އެމިރޭޓްސްގެ ހޯމް ޗެކް-އިން ސާވިސް ދޭ އެޖެންޓުންތަކެއް.
01 މެއި 2018 - 06:26
އެމިރޭޓްސް އެއާލައިނުން ދަތުރުކުރާ މީހުންނަށް، ގޭގައި ތިބެގެން ފޮށިތަންމަތި ޗެކިން ކޮށް ބޯޑިން ފާސް ވެސް ލިބޭ ހިދުމަތެއް އެ އެއާލައިނުން ފަށައިފި އެވެ.
ހަމައެކަނި ދުބާއީގައި ޓެސްޓްކުރަމުން އަންނަ މި ހިދުމަތަކީ ފުރާ މީހާ ހުރިހާ ތާކަށް އެމިރޭޓްސްގެ އެޖެންޓުން ގޮސް، ލަގެޖްތައް ކިރައި، ބޯޑިން ފާސް ވެސް ދޫކުރާ ގޮތަށް ދޭ ހޯމް ޗެކް-އިން ސާވިސް އެވެ. މި ހިދުމަތަށް އެމިރޭޓްސްގެ ވެބްސައިޓް މެދުވެރިކޮށް އެދެވޭނެ އެވެ. އެކަމަކު އެއީ ފުރުމުގެ 12 ގަޑިއިރު ކުރިން ކަމަށް ވާން ޖެހޭނެ އެވެ. އަދި ހިދުމަތަށް ފީއެއް ވެސް ދައްކަން ޖެހޭނެ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރާ މީހާގެ ލަގެޖް ހަތަކަށް ވުރެ މަދު ނަމަ ދައްކަން ޖެހޭނީ 350 ދީނާރު (1،473ރ.) އެވެ. އަދި ލަގެޖްގެ އަދަދު ހަތަކަށް ވުރެ ގިނަ ނަމަ އިތުރުވާ ކޮންމެ ލަގެޖަކަށް 35 ދީނާރު (147ރ.) ދައްކަން ޖެހޭނެ އެވެ.
އެމިރޭޓްސް އިން ބުނި ގޮތުގައި ހޯމް ޗެކް-އިން ސާވިސްއަކީ އެއާލައިންގެ ހިދުމަތް ހޯދާ ފަސިންޖަރުންނަށް ވީހާ ވެސް ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތް ފަހިކުރުމަށް ފެށި ހިދުމަތަކެވެ. އެއާޕޯޓްގައި ޗެކިން އަށް ކިޔޫގައި ތިބެން ނުޖެހި، އެތައް ވަގުތެއް މިކަމުން ސަލާމަތް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީކޭކޭ
01 May 2018
ގޮތުގައި ފުރާ މީހާގެ ލަގެޖް ހަތަކަށް ވުރެ މަދު ނަމަ ދައްކަން ޖެހޭނީ 350 ދީނާރު (1،473ރ.) އެވެ. އަދި ލަގެޖްގެ އަދަދު ހަތަކަށް ވުރެ ގިނަ ނަމަ އިތުރުވާ ކޮންމެ ލަގެޖަކަށް 35 ދީނާރު (147ރ.) ދައްކަން ޖެހޭނެ އެވެ. (ވާނުވާއެއްނޭންގުނު! ހަތަކައްވުރެމަދަސް ޗާޖުކުރެ ހަތަކައް ވުރެމަގިނަޔަސް ޗާޖުކުރެ! ވާނުވާއެއްއެބައިގޭތަ؟)
ނަދްވީ
01 May 2018
ދުބާއީގައި ބޭނުުން ކުރާ ފައިސާއަށްކިޔަނީ ދީނާރެއްނޫން، ދިރުހަމް.