ޚަބަރު / ޔުމްނާ މައުމޫން، އާޓްސް، ކަލްޗަރު މިނިސްޓަރު

ވަކީލެއް ހަމަޖައްސަން ޔުމްނާއަށް އިތުރުފުރުސަތެއް ނުދިން

އިއްޔެ ފުލުހުންގެ އިދާރާއިން ނުކުމެ ޔުމްނާ ނޫސްވެރިންނާ ވާހަކަ ދައްކަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން، ރިޝްވަތު ދީގެން ވައްޓާލަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތު ކޮށްފައިވާ، ޔުމްނާ މައުމޫން ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން އެކަން ކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ކޮށް ޔުމްނާ އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވުމުން ވަކީލަކާ އެކު މިއަދު 4:30 ގައި ފުލުހަށް ހާޒިރުވާން އަންގައި އިއްޔެ ވަނީ ޗިޓް ހަވާލުކޮށްފަ އެވެ.

ވަކީލެއް ހަމަޖެއްސުމުގެ މުއްދަތު އިތުރު ނުކޮށްދިން ކަމަށް ޔުމްނާ ވިދާޅުވެ ކުރެއްވި ޓްވީޓް

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ޔުމްނާ އިއްޔެ ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާގެ އާއިލާގެ ތިން މެމްބަރަކު މިހާރު ވެސް ހައްޔަރު ކޮށްފައިވާތީ އާއި ގާނޫނީ ވަކީލުން ވަރަށް ބުރަކޮށް ކަމަށް ވާތީ، ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ޖަވާބުގައި ފުލުހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ޔުމްނާ އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

Vakeelakaa eku maadhama Fuluhah haaziruvaan Yumna ah angaifi

Vakeelakaa eku maadhama Fuluhah haaziruvaan Yumna ah angaifi

The most trusted news source in the Maldives

Mihaaru

ޔުމްނާ އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން--

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި، ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފަ އެވެ.

6 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 12%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު ނަދީމު

08 May 2018

ނުކުރައްވާކަމެއް ކަމަށްވިދާޅިވެފަ ފަހަތުން ވިދާޅުވަނީ ވަކީލެއްހޯއްދަވަން ފަސްދުވަސް ދެއްވާށޭ ނުކުރައްވާކަމަކަށް ވަކީލެއް ބޭނުންވާނެތޯ.............

The name is already taken The name is available. Register?

ހޮޓްކިންގ

08 May 2018

ޔުމްނާ ކޮބައިތޯ ޔުމްނާއާއި އެކު ފައިލްބޮނޑި ހިފައިގެން ކޮންމެ ރެއަކުހެން ކުނޫޒުގައި ޕްރެސް ކޮންފަރެންސް ދޭން ވަށާލާފައި ތިބޭ ވަކީލުންތައް؟ އޮޑި ފެތެންފެށީމާ އެހީނުވެ ފިލާ ރައްކާވީތޯ؟ މި ދުވަސް ނައިސް ވެރިކަން ވައްޓާލައި ތިމާމެންގެ ބާރުގެ ދަށަށް ގައުމު ގެންދެވޭނެކަމުގައި ހާދަ ޔަގީންކަމެއް އޮވެގެން ހޭވިހަޑިއެއްހެން މިހާރު ހީވެއެވެ.

The name is already taken The name is available. Register?

އަބްދުﷲ ޖަލީލު

08 May 2018

ޔާމީނާ ވައިއެޅުނު މީހަކަށްވެސް ސަލާމަތެއް ނެތްކަން ވަރަށް ސާފުކޮށް މިފެންނަނީ. އަދިވެސް އޭނަ އަށް ވޯޓު ދޭތި.

The name is already taken The name is available. Register?

ބުރަނީ

08 May 2018

އާއިލާ ދުއްވާލަންބޭނުންވަނީ ގައްސާނު ފިޔަވައި، ބޮޑުބޭބެގެ ހެޔޮކަން ތިފެންނަނީ، ކުދިންނޭ ބައްޕަ އަށް އޮޅިވަޑައިގެން ޔާމިން ވެރިކަމަށް ގެނުވުނީ، ދެން ސަލާމަތެއްނެތް،

The name is already taken The name is available. Register?

މަރި

08 May 2018

ނުދޭނެ ތިހުރީ ބޮޑުބޭބެގެ ހެޔޮފުޅުކަން ޖެހިފަ، ކޮށްކޮ އެހުރީ ހެވިދލިފަ،

The name is already taken The name is available. Register?

އަސްލު

08 May 2018

އަނިޔާވެރިކަމެއްގެ ހުންނާނެ ހުރިހާ ކުލައަކާއި ސިފައެއް ފެންނަމުން މިދަނީ, ﷲއިންޝާ މިވެރިކަން ވަރަށް އަވަހަށް ނިމޭނެ, އަނިޔާވެރިންގެ ނިމުން ހުތިވާނެ, އިންސާފުގެ ކުރިމައްޗަށް ދާދި އަވަހަށްގެނެވޭނެ, އާރާބާރު ކެނޑި ހައްގުއަދަބުލިބޭނެ އެދުވަސް ދާދި އަވަހަށް ފެންނާނެ, ހައްގަށް ނަޞްރުލިބޭނެ,

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454