ހުޅުމާލޭގައި އަލަށް އެޅި ފްލެޓްތައް. އެތަނުގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށާފައި-- މިހާރު ފޮޓޯ: ހުސެން ވަހީދު
05 މެއި 2018 - 11:38
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، ކިޔޫގައި ނުޖެހި ވީހާ ވެސް ފަސޭހަ އިން ފޯމު ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އަޅާ 7،000 ފްލެޓް 12 ކެޓަގަރީއަކަށް ޚާއްސަކޮށް، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މާދަމާ ފޯމު ދޫކުރަން ފަށާނެ އެވެ. އެކަމަށްޓަކައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއުގެ ތަފްސީލުތައް ހިއްސާކުރައްވާނެ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ވިދާޅުވީ މީގެކުރިން ފްލެޓް މަޝްރޫއުތަކަށް ހުޅުވާލުމުން، ފޯމު ނަގަން ދިގު ކިޔޫއެއްގައި ޖެހުނަސް މިފަހަރު މުޅިން ތަފާތުވާނެ ކަމަށެވެ. ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް، ކިޔޫގައި ނުޖެހި ފަސޭހަ އިން ފޯމު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފޯމު ދޫކުރުން މިފަހަރު ކުރިއަށް ގެންދާނީ، ބޭނުންވާ މައުލޫމާތު ވެސް ދަރުބާރުގެ އިން ފޯރުކޮށްދޭ ގޮތަށެވެ. ފޯމު ހުށަހެޅުމުގެ ކުރިން ބޭނުންވާ މައުލޫމާތާއި އެ މީހަކު ޝަރުތު ހަމަވާ ކެޓަގަރީ ވެސް ދަރުބާރުގޭގައި ތިބޭ އެ މިނިސްޓްރީގެ މުވައްޒަފުން ސާފުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"އައިޑީކާޑު ދައްކައި ކިޔޫއެއްގައި ރައްޔިތުން ތިބޭކަށް ނުޖެހޭނެ. ފޯމު ނަގަން އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް، ވީހާވެސް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ،" ފަޒާލް ވިދާޅުވި އެވެ.
- ސިވިލް ސާވިސް: 1،000
- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000
- މާލޭގެ ރަށްވެހިންނަށް: 1،000
- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044
- ޑޮކްޓަރުންނާއި ނަރުހުންނަށް: 475
- ޓީޗަރުންނަށް: 625
- ފުލުހުންނާއި ސިފައިންނަށް: 600
- އެކަނިވެރި މައިންނާއި ބަފައިންނަށް: 400
- ނުކުޅެދޭ އާއިލާތަކަށް 200
- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300: (މިނިސްޓަރު ވިދާޅުވީ މި އަދަދު މަދުވެދާނެ ކަމަށް)
- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256
ފަޒާލް ވިދާޅުވީ ދަރުބާރުގެ އިން ފޯމު ދޫކުރުމުގެ އިތުރުން އެ މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށެވެ. ފޯމު ދޫކުރުން އެކަށީގެންވާ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފޯމު ބަލައިގަތުން ވެސް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ. މި މަޝްރޫއުގައި ފްލެޓް ދިނީ، ވަރަށް ބޭއިންސާފުން ކަަމަށް ބުނެ ޝަކުވާ ބޮޑުވެ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ފްލެޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ވެސް ފަށައިފަ އެވެ.
އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަޝާނި
07 May 2018
ތި ހުރިހާ ފުލެޓެއް ލިބޭނީ ފުލުހުން ނާ ސިފައިން ނަށް
ޒަވިޔަނި
06 May 2018
އެކަކަށް އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީއަށް ލެވުނަސް ކޮންމެ މީހަކަށްވެސް އެންމެ ގިނައިން ޕޮއިންޓްލިބޭ ކެޓަގަރީގައި އެކަނި ހިމެނޭގޮތަށް ހެއްދެވުން މުހިންމު ކަމަށް ފެނޭ، މިކަމާމެދު ވިސްނެވުން އެދެން. ކުއްޔަށްދޭނަމަ ތަން އަތުލާގޮތަށް ހަރުކަށިކޮށް އެކަން ބެލުން މުހިންމު.
މޮހޮދާ
06 May 2018
އެއްވެސް ކަމެއް އަދުލުވެރިކޮއް މަނިކުފާނަށް ނިއްމޭތަ. ވަޒީފާ ޕާޓީކުދިންނައް، ފްލެޓް އަރިސްމީހުންނަށް ބައްސާވާ ފަރުތަކާއި ރިސޯޓް ރައްޓިހިންނާއި މުއްސަންދިްނަށް . އަހަރެމެންނަށް އެއްވެސް އެއްޗެނެތް. ވަކީލްކޮއްގެން ތަބޭނީ.
އަލީބެ
06 May 2018
މާލޭގައި ދިރިއުޅާތާ 40 އަހަރު،ދަފްތަރުގައި ޖައްސައިގެން މަލޭ އަމިއްލަމީހުންނަށ ް ކުލދައްކަމުން ދާތާ 20 އަހަރު، އަތުގައި އެއްވެސް ސޭވިންނެތް، ކިހިނެއްތަ ތިތަންތަން ލިބޭނީ. މަނިކުފާނު ބައްސަވާ އެއްޗަކަށްވީމަ ލިބޭނެ އެއްގޮތެްވެސް ނެތް.
މަރީ
06 May 2018
ތީ ކޮންތާކު އަޅާފައި ހުރި ފުލެޓެއްތައް. ކޮްންއިރަކުން ނިމޭ ފުލެޓެއްތައް.
މަހަލް
06 May 2018
ހުވަފެނުގައި. 2ކޮޓަރީގެ ސްލަމްތަކެއް ޑިވެލޮޕްކުރަނީ
މީހުން
06 May 2018
މީހުން ގެންދަނީ ދަރުބާރުގޭގައި ޕްރެޒެންޓޭޝަނެއް ދައްކަން. އޭގައި އޮންނަނީ މާލެ ބަގީޗާއަކަށް ހަދައިފައި އޮންނަތަން ދައްކާ ކުރެހުންތަކެއް. ދެން ދައްކަނީ އަންނިގެ ތަސައްވުރު ކަމަށްވާ ކަޅިން ފެށިގެން ގިރާވަރު ކަނޑުއޮޅިއާ ހަމައަށް ބުރިޖު އަޅާފައި އޮންނައިރު ހުންނާނެ ގޮތުގެ ކުރެހުން. އެނިމޭޓެޑްކޮށް މި އެއްޗެހި ދައްކަނީ ދެން ވެސް ބޭނުމީ ޔާމީނުކަމަށް ބުނުވަން. އަހަރެން ކުރެހުމަކަށް ވޯޓެއް ނުދޭނަން. ގައުމުގައި ހަމަ ނަހަމަ ގެއްލި އަދުލުވެރިކަމެއް ދީނެއް ނެތްކަން އެނގޭ ލުތުފީގެ ލީކުވީ ބަޔާނުންވެސް.
ޝޮކްތެރަޕީ
05 May 2018
މިހާރު އަޅަމުންދާ ފުލެޓުގެ ފޮޓޯއެއް ޖަހާމަލަ.
ޖިންސް މަނިކް
05 May 2018
މަނިކުބެ ބުނެލަން އޮތީ ރާއްޖެތެރެ މީހާ އެއްފަސް ނުުކުރާށޭ. ރަށުގަ ވެލީގައުޅެފަ އައިސް މިޖެހެނީ ކޮންކުރީޓު ޖަންގައްޔެއްގަ އުޅެން. މަނިކުބެގެ ކޭފަ މިރަށަށް ފޭބާފަބުނީ ދަރިފުޅާ ރަށްދޫކޮށްފެ އޭސް ތިއުޅެނީ އުޑުގަ ވަލެއްކަރުގައި ތާށިކޮށް އަޅުވެތިކަމުގޭ ކަމަށް . ވިސްނުނުއިރު އަންހެނުން މިރަށުފެންބޮއި ރަގަޅަށް ވަނީ މިރަށަށް އޮޅުބުޅަލެއްހެން އޮޅުވެފަ. ދިވެހި ދަރިންނޭ ވިސްނާށޭ
ފަހި
05 May 2018
ތިބުނާ 7000 ފްލެޓްހަދާނެ ފަންޑު ކޮބާ..... އަވަސް އަރުވާލާގެން ރަތްޔިތުން ގުބޯތިހައްދަނީ.
ހަމްދާން
06 May 2018
މީ އަންނި ވިއްޔާ ރައްޔިތުން ގުބޯ ހައްދަން..
ދިރާސާ
05 May 2018
ވަރި އަނެއްކާވެސް އިތުރައް ގިނަވާނެ ކަމަށް ލަފާ ކުރެވެނީ. އެހެނީ އެކަނިވެރި މައިންނާއި ބަފައިންނަށް ވެސް ފޮލެޓް ލިބޭތީ. 'އެކަނިވެރި' އެ ހާލަތަކީ ބެލެވޭ ގޮތުގަ ދާއިމީ ހާލަތެއްނޫން. ހަމަ ފްލެޓް ލިބޭ ދުވަހުނޫން އަނެއްދުވަހު މީހަކާ އިނަސް އެމީހާގެ ފްލެޓް ލިބުނު ސަބަބު ބަދަލުވީ. ވަރަށް ހަމަ ނުޖެހޭ.