އިންޑިއާގައި ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ އިހުތިޖާޖްތައް ވަނީ ކުރިއަށް ގެންގޮސްފައި. --ފޮޓޯ:އޭއެފްޕީ
22 އެޕްރީލް 2018 - 11:05
ނިއު ދިއްލީ (އެޕްރީލް 22) - އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.
އިންޑިއާގެ ގާނޫނުލް އަގޫބާތަށް ބަދަލު ގެންނަނީ އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ.
ކަޝްމީރުގައި އަށް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލުމާ ގުޅިގެން މުޅި އިންޑިއާގައި ދާދި ފަހުން ވަނީ އިހްތިޖާޖްކޮށްފަ އެވެ. ކުޑަ ކުދިން ރޭޕް ކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާތީ އިންޑިއާ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ކަޝްމީރުގެ ކަތުއާގައި އަށް އަހަރުގެ މުސްލިމް ކުއްޖާ ރޭޕްކުރުމުގައި ވަނީ ވެރިކަންކުރާ ބީޖޭޕީގެ ސީނިއާ ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
އިންޑިއާގައި ބައެއް ކުށްކުށަށް މަރުގެ އަދަބު ދެ އެވެ. ނަމަވެސް ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް އަދި މަރުގެ ހުކުމް ތަންފީޒް ކޮށްފައެއް ނުވެ އެވެ. ދެހާސް ބާރަ ވަނަ އަހަރު މުޅި އިންޑިއާ ސިއްސުވާލި ރޭޕްގެ ހާދިސާގައި ކުށްވެރިވި ހަތަރު މީހަކަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެކަމަކު މިހާތަނަށް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. ދިއްލީގެ ބަހެއްގައި 23 އަހަރުގެ ދަރިވަރަކު ރޭޕްކުރުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ވަނީ މަރުވެފަ އެވެ.
އިންޑިއާ އަކީ މަރުގެ ހުކުމް މަދުން ތަންފީޒު ކުރާ ގައުމެކެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ތެރޭ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ ތިން މީހަކަށް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 19،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 50 މައްސަލަ އެވެ.
ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމާފައި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓި ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއްގަ އެވެ. ސޯޅަ އަހަރުން ދަށުގެ ކުދިންނާއި އަންހެނުން ރޭޕްކުރާ މީހުންނަށް ދޭ ޖަލު ހުކުމުގެ މުއްދަތު ވެސް ވަނީ އިތުރު ކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްކުޅިން ރޭޕްކުރާ
23 April 2018
މުސްކުޅިން ރޭޕްކުރާ މީހުންނަަށް މަރުގެ އަދަބު ދެނެބާ؟
ޝިޔާމް
22 April 2018
12 އަހަރުން މަތިވީމާ ރޭޕްކޮށް މަރާލިޔަސް އޯކޭއޭތަ ތިޔަ ބުނަނީ؟
އައިސް
22 April 2018
ހައްލަކީ އިސްލާމްދީން
ހައްލަކީ އިންސާފު
23 April 2018
ހައްލަކީ އިންސާފު އަދިވަރުގަދަހުކުމް
ރާއްޖެ
22 April 2018
ބޮލީވުޑް ފިލްމް ތަކުގެ އަސަރު އިންޑިއާ އިން ތި ފެންނަނީ. ހާއްސަކޮށް ކުރީގެ ކޮންމެ ފިލްމަކުން ފެންނާނެ ނުބައި މީހާ ބޮޑު ގޭންގް ހަދާފައި އަންހެން ކުއްޖަކާ ދިމާކުރާތަން. ހަމަ ރަގަޅަށް ބަލި ޖެހިފަ ތިބި ބައެއް،... ރޭޕް ކުރާ އެންމެންނަށް މަރުގެ އަދަބުދޭން ޖެހޭނެ. މިހެން ވެގެން އަހަރެމެންގެ ދީން އެންމެ ފުރިހަމައޭ ބުނަން ޖެހޭނީ. ހިތާމައަކީ ފޮލޯ ނުކުރާކަން.
އަހުމަދުބެ
22 April 2018
100 ޕަސެންޓް ރާއްޖޭގައި މަރުގެ އަދަބު ނުދެވިގެން މިއުޅެނީ ކޮން ސަބަބަކާ ކަން ރައްޔިތުން ވިސްނާލުން ބުއްދިވެރިއެވެ. ވެރިކަމުގެ ބާރުތައް އަންނަނީ ރައްޔިތުން ގެ ފަރާތުންނެވެ. ރައްޔިތުންގެ ވެސް ޒިންމާ ތަކެއް ވެއެވެ.
މުސާފިރު ޚާނާ
22 April 2018
އަޅުގަޑަށް ފެންނަނީ ޑަބްލިއު އެޗް އޯގަ ދަންނަވައިގެން އިންޑިއާ ޕާކިސްތާނު މީހުންނަސް ޚާއްސަ ވެކްސިނެއް ދޭން. އޭރުން އެކަހަލަ ހުރިހާ ކަމަކުން ސަލާމަތްވެ އާބާދީވެސް މަދުވާނެތާ.
ލޮލްލް
22 April 2018
ހަހަހަހަ އަސްލުވެސް ތިހެން ހަދަން ވެއްޖެ.
ހަސީނާ ބަލޯ
22 April 2018
އަދި ބަންގާޅުދޭޝް ވެސް