އެހެންވީމާ ދިވެއްސަކައް މަރުގެ ހުކުމް އައިސް ތަންފީޒު ވާ ދުވަސް ކައިރި ވެއްޖެ
މޭނާ
19 April 2018
ކަޅު ފޮށިަހha ha
މެންޓަލިސްޓް
19 April 2018
ޑްރަގް ވިޔަފާރިއަކީ ދުނިޔޭގައި އަދި ހުއްޓެން އޮތްއެއްޗެއްނޫން ، އެކަން އަދިވެސް ދާނީ ހަމަކުރިއަށް ،،، މިހާރު ބައެއް ޔޫރަޕް ގައުމުތަކުގައި މެރުޖުއާނާ އަކީ ހުއްދައެއްޗެއް ،،،، ބައެއްތަންތާންގައި ފާރމަސީތަކުންވެސް ލިބޭގޮތްހެދި ،،، އެހެންހެދީމައި އެއްކަލަ ބްލެކްމާރކެޓް ގެއްލި ޑީލަރުން މަދުވެގެން ދިއައީ ،،، ޑީލަކުރަނީ އޭގެން ނުލާހިކު ބޮޑު މާލީ ފައިދާވާތީވެ ،،،، މިހާރު ސައޫދީ ތަންތާގައި ޓެބް ކެއުމަކީވެސް ވަރަށް އާންމުކަމެށް ،،، އެއީ އެކިހިސާބުތަކުގައި ،، އަފްގާނިސްތާނަކީ އެންމެގިނައިން އެހައްދާ އެއްތަން ،،،، އިންޑީޔާގެވެސް އިޑްކީ އަކި އެކަހަލަ ތަނެށް ،،، ރާއްޖޭގައިވެސް ހޭޝް އޮއިލްއަކީ ވަރަށް ގިނަމީހުން ބޭނުންކުރާ އެއްޗެއް ،،، ކުރީގައި ބޭނުންކުރީ އަފިހުން ،،، މީއިންސާނީ ތާރީޙްއާޢި ގުޅިފައި ހުރިކަމެށްކަން ސާބިތުވޭ ،،، މައައްސަލާމާ
މޯޑް
19 April 2018
މިގައުމު ހަލާކުކުރީ ކެނެރީގޭ މުގާބޭ އައްނި..ބޮވެން ޖެހޭނެ ކަމަށް ހަރުއަޑުން މީޑިޔާ ތަކުގަ އަނގަ ފުޅާކޮށްފަ ވާހަކަ ދެއްކީ...އެކަމް މިއަދު ވެސް އޭނަވަރުގެ ވެރިޔަކު ނެތިގެން ބަޔަކު އެއޮއްގެން ބަރަހަނާ ވަނީ.
ހަލާކް
19 April 2018
ކޮންމެ މީހަކުވެސް ހަލާކުވާނީ އެމީހަކު އަމިއްލައަށް
ފަހީމާ
19 April 2018
ޢަންނި އެހެން ބުނި އިރު ރާއްޖޭގަ މަސްތުވާ އެއްޗެއް ނެތްބާ
ކެނެޑީ
18 April 2018
އަޅުގަނޑަށް ފެނޭ ދިވެހި ފުލުހުން ދުބާއީ ފުލުހުންނަށް ޓްރެއިނިންގ ދޭންވެސް
ވިސާ
18 April 2018
އެއޮތީ ވިސާ އޮން އެެރައިވަލް ލިބިފައި!
ޖެނީ
18 April 2018
މިކުޑަކުޑަ އާބާދީ އެކުލެވޭ މިގައުމުގެ މީހަކު މީގެ އެތިކޮޅާކާހެދި ހައްޔަރު ނުކުރާ ގައުމެއް މިހިސާބަކުނެތޭ. ކީކޭތޯ ދަންނަވާނީ. އެއްޒަމާނެއްގަ އަޅުގަޑުމެންމީ ބައިސިލްވެސް ތަޅުނުލާ އުޅުނުބައެއް. މިހާރު ކިހިނެތް މިވަނީ. މިގައުމު ހަލާކު ކުރީ މިގައުމުގެ ވެރިން އެއްވެސް ޝައްކެއްނެތް. އަމިއްލަ އެދުމާހެދި ފޯވެފާތިބި ސިޔާސީވެރިން.