އެމިރޭޓްސް އިން ބުނީ ޕާސްޕޯޓް ޗެކް ކުރުން ހަރުދަނާ ކުރާނެ ކަމަށް.
05 މެއި 2018 - 12:49
ދުބާއީ (މެއި 5) - އިނގިރޭސި ވިލާތުގެ މެންޗެސްޓާ އިން އިންޑިއާގެ ނިއު ދިއްލީ އަށް ފިރިމީހާގެ ޕާސްޕޯޓުގައި އަނބިމީހާ އެމިރޭޓްސްގެ ފްލައިޓެއްގައި ދަތުރުކޮށްފި އެވެ.
އިނގިރޭސި ވިލާތުގައި ވިޔަފާރި ކުރާ އިންޑިއާގެ އަންހެނެއް ކަމަށް ގީތާ މޯދާގެ ތިމާގެ މީހަކު ބުނީ ގީތާ އަށް އޮޅިގެން އެއާޕޯޓަށް ދިޔަ އިރު ގެންދެވުނީ ފިރިމީހާ ދިލިޕުގެ ޕާސްޕޯޓް ކަމަށެވެ. އޭނާ ބުނީ އެޕްރީލް 23 ވަނަ ދުވަހު ކުރި އެ ދަތުރުގައި ޗެކް-އިން ނުވަތަ އެމިރޭޓްސް ފްލައިޓަށް ބޯޑިން ކުރި އިރު ވެސް އެއްވެސް މީހަކަށް އެކަން ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް މޯދާ އަށް އެކަން އެނގުނީ ދިއްލީ އެއާޕޯޓުން ކަމަށް އެ މީހާ ބުނެފައިވެ އެވެ.
އެމިރޭޓްސް އިން ވަނީ އެ ހާދިސާ އަށް މައާފަށް އެދިފަ އެވެ. އަދި އެއީ އާއްމުކޮށް އޮންނަ މަތީ ފެންވަރުގެ ސްޓެންޑާޑް ފޮލޯ ނުކުރެވުމުން ދިމާވި ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އެއާލައިނުން ބުނީ އެ ހާދިސާ ތަހުގީގު ކުރާ ކަމަށާއި ސްޓާފުންނަށް އިތުރު ތަމްރީނު ވެސް ދޭނެ ކަމަށެވެ.
ފިރިމީހާގެ ޕާސްޕޯޓުގައި ދަތުރުކުރިކަން މޯދާ އަށް އެނގުނީ ދިއްލީ އެއާޕޯޓުގައި އިމިގްރޭޝަން ފޯމް ފުރަނިކޮށެވެ. އޭނާ އިންޑިއާ އަށް އެތެރެވުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. އަދި އެންމެ އަވަހަށް ދުބާއީ އަށް އޮތް ފްލައިޓަކުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ގީތާގެ އަސްލު ޕާސްޕޯޓް މެންޗެސްޓާ އިން ގެންނަންދެން އޭނާ ވަނީ ދުބާއީ އެއާޕޯޓުގައި އެއްދުވަސް މަޑުކުރަން ޖެހިފަ އެވެ. އޭނާ ދިއްލީ އަށް އަލުން ދިޔައީ އެހެން ފްލައިޓެއް ބުކްކޮށްގެންނެވެ.
ގީތާ ބުނީ އެއާލައިނުގެ ޗެކް-އިން ސްޓާފުންނަށް ޕާސްޕޯޓް ފާހަގަވި ނަމަ އޭނާގެ އަސްލު ޕާސްޕޯޓް ގެންނަހާ ވަގުތު އޮތް ކަމަށެވެ. އަދި ފުރުމުގެ ތިން ގަޑިއިރު ކުރިން އޭނާ މެންޗެސްޓާ އެއާޕޯޓަށް ދިޔަ ކަމަށް ބުންޏެވެ.
މެންޗެސްޓާ އެއާޕޯޓުން ބުނީ އައިޑެންޓިފިކޭޝަން ޗެކްކުރުމަކީ އެއާލައިނުގެ ޒިންމާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
05 May 2018
ޕާސޕޯޓް ޗެކުކުރަނީ އެއަރލައިނުންތަ ؟ އެއީ އިމިގްރޭޝަން އޮފިސަރުންގެ ކަމެއްނޫންތަ ، މިކަހަލަ ހަމަނުޖެހޭ އެއްޗެހި ނުލިޔާތި
އެޑްމުން
06 May 2018
އެޑްމުންޑޯ ރާއްޖެ އިން ބޭރަށް ނުދަނީތޯ ދުވަހަކު ވެސް. ޕާސްޕޯޓް ފުރަތަމަ ޗެކް ކުރާނީ އެއާލައިނުގެ ކައުންޓަރުން.